ރިޕޯޓް ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް (ފުރަތަމަ ބައި)

ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް (ފުރަތަމަ ބައި)

ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް (ފުރަތަމަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ﷲ އިސްލާމްދީން ބާވާލެއްވީ އަޅުތަކުން އެއަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށެވެ. އެއީ ހަޔާތުގެ ދުސްތޫރެވެ. ދައުލަތުގެ ޤާނޫނެވެ. އެއާ ތަޢާރުޟްވާ ގޮތަށް އެއްވެސް ޤާނޫނެއް، ޤަވަޢިދެއް ހެދިގެން ނުވާނެއެވެ. އަޅުގަނޑުމެން ހަދާކޮންމެ ޤާނޫނަކާ ޤަވަޢިދެއްގެ އަޞްލަކަށް ވާންވާނީ ﷲ ގެ ދުސްތޫރެވެ.

މިގޮތުން ﷲގެ ޝަރީއަތާ ޚިލާފު ނުވާގޮތަށް މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޟުލްޙަވެރިކަން ޤާއިމުކުރުމަށާއި، ދައުލަތް އިންތިޒާމުކުރުމަށް، ވަޟްޢީ ޤާނޫނުތައް ހެދުމަކީ ޙާކިމަށާއި، އުއްމަތަށް އިޚުތިޔާލު ލިބިގެންވާ ކަމެކެވެ. ދީން ހުއްދަކުރާ ކަމެކެވެ.

މުސްލިމުންނަށް ވާޖިބުވެގެންވަނީ ހުރިހާ ކަމެއްވެސް، ހުރިހާ ޒަމާނެއްގައިވެސް، ހުރިހާ ތަނެއްގައިވެސް އެބައިމީހުންނަށް ﷲ ބާވާލެއްވި ޝަރީޢަތް ޤާއިމު ކުރުމަށެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ޙައްދުތަކާއި، ޢުޤޫބާތްތައް އެކަށީގެންވާ އެންމެ ފުރިހަމަ ގޮތުގައި ޤާއިމު ކުރެވޭނަމަ، މުޖުތަމަޢުގައި ޞުލްހަވެރިކަން އޮންނާނެއެވެ. އަމާޏްކަންވެސް ޤާއިމު ކުރެވޭނެއެވެ. މުޖުތަމަޢުގައި ކުށްކުރުންވެސް މަދުވާނެއެވެ.

އިސްލާމީ މުޖްތަމަޢުގައި ކުށްކުރުން ގިނަވެ، އަނިޔާވެރިކަން ފެތުރި މުންކަރާތްތަކާއި، ފާޙިޟްކަންތައްތައް ގިނެވފައިވަނީ ﷲގެ ޝަރީޢަތް އެކަހެރިކޮށްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މުސްލިމުންގެ ޤާނޫނުތަކުގައި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ލިޔެވެއެވެ. ނަމަވެސް ދައުލަތްތަކުގެ ޙަޤީޤީ ނިޒާމުތަކުން އިސްލާމްދީނުގެ ކުލަވަރެއް ނުފެނެއެވެ. މިހެންކަމުން ފެންނަމުންދަނީ މުސްލިމު މުޖުތަމަޢުތައް ހަލާކުވެ ނެތިވެ ގޮސްފައިވާތަނެވެ.

މިކަމުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ ދީނަށް ރުޖޫއަވުމެވެ. ޝަރީޢަތް ޤާއިމު ކުރުމެވެ. ހުޅަނގުން ހަދާފައި ހަދިޔާކުރި ނިޒާމެއް އިސްލާމީ ޤައުމުތަކަކަށް ޙަޤީޤަތުގައި ބޭނުމެއް ނޫނެވެ. އިލާހީ ޤާޏޫނެއްގެ އަހުލުވެރި ބަޔަކީ ހަމަ މުސްލިމުންނެވެ.

އެހެންނަމަވެސް މިއަދު މުސްލިމުންވަނީ ބަލިކަށިވެފައެވެ. ނިކަމެތިވެފައެވެ. އެއީ އަމިއްލައަށް ނިކަމެތިވެ ގަތީއެވެ. މިއަނދަވަޅުގަނޑުން ސަލާމަތްވާން މިއަދު ފަސޭހައެއް ނޫނެވެ. އަޅުގަނޑަށް ދެންނެވޭނީ މިއީ ނިހާޔަތަށް ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ.

އަޅުގަނޑުމެން އަމިއްލައަށް ﷲ އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ޝަރީޢަތް ނަގާ އެއްލާލީއެވެ. އޭގެ ބަދަލުގައި އިސްތިޢުމާރީ ނަޒަރިއްޔާތުގައި ހިފީއެވެ. އެނިޒާމުތައް އަމިއްލަކުރީއެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.