ވަޓްސްއެޕްއަކީ ޔަހޫދީންގެ އިންޓެލިޖެންސްގެ ބައިވެރިޔާ؟

ވަޓްސްއެޕްއަކީ ޔަހޫދީންގެ އިންޓެލިޖެންސްގެ ބައިވެރިޔާ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އީރާނުގެ ދައުލަތުގެ ޓީވީން ރައްޔިތުންނަށް ވޮޓްސްއެޕް ޑިލީޓްކުރުމަށް މީގެ ދެދުވަސް ކުރިން ގޮވާލީ، އެ އެޕުން ބޭނުންކުރާ މީހުންގެ މަޢުލޫމާތު އިސްރާއީލަށް ފޮނުވާކަމަށް ބުނެއެވެ.

މިކަމަށް ރައްދު ދެމުން އެ ވަޓްސް އެޕްއިން ބުނެފައިވަނީ "އަޅުގަނޑުމެން އިރާނު މީހުންގެ ލޮކޭޝަން ޓްރެކެއް ނުކުރަން، މެސެޖް ލޮގްތައް ނުބަހައްޓަމެވެ، އަދި އަމިއްލަ މެސެޖްތަކެއް މޮނިޓަރެއް ނުކުރަމެވެ."

މިއީ ހަމައެކަނި ޝައްކެއް ނުވަތަ ވަހުމެއް ނޫނީ ތުޙުމަތެއް ހެއްޔެވެ. ނުވަތަ ވޮޓްސްއެޕް އިން މިކަމުގައި ގިނަ ކަންތައްތަކެއް ފޮރުވަނީ ބާ އެވެ؟

ކަންބޮޑުވާންޖެހޭ ތާރީޚެއް:

ޖުލައި 2024 ގައި، ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލެވުނީ އިސްރާއީލީ އިންޓެލިޖެންސްއިން ވަޓްސްއެޕް މެދުވެރިކޮށް ސްޕައިވެއަރ ބޭނުންކޮށްގެން ޓްރެކްކުރުމަށްފަހު މިސައިލް ޙަމްލާއެއް ދިނުމުންނެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި އިސްރާއީލީ މިލިޓަރީން ގިނަފަހަރު ވަޓްސްއެޕްގެ ޑޭޓާ ބޭނުންކޮށްގެން ހަމާސްގެ މުޖާހިދުން ޓްރެކްކޮށްފައިވެއެވެ.

ވަޓްސްއެޕް އަދި ޔަހޫދީ އިސްރާއީލީ މިލިޓަރީއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް:

ފަލަސްޠީނުގެ ޑިޖިޓަލް ޙައްޤުތަކުގެ ގްރޫޕެއްކަމަށްވާ ސަދާ ސޯޝަލްއިން ވޮޓްސްއެޕް ޔޫސަރ ޑޭޓާ އިސްރާއީލީ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ހަމާސްގެ ޝައްކުކުރެވޭ މީހުން ޓާގެޓްކުރުމަށް ބޭނުންކުރާކަމަށް ތުހުމަތުކޮށް ތަޙްޤީޤަކަށް ވެސް ވަނީ ގޮވާލާފަ އެވެ. މެޓާ އަދި އައިޑީއެފްއިން މި ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.

އޭއައި އިން ސަޕޯޓްކުރާ ލެވެންޑަރ ސިސްޓަމުން ފަލަސްޠީނުގެ ވޮޓްސްއެޕް މުވާސަލާތުތައް ޓްރެކްކޮށް މުޖާހިދުންމަށް ޓާގެޓްކޮށް އަމާޒުތައް ދެމުން އަންނަކަމަށް ސަދާ ސޯޝަލްއިން ބުނެފައިވެއެވެ.

ތަޙްޤީޤީ ރިޕޯޓުތަކުން ދައްކާގޮތުގައި 37,000 ފަލަސްޠީނު މީހުން ހަމާސްގެ މިލިޓެންޓުންގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. އޭގެތެރެއިން ގިނައީ އާންމުންނެވެ.

ވަކިވަކި ފަރުދުންނާއި ބޭނުންވާ މީހުންގެ ޓާގެޓްތައް ދެނެގަނެ ހޯދުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ޓްރެކިންގ ސިސްޓަމްތަކުގައި އިސްރާއީލުން އިންވެސްޓްކޮށްފައިވާކަން، ކުރީގެ ސީއައިއޭ އޮޕަރޭޝަންސް އޮފިސަރ ފިލިޕް ޖިރަލްޑީ ފާހަގަކޮށްފައި ވެއެވެ. މި ޓްރެކިންގ ޓެކްނިކްތައް ވަރަށް ފުރިހަމައަށް މަސައްކަތްކުރާކަން އޭނާގެ އެކުވެރިން އޭނާއަށް ކަށަވަރުކޮށްދީފައިވާކަމަށްވެސް ޖިރަލްޑީ ބުނެފައިވެއެވެ.

އެގޮތުން ފޭސްބުކްގެ މެޓައިން މެސެންޖަރ އަދި އިންސަޓަރގުރާމް ފަދަ އެޕްތައް ބޭނުންކުރާ ކަމަށް ޝައްކުކުރެއެވެ. އެގޮތުން، މީހަކު ޓްރެކްކުރުމުގައި މެސެންޖަރގެ ސީދާ ދައުރު އަދިވެސް ސާފުނުވިނަމަވެސް، މިއީ ޓެކް ކުންފުންޏެއް ބޭރުގެ އިންޓެލިޖެންސް ސަރވިސްއަކާއެކު މަސައްކަތްކުރި ފުރަތަމަ ފަހަރު ނޫންކަން އެކްސްޕާޓުން ފާހަގަކުރެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.