"ހުސްއެދުރުން ފޮތް 1" ހިލޭ ޑައުންލޯޑް ކުރައްވާ!

"ހުސްއެދުރުން ފޮތް 1" ހިލޭ ޑައުންލޯޑް ކުރައްވާ!
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ ފޮތެއް ކަމުގައިވާ "ހުސްއެދުރުން ފޮތް 1" މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

"ހުސްއެދުރުން ފޮތް 1" ގެ ނަމުގައި ނެރެފައިވާ މިފޮތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއެރޒް އިން ފާސްކޮށްފައިވާ ފޮތެކެވެ. ދިވެހި އަދި އަރަބި ބަހުން ލިޔެވިފައިވާ މި ފޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ފާސްކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.

މި ފޮތް ލިޔުއްވާފައިވަނީ ޝުޢައިބު ޢަލީ އެވެ. ޝުޢައިބު ޢަލީ އަކީ ޤުރުއާން އުނގަންނައިދިނުމުގައި ދުވަސްތައް ހޭދަކުރަށްވަމުން އަންނަ ފަރާތެކެވެ. ޝުޢައިބު ޢަލީ ލިޔުއްވާފައިވާ މިފޮތަކީ ކީރިތި ޤުރުއާންގެ ޢިލްމު އުނގެނޭ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތެކެވެ. ތަމްރީނު ހިމެނޭ މިފޮތަކީ އެދުރުންނަށްވެސް ބޭނުންތެރި ފޮތަކަށް ވާނެއެވެ.

މިފޮތުގެ މުސައްނިފު ޝުޢައިބު ޢަލީ ވިދާޅުވީ މިއީ "ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކުލަވާލި ތަރުތީބެއް" ކަމަށާއި ފޮތުގެ "ބޭނުމަކީ ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް ޚާއްޞަ ތަރުތީބަކުން އުނގަންނައިދިނުން"ކަމަށެވެ. އަދި "މިފޮތުގެ ބޭނުމަކީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުންވާ ޢާންމު މީހުންނަށާއި ސޫރަތް ފަށައިގަންނަ ޢުމުރުފުރާގެ ކުދިންނަށް ފަސޭހަކޮށްދިނުން." މިފޮތް ނެރުމުގެ ސަބަބެއްގެ ގޮތުގައި ޝުޢައިބު އިތުރަށް ފާހަގަކުރައްވަމުން ވިދާޅުވުއެވެ.

"ހުސްއެދުރުން ފޮތް 1"ގެ މުސައްނިފު ޝުޢައިބު ޢަލީ މީގެކުރިންވަނީ "ފަސޭހަ މުޤައްރަރު" މިނަމުގައިވެސް ފޮތެއް ޝާއިއުކޮށްފައެވެ.

"މިފޮތުގެ ބޭނުމަކީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުންވާ ޢާންމު މީހުންނަށާއި ސޫރަތް ފަށައިގަންނަ ޢުމުރުފުރާގެ ކުދިންނަށް ފަސޭހަކޮށްދިނުން."

މިފޮތް ނެރުމުގެ ސަބަބެއްގެ ގޮތުގައި ޝުޢައިބު އިތުރަށް ފާހަގަކުރެއްވިއެވެ.

މި ފޮތުގައި ޖުމްލަ 72 ޞަފްހާ ހިމެނެއެވެ. އެދުރުންނަށް ނުހަނު ބޭނުން ކުރެވޭނެ މިފޮތް މިހާރު އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.