މޫނު ބުރުގާ މަނާކުރީ މަންދު ކޮލެޖުންތަ؟ އެމްކިއުއޭ އިން ތަ؟

މޫނު ބުރުގާ މަނާކުރީ މަންދު ކޮލެޖުންތަ؟ އެމްކިއުއޭ އިން ތަ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް މަތީ ތައުލީމު ހާސިލުކުރަމުން އަންނަ މަންދު ކޮލެޖުން ދާދިފަހުން މޫނު ބުރުގާ އެޅި އުޙުތަކު ކޯހުން ވަކިވުމަށް އެދުމުން ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.

މޫނު ބުރުގާ އެޅުން މަނާ ކުރީ މަދު ކޮލެޖުން ކަމެއް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަމެއް ނޭންގެއެވެ. މަންދު ކޮލެޖުން ބުނަނީ އެއީ އެމްކިއުއޭ އިން މަނާކުރި ކަމެއް ކަމަށެވެ. އއ. ހިމަންދު ސުކޫލުގައި މުދައްރިސެއްގެ ވަޒީފާ އަދާކުރަމުންދާ ސިމާނާ އަލީ އަށް ވަނީ މަންދު ކޮލެޖުން މެއިލް އެއް ކޮށްފައެވެ.

މި މެއިލްގައި ވާގޮތުގައި، އެކޮލެޖަށް އެދަރިވަރު ވަނުމަށް އެންމެ ފުރަތަމަ ފުރުސަތު ދިންއިރު، ދަރިވަރަކީ މޫނު ބުރުގާ އަޅާ މީހެއްކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެމްކިއުއޭގެ ޤަވާއިދުގައި ބުނާ ގޮތުންނަމަ، ކިޔަވައިދޭ ގަޑީގައި (ކުލާސް ގަޑީގައި) ދަރިވަރުންގެ މޫނު ފެންނަން ޖެހޭ ކަމަށް ވެސް އެމެއިލްގައި ބުނެފައިވެއެވެ.

ދަރިވަރަށް ކޮލެޖުން ކުރި މިމެއިލްގައި އިތުރަށް ބުނެފައި ވަނީ، އެކޮލެޖުން ތަޢުލީމު ހާސިލު ކުރަން ބޭނުންނަމަ ކްލާސް ގަޑީގައި މޫނު ބުރުގާ ނެގުމަށެވެ. އެހެން ނޫންނަމަ އެކޯހުން ވަކިކުރަން ޖެހޭނެ ކަމަށް ދަރިވަރަށް ކޮލެޖުން ވަނީ އަންގާފައެވެ. އެހެންކަމުން ކޯހަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ފޯމެއް ފުރުމަށާއި އެމެއިލާއެކު އެ ފޯނުވެސް އެޓޭޗްކޮށްފައިވާނެ ކަމަށް ބުނެފައުވެއެވެ. އެހެންކަމުން އެފޯމު ވީހާވެސް އަވަހަކަށް ފުރުމަށްފަހު އެކޮލެޖަށް ހަވާލު ކުރުމަށާއި އެފައިސާ ބަލާ ދާއިރު އެކޮލެޖުން ދިން "ސްޓަޑީ ކިޓް" މަންދު ކޮލެޖަށް އަނބުރާ ރައްދު ކުރުމަށް ވެސް އެކޮލެޖުން ބުނެފައިވެއެވެ.

އެހެންނަމަވެސް އެމްކިއުއޭ އިން ވަނީ މިކަން ދޮގުކޮށްފައެވެ. މޫނު ބުރުގާ އަޅައިގެން ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ނުކިޔެވޭނެކަމަށް އެއްވެސް އުސޫލެއްގައި ކަނޑައަޅާފައި ނުވާނެކަމަށް އެ އޮތޯރިޓީގެ ސީއީއޯ ޑރ. ހައްނާން ވިދާޅުވިއެވެ.

ޑރ. ހައްނާން ވިދާޅުވިގޮތުގައި އެ އޮތޯރިޓީއަކީ ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ބަލައި ކަނޑައަޅާ ފަރާތްކަމަށާއި ޑްރެސް ކޯޑް ކަނޑައެޅުން އެއީ އެ އޮތޯރިޓީން ކުރާކަމެއް ނޫންކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއެކު ދަރިވަރުން ކްލާހަށް ހާޒިރުވާކަން ކަށަވަރުކުރަންޖެހޭކަމަށާއި، ދަރިވަރުން ހަމަކުރަންޖެހޭ ވަގުތު ދަރިވަރުން ހަމަކުރޭތޯ ކޮލެޖްތަކުން ކަށަވަރުކުރާނެކަމަށް އެމްކިއުއޭ އިން ވަނީ ވިދާޅުވެފައެވެ.

ހުރިހާ ކޮޅެއް ބެލުމަށްފަހު ބުރަވެވެނީ މޫނު ބުރުގާ އެޅުން މަނާ ކުރީ އެމްކިއުއޭ އިން ނޫން ކަމަށެވެ. ރާއްޖޭގައި މޫނު ބުރުގާ އެޅި އެތައް ދަރިވަރުންނެއް ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު ޕްރައިވެޓް ދެ ކޮލެޖު ކަމަށްވާ އެމްއައި ކޮލެޖް އަދި އެވިޑް ކޮލެޖުން ވެސް މޫނު ބުރުގާ އެޅި އެތައް ދަރިވަރުންނެއް ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ވެސް ދަނީ މޫނު ބުރުގާ އެޅި އެތައް ދަރިވަރުންނެއް ތައުލީމު ހާސިލުކުރަމުންނެވެ. އެހެންކަމުން އެމްކިއުއޭގެ ނަމުގައި މިއީ ސީދާ މަންދު ކޮލެޖުން މަނާ ކުރި ކަމެއް ކަމަށް ބުރަވެ މިކަމާމެދު އެތައްބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

މޫނު ބުރުގާ އެޅި ދަރިވަރެއް ނަމަވެސް، އެއީ ކާކުކަން ކަށަވަރުކޮށް ކިޔަވައިދެވޭނެ އެހެނިހެން ގޮތްތައް ހުރިނަމަވެސް މަންދު ކޮލެޖުން ބޭނުންވަނީ ދަރިވަރު ކޯހުން ވަކިވުމަށެވެ.

މަންދު ކޮލެޖުގެފަރާތުން މިފަދަ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަންދު ކޮލެޖު ކުރިމަތީގައި ބަޔަކު ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.