ރާއްޖޭގެ ޚަބަރު ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ. ފުނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި، ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ ޒުރައިރަތު އާދަމްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

އިސްލާމީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ނިމުމުން، މި މަރުކަޒުގައި ނަމާދުކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލެއް، ލައިބްރަރީއެއް، ކްލާސްރޫމްތަކެއް، އިމާމު ރޫމެއް އަދި އޮފީސް ބައެއް ހިމެނޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މީގެ އިތުރުން މި އިމާރާތުގައި ސޯލާ ޕެނަލްތައް ހަރުކުރެވި، އޭސީ ސިސްޓަމްވެސް ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ށ. ފުނަދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ޓެގް

ށ.ފުނަދޫ މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.