"ހުޅުމާލޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ބޭނުންވޭ" މިއީ ރައްޔިތުންގެ އާދޭހެކެވެ.
ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުވައިދިނުމަށް އެދި އެތައް ބަޔަކު ދަނީ އެދެމުންނެވެ. 3،000 އަށްވުރެ ގިނަ ބެލެނިވެރިންގެ ސޮޔާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ ޕެޓިޝަންގެ ޝަކުވާ އަކީ ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ތަނެއް ނެތުމާއި އެކަހަލަ ވާހަކައެއް މިހާތަނަށް ދެކެވެމުން ނުދާތީއެވެ. ހުޅުމާލޭގެ އާބާދީ ބޮޑުވަމުން އަންނަމުންދާއިރު ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ލަސްނުކޮށް ޢަމަލީ ސިފައެއްގައި މަސައްކަތް ކުރަން ޖެހޭނެކަމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޤަބޫލު ކުރެއެވެ.
ޢަރަބިއްޔާގެ ގިނަ ދަރިވަރުންތަކެއް ހުޅުމާލެއަށް!
ހުޅުމާލޭގެ 2 ފޭސް ހުޅުވާލުމާއި އެކު ޢަރަބިއްޔާ ސްކޫލުގައި ދިރިއުޅޭ ދަރިވަރުންވެސް ވަނީ ހުޅުމާލެ ބަދަލުވާން ޖެހިފައެވެ. އެހެންނަމަވެސް އެކުދިންނަށް ކިޔަވަން ދާނެ ޢަރަބިއްޔާ ފަދަ މަދަރުސާއެއް ނެތެވެ. އެކުދިން ޖެހޭނީ ހުޅުމާލޭއިން މާލެ ކިޔަވަން ދާށެވެ. އެހެންކަމުން އެއީ ބޮޑު ތަކުލީފަކަށް ވެގެންދާނެއެވެ. މިސަބަބުތަކަށް ޓަކައި ހުޅުމާލޭގައި ޢަރަބި ތަޢުލީމް ދޭނެ މަދަރުސާއެއް ހުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
ރައްޔިތުންގެ ޝަކުވާ ޕެޓިޝަނެއްގެ ސިފައިގައި
ޢަރަބި ތައުލީމު ދޭ ތަނެއް ހުޅުމާލޭގައި ހުޅުވުމަށް އެދި 3،264 ބެލެނިވެރިން ސޮއިކުރި ޕެޓިޝަން މިހާރު ވަނީ ކަމާއި ބެހޭ މުއައްސަސާތަކަށް ހުށައަޅާފައެވެ. އެގޮތުން އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހާއި އެޗްޑީސީ އަދި ދީނީ ޖަމިއްޔާތަކަށް މިޕެޓިޝަން މިހާރު ވަނީ ހުށައަޅާފައެވެ. މީގެ އިތުރުންވެސް އެތައް ބަޔަކު މިޕެޓިޝަންގައި ސޮއިކުރަން ބޭނުންވެފައި ތިބޭނެއެވެ. އެހެނަސް މިއީ މިކަމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ. ކުރިއަށް އޮތްތަނުގައި މިއަޑު ގަދަވެގެންދާނެކަމަށް ބެލެވެއެވެ.
ޚިޔާލު