ރާއްޖޭގެ ޚަބަރު

ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިފި

ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިފިއެވެ.

މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސްއެވެ. އެމަރުކަޒުގެ ބިންގާ އަޅައިފައިމިވަނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

ޒަމާނީ ފެންވަރަށް ތައްޤީކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *