ރާއްޖޭގެ ޚަބަރު ނޫމަރާ އައު މިސްކިތުގެ ބިންގާ އަޅައިފި

ނޫމަރާ އައު މިސްކިތުގެ ބިންގާ އަޅައިފި

ނޫމަރާ އައު މިސްކިތުގެ ބިންގާ އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
  • މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

    މި ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މިސްކިތަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.

    ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 300 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންގެ ވަކި ނަމާދު ބައި ހިމެނޭނެއެވެ.

    މިސްކިތް ނިމިގެންދާއިރު ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ކުރެވޭނެއެވެ. އެގޮތުން މިސްކިތުގައި ސޯލާ ސިސްޓަމް ހަރުކުރެވި، އޭސީ ކުރެވޭނެއެވެ. އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހިމެނޭނެއެވެ.

    މި މިސްކިތުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފައެވެ. މަޝްރޫޢުގެ މަސައްކަތް 550 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

ށ.ނޫމަރާ މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.