މި ލިޔުމަކީ، “އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް” މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މާރިޗު 15، 2008 ގައި ބޭއްވި ދަރުސްގައި އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދައްކަވާފައިވާ ބައެއް ވާހަކަތައް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
*********************************************
ލޮބުވެތި މުސްލިމުންނޭވެ. ކަމެއްގެ ޙުކުމެއް އިސްލާމްދީނުގައި ބަޔާންވެއްޖެނަމަ، އެ ޙުކުމަކަށް ޢަމަލުކުރުމަކީ މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ. ޝައްކެއްނެތްގޮތުގައި، އިސްލާމްދީނުގައި ޙަރާމްވެގެންވާ ކަމެއް ޙަލާލުކޮށް، އަދި ޙަލާލުވެގެންވާ ކަމެއް ޙަރާމް ކުރުމަކީ އެއްވެސް މީހަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. އަދި އެކަމަކާއި ދެކޮޅަށް ގޮތްކިޔައި ފާޑުކިޔުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
މިިއުޒިކަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްކަން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސަރީޙަ ޙަދީޘްފުޅުތަކާއި، އިތުރު އަޞްޙާބުންގެ އިޖްމާޢުއިން ވަރަށް ސާފުކޮށް ސާބިތުވެއެވެ. މިއުޒިކްގެ ހުރިހާ ބާވަތަކީ ޙަރާމް ތަކެތި ކަމުގައި ޞަލަފުންގެ ހުރިހާ ޢިލްމުވެރިންނާއި ހަތަރު މަޛްހަބުގެ އިމާމުން އިއްތިފާޤުވެއެވެ.
ﷲ ޞުބްހާނަހޫވަތައާލާ އެ އިލާހުގެ އަޅުތަކުންނަށް އެއްވެސް ކަމެއް ބާވައިލައްވައި، އަމުރެއް ކުރައްވައި، ނަހީއެއް ކުރައްވައި، ޝަރުޢެއް ކުރައްވާނީ އޭގައި ވަރަށް ބޮޑު ޙިކުމަތްތަކެއް ހިމެނިގެންވާތީކަން ހުރިހާ މުސްލިމުންވެސް ޔަޤީން ކުރަންޖެހެއެވެ. ﷲ ޞުބްހާނަހޫވަތައާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް ކަމަކަށް އަމުރުކުރައްވާ ނުވަތަ ކަމެއް ނަޙީކުރައްވައިފިނަމަ، އެ ކަމެއްގެ ޙިކުމަތް އެނގުނަސް، ނޭނގުނަސް، ވިސްނުނަސް، ނުވިސްނުނަސް، މުސްލިމުންގެ ގޮތަކީ ވަގުތުން "އަޑުއަހައި ކިޔަމަންވެއްޖައީމެވެ" މި ޝިޢާރު އުފުލައި އެ ކަމަކަށް ބޯލެނބުމެވެ.
މިއުޒިކާއި ލަވަ ޙަރާމްވެގެންވާ ޙިކުމަތްތަކަށް ބަލާއިރު، މިއުޒިކާއި ލަވައަކީ ﷲ ޞުބްހާނަހޫވަތައާލާ ހަނދުމަކުރުމާއި، އެ އިލާހަށް ކިޔަމަންގަތުމާއި، އެ އިލާހުގެ ދީނީ ވާޖިބުތަކަށް ޢަމަލުކުރުމުން މީހާ ދުރުކުރުވާ އެއްޗެކެވެ. ﷲ ގެ ޛިކުރުން އަޅާ ޣާފިލްކުރުވާ އެއްޗެކެވެ. ﷲ ޞުބްހާނަހޫވަތައާލާގެ ދީނުގެ ވާޖިބުތަކަށް ރައްކާތެރިވުމަށް ހުރަސްއަޅާ އެއްޗެކެވެ. މީސްތަކުންގެ ހިތުގައި ނިފާޤްކަމުގެ ބަލިމަޑުކަން އުފައްދާާ، ޝައިޠާނާގެ ވިހަގަދަ ހަތިޔާރެކެވެ.
މިއުޒިކާއި ލަވައަކީ ﷲ ޞުބްހާނަހޫވަތައާލާ ހަނދުމަކުރުމާއި، އެ އިލާހަށް ކިޔަމަންގަތުމާއި، އެ އިލާހުގެ ދީނީ ވާޖިބުތަކަށް ޢަމަލުކުރުމުން މީހާ ދުރުކުރުވާ އެއްޗެކެވެ. ﷲ ގެ ޛިކުރުން އަޅާ ޣާފިލްކުރުވާ އެއްޗެކެވެ. ﷲ ޞުބްހާނަހޫވަތައާލާގެ ދީނުގެ ވާޖިބުތަކަށް ރައްކާތެރިވުމަށް ހުރަސްއަޅާ އެއްޗެކެވެ. މީސްތަކުންގެ ހިތުގައި ނިފާޤްކަމުގެ ބަލިމަޑުކަން އުފައްދާާ، ޝައިޠާނާގެ ވިހަގަދަ ހަތިޔާރެކެވެ.
އެހެން ބައިވަރު ފާފަތަކާއި ޚިލާފަށް ހިތުގައި ނިފާާޤް އުފެއްދުމުގެ ޚާއްޞަ ތާޞީރެެއް އެކުލެވިފައިވާ އެއްޗެކެވެ. އެހެނީ، މިއުޒިކާއި ލަވައިގެ ސަބަބުން ކީރިތި ޤުރުއާން ކިޔެވުމާއި، އެ އަޑުއެހުމާއި، އޭގެ މާނައާއިމެދު ތަދައްބުރުކޮށް، އެއަށް ޢަމަލުކުރުމުން އިންސާނާ މަޙްރޫމްކުރުވައެވެ. ސަބަބަކީ ﷲ ޞުބްހާނަހޫވަތައާލާގެ ކަލާމްފުޅު، ކީރިތި ޤުރުއާން އިންްސާނާއަށް އަމުރުކުރަނީ ހުރިހާ ހެޔޮކަންތައްތަކަށެވެ. މުރުއްވަތްތެރިވުމަށާއި، އަދަބުވެރިވުމަށާއި، ރީތި އަޚްލާޤް އިޚްތިޔާރުކުރުމަށާއި، ޢިއްފަތްތެރިވުމަށާއި، ޢިއްޒަތްތެރިވުމަށާއި މިފަދަ ހެޔޮކަންތައްތަކަށެވެ. ކީރިތި ޤުރުއާން އިންސާނާގެ ހިތް އަލިކޮށްދެއެވެ. އިންސާނުންގެ ބަލިތަކަށް ޝިފާ ހޯދައިދީ، ހިތްތަކަށް ހަމަޖެހުން ގެނެސްދެއެވެ.
ނަމަވެސް، މިއާއި ޚިލާފަށް މިއުޒިކާއި ލަވައަކީ ޝައިޠާނާގެ ކަލާމެވެ. ޝައިޠާނާގެ ކަލާމް އަމުރުކުރަނީ ނުބައި ކަންތައްތަކަށެވެ. ޢިއްފަތްތެރިކަން ދޫކޮށްލުމަށާއި، ޒިނޭ އާއި ފާޙިޝް ޢަމަލުތައް ކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމަށާއި، ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަށާއި، މިފަދަ ނުބައި ކަންތައްތަކަށް އަރައިގަތުމަށެވެ. ﷲ ގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި، ޝައިޠާނާގެ މި ނުބައި ކަލާމަކީ އެއްވެސް ހާލެއްގައި މުއުމިނެއްގެ ހިތުގައި ޖަމާނުވާނެ ދޭއްޗެވެ. ކީރިތި ޤުރުއާން ހިތެއްގައި، ހަމަ އެ ހިތުގައި މިއުޒިކާއި ލަވަ، މި ދޭތި އެއްވަރަކަށް ޖަމާނުވާނެއެވެ.
ﷲ ގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި، ޝައިޠާނާގެ މި ނުބައި ކަލާމަކީ އެއްވެސް ހާލެއްގައި މުއުމިނެއްގެ ހިތުގައި ޖަމާނުވާނެ ދޭއްޗެވެ. ކީރިތި ޤުރުއާން ހިތެއްގައި، ހަމަ އެ ހިތުގައި މިއުޒިކާއި ލަވަ، މި ދޭތި އެއްވަރަކަށް ޖަމާނުވާނެއެވެ.
މިއުޒކާއި ލަވައަކީ ރަލާއި މަސްތުވާތެކެއްޗާއި، ޒިނޭ އާއި ފާޙިޝް ކަންތައްތަކަށް މަގުފަހިކުރުވާ އެއްޗެކެވެ. ޝައިޠާނާ ވަނީ މިއުޒިކާއި ލަވައާއި، މަސްތުވާތަކެއްޗާއި ދެމެދު ލޯބީގެ އަޤުދުކޮށްފައެވެ. އެހެންވީމާ، މިއުޒިކެއް މަސްތުވާތަކެއްޗަކަށް ބޭވަފާއެއް ނުވާނެއެވެ. މަސްތުވާތަކެއްޗެއް މިއުޒިކަކަށް ބޭވަފާއެއް ނުވާނެއެވެ. މިއުޒިކާއި ލަވަ ވަނީ ރަލާއި މަސްތުވާތަކެއްޗާއި ގުޅިލާމެހިފައެވެ.
މިއުޒިކާއި ލަވައަކީ އީމާންކަމުން ވައްކަންކުރާ، މުރުއްވަތް ބަނަކުރާ، ބުއްދިއާއި ވިސްނުން ހަލާކުކުރާ، ހުރިހާ ފާޙިޝް ކަންތައްތަކާއި ޝަހުވަތުގެ އެދުންތައް ކައްކުވާ އެއްޗެކެވެ. އަދި ފާޖިރު، ފާސިޤު ކަންތައްތަކާއި، ދޮގުވެރިކަމާއި، ޙަސަދަވެރިކަމާއި، ޢަދާވާތްތެރިކަމާއި، މިފަދަ ނުބައިކަންތައްތައް މީހުންގެ ހިތްތަކަށް ވާރުތަކުރުވާ އެއްޗެކެވެ. އެއީ މަސްތުވާތަކެތީގެ ލޯބިވެރިޔާއެވެ. ޒިނޭގެ ފަންޑިތަވެރިޔާއެވެ.
މިއުޒިކާއި ލަވައަކީ އީމާންކަމުން ވައްކަންކުރާ، މުރުއްވަތް ބަނަކުރާ، ބުއްދިއާއި ވިސްނުން ހަލާކުކުރާ، ހުރިހާ ފާޙިޝް ކަންތައްތަކާއި ޝަހުވަތުގެ އެދުންތައް ކައްކުވާ އެއްޗެކެވެ. އަދި ފާޖިރު، ފާސިޤު ކަންތައްތަކާއި، ދޮގުވެރިކަމާއި، ޙަސަދަވެރިކަމާއި، ޢަދާވާތްތެރިކަމާއި، މިފަދަ ނުބައިކަންތައްތައް މީހުންގެ ހިތްތަކަށް ވާރުތަކުރުވާ އެއްޗެކެވެ. އެއީ މަސްތުވާތަކެތީގެ ލޯބިވެރިޔާއެވެ. ޒިނޭގެ ފަންޑިތަވެރިޔާއެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ، ޤުރުއާން ކިޔަވައި އެ އަޑުއަހާ، އެއާއިމެދު ވިސްނައި ފިކުރުކުރާ މީހަކުވެސް، މިއުޒިކާއި ލަވަ އަޑުއަހަން ފަށައި، މިއުޒިކްގެ ތެރޭގައި އުޅެން ފަށައިފިނަމަ، ކީރިތި ޤުރުއާން އޭނަގެ ހިތުން ނުކުމެގެންދާނެއެވެ. ﷲ ގެ ޙަޟުރަތުގައި ޤުރުއާން ޝަކުވާކުރަން ފަށާނެއެވެ.
މިއުޒިކާއި ލަވައިގެ އެންމެ ނުރައްކާތެރިކަމަކީ، މި ތަކެތީގެ ތެރެއަށް މަޑުމަޑުން މީހާ ވަދެ، މީހާ ރޮކްވަމުން، ރޮކްވަމުން، މި ދާއިރާގައި ތަރައްޤީވަމުން މައްޗަށްގޮސް، ޝައިޠާނާއަށް ތަބާވެ، އިސްލާމްދީނުން ބޭރުވާ ހިސާބަށް ގެންދާ ކަމެވެ. އާދެ، މިއުޒިކާއި ލަވައަކީ މީހާ ކުފުރާއި ހަމައަށް ގެންދާ އެއްޗެއްކަން އަޅުގަނޑުމެންގެ ލޯމަތިން ދަނީ ފެންނަމުންނެވެ.
މިއުޒިކްގެ ތެރޭގައި އުޅުމުގެ ސަބަބުން، ކަލަކުވޮޑިގެންނުވާ ކަމުގެ ފިކުރާއި، ދީނެއް ޤަބޫލުނުކުރުމުގެ ފިކުރު ފަދަ ނުރައްކާތެރި ފިކުރުތަކަށް މަގުފަހިކުރުވަމުންދާ ކަމަކީ ސާބިތުވަމުންދާ ކަންކަމެވެ. މިއުޒިކްގެ ތެރޭގައި އުޅޭ ހުރިހާ މީހުން މި ދަރަޖައަށް ނުދިޔަކަމުގައިވިޔަސް، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ކަމަކީ، ކިތަންމެ ކުޑަކޮށްވިޔަސް މިއުޒިކް އަޑުއަހައި ނުވަތަ މިއުޒިކް ކުޅެ އެކަމުގެ ތެރޭގައި އުޅޭ މީހާއަށް ﷲ ގެ އަޛާބުގެ ތެރެއިން މިންވަރެއް ޙައްޤުވާނެ ކަމަށް ކީރިތި ޤުރުއާނުން ދަލީލު ލިބޭ ކަމެވެ.
މިއުޒިކާއި ލަވައިގެ އެންމެ ނުރައްކާތެރިކަމަކީ، މި ތަކެތީގެ ތެރެއަށް މަޑުމަޑުން މީހާ ވަދެ، މީހާ ރޮކްވަމުން، ރޮކްވަމުން، މި ދާއިރާގައި ތަރައްޤީވަމުން މައްޗަށްގޮސް، ޝައިޠާނާއަށް ތަބާވެ، އިސްލާމްދީނުން ބޭރުވާ ހިސާބަށް ގެންދާ ކަމެވެ. އާދެ، މިއުޒިކާއި ލަވައަކީ މީހާ ކުފުރާއި ހަމައަށް ގެންދާ އެއްޗެއްކަން އަޅުގަނޑުމެންގެ ލޯމަތިން ދަނީ ފެންނަމުންނެވެ.
މިއުޒިކްގެ ތެރެއަށް ވަންނަ ބައެއް ކުދިން ފުރަތަމަ އަޑުއަހަން ފަށަނީ އާދައިގެ މިއުޒިކެވެ. ފަހުން އާދައިގެ މިއުޒިކެއް ކަމުނުދެއެވެ. މީހާ ދަނީ ރޮކްވަމުން ރޮކްވަމުންނެވެ. މިއުޒިކްގެ އާދަޔާއި ޚިލާފް ވައްތަރުތައ ތަޖުރިބާކުރެއެވެ. "ބްލޫޒް" ، "ހިޕްހޮޕް" ، "ރޮކްއެންރޯލް" ، "ހެވީމެޓަލް" ، "ޑެތްމެޓަލް" ފަދަ ފާޑުފާޑުގެ މިއުޒިކްގެ އަވާގައި ޖެހެއެވެ. އޭގެ ސަބަބުން މިފަދަ މީހުން ބޭނުންވަނީ އަބަދު "ޑެތް" [މަރު] ވެގެން އުޅޭށެވެ. ސަންދޯކުގެ ތެރޭގައި ތިބެވެސް ޝޯތައް ބާއްވައެވެ.
މިފަދަ މީހުން އާދައިގެ އިންސާނުން އުޅޭ ގޮތަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. މިއުޒިކްގެ މަޝްހޫރު ވިޔާނުދާ ފަންނާނުން ކޮޕީކޮށް، ތިމާގެ ބުރުސޫރައިގައި ޝައިޠާނީ ވައްތަރު ޖައްސުވައެވެ. ގައިގެ އެކި ތަންތަން ތޮރުފައި، ނަޓް އަޅުވައި، ބޯލްޓް އަޅުވައި، ކަރާއި އަތްފައިގައި ފާޑުފާޑުގެ ފަށްތައް އަޅައެވެ. ފާޙިޝް، ވިޔާނުދާ މަންޒަރު ހުންނަ ހެދުން އެޅުމަށް ލޯބިކުރެއެވެ. ތިމާގެ ގައިގެ އެކި ތަންތަނުގައި ދީނުގައި ޙަރާމްކުރެވިގެންވާ ޓެޓޫޖަހައެވެ. ދިރިއުޅޭ ތަނުގައި ހުންނަނީ ސަޕޯޓްކުރާ ފަންނާނުންނާއި، ޝައިޠާނާގެ ފޮޓޯތަކާއި، ކުރެހުންތަކެވެ.
އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، މުރުއްވަތްތެރިކަމާއި، ލަދުޙަޔާތް މިފަދަ މީހުންގެ ކިބައިން ގެއްލިގެންދެއެވެ. ބޮޑެތި ފާފަތަކަށް އަރައިގަތުމަކީ ކުޑަކަމަކަށް ވެދެއެވެ. ކީރިތި ޤުރުއާން އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ޤުރުއާން އަޑުއިވުނަސް، އެވަނީ އުނދަގުލަކަށެވެ. ދީނީ ނަސޭހަތެއް، ދީނީ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ.
މިހެންވުމުން، ޝައިޠާނާ އޭނާގެ ހިތުގައި އިސްލާމްދީނާއިމެދު ޝައްކުތަކާއި ވަސްވާސްތައް އުފައްދައި، އޭނާ މުޅިން މަގުފުރައްދައެވެ. އަދި އެންމެ ފަހު ނަތީޖާއަކަށް ވަނީ އިސްލާމްދީނުގެ ޝަރުޢީ ކަންކަމަށް ގޮތްކިޔައި، ފާޑުކިޔައި، ފުރައްސާރަކުރާ މީހަކަށްވެ، މީހާ އިސްލާމްދީނުގެ ތަރަހައިން ބޭރުވެ ކުފުރާއި ހަމައަށް ދިއުމެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ، ޤުރުއާން ކިޔަވައި އެ އަޑުއަހާ، އެއާއިމެދު ވިސްނައި ފިކުރުކުރާ މީހަކުވެސް، މިއުޒިކާއި ލަވަ އަޑުއަހަން ފަށައި، މިއުޒިކްގެ ތެރޭގައި އުޅެން ފަށައިފިނަމަ، ކީރިތި ޤުރުއާން އޭނަގެ ހިތުން ނުކުމެގެންދާނެއެވެ. ﷲ ގެ ޙަޟުރަތުގައި ޤުރުއާން ޝަކުވާކުރަން ފަށާނެއެވެ.
ޔާ ﷲ ! އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމުގައިވާ ކުޑަކުދިންނާއި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެންމެހާ މީސްތަކުން މިއުޒިކްގެ ނުރައްކާތެރިކަމުން ސަލާމަތްކުރައްވާށި! އަޅުގަނޑުމެންނަކީ ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ އަދި ޙަލާލުކުރައްވާފައިވާ ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ، އިސްލާމްދީނުގެ ޙުކުމްފުޅުތަކަށް ފުރިހަމައަށް ކިޔަމަންވާ ބައެއްކަމުގައި ލައްވާށި!
**********
ނޯޓް : މިއީ އޮކްޓޫބަރު 25، 2014 ގައި "ދިއިސްލާމް" ގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
**********
ގުޅޭ :
މިއުޒިކާއި ލަވައަކީ ކޮންކަހަލަ އެއްޗެއްތޯ؟
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް - ދަރުސްގެ 01 ވަނަ ބައި ބައްލަވާ
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް - ދަރުސްގެ 02 ވަނަ ބައި ބައްލަވާ
Quran aai rasoolage dhaleel thah liyumuga himanaali nama liyun ithurah furihama vees
މިއުޒިކަކީ ހަރާމް އެއްޗެއް ކަން ގަބޫލް ކުރަން. ކުރިން ވަރަށް ގިނައިން މިއުޒިކް އަޑު އެހި މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ މިއުޒިކް އަޑު އަހާ އިރު މީހާ ހުންނާނީ މުޅިން އެހެން ދުނިޔެ އެއްގައޭ. ސިކުނޑީގައި އެ ނޫން އެއްޗެއް ނޯވޭ. އެކަމް މިހާރު މިއުޒިކް އަޑު އިވުނަސް އުނދަގޫ ވޭ. އަސްލު ހުއްޓާލަން ބޭނުމިއްޔާ އެހާ އުނދަގޫ ކަމެއް ނޫން މީ. ހަރާމް އެއްޗެއް ކަން ތެދު ހިތުން ގަބޫލު ކޮށްގެން ލަވަ އާއި މިއުޒިކް އަޑު އެހުން ހުއްޓާލީމަ ދުވަސް ކޮޅަކުން މިއުޒިކް އަޑު އިވުނަސް ފޫހި ވާނެ.
if you want to quit music replace music with quran, read quran with translation on a daily basis. i was incredibly engrossed in music before but it worked for me. if you lisnt to music your heart cannot accept and feel the quran. trust me music is not what will sooth your soul. it will drive you into depression. if you don’t believe me.. look at all the famous musicians. most of them are on drugs, most of them kill themselves
ހަދީޡްއާއި ޤުރުޢަންގެ ދަލީލް އަޅުގަނޑު ބޭނުން. އެއީ ކޮންމެ ކަމަކީވެސް ބުއްދީގެ ދަލީލުން ނިންމޭނެ ކަންކަމެއް ނޫން. އޭގައި ހުރިހާ އިލްމުވެރިން އިޖުމާޢުވެފައިވާ ނަމަ އެކަންވެސް ވަރަށް އެގެން ބޭނުން. މިއީ އިޚްލާސްތެރިކަމާއިއެކު ލިޔުނު ކޮމެންޓެއް.
http://dhisalafiyyah.net/?p=10649 މިލިންކުގައިވާ ލިޔުން ކިޔުއްވާލައްވާ!
މިއޮއް ދިގު ލިޔުމުން ވެސް މިއުޒިކު ހަރާމް ކަމެއް ސާބިތެއް ނުކޮއްދެވުނު! އެކަމަކު ކީރިތި ޤޫރުއާނުންނާއި ރާސޫލާގެ ހަދީސްސުން ސާބިތުވޭ ބަނގުރާ ވިއްކުމާކީ ހަރާމް ކަމެއްކަން ރާއްޖެ ބިންތައް ކުއްޔައް ދީގެން ބަގުރަލުގެ ނާފާއިން ދިރިއުޅުގެ ބޭނުންތައް ފުއްދުމަކީ ހަރާމް ކަމެއްކަން އެހެންމީހުނައް ވުރެ ބޮޑައް ދީނީ އިލުމުވެރިންނައް އެނގޭނެ ކަމުގަ ދެކޭތި، ދަންނަވަން މިކަމާ ވާހަދައް ދީނީ އިލުމުވެރިނާ ނޫސްވެރިން ނެތީ ހަގީގަތުގަތުގަ ދީނައް ލޯބިކުރާ ބަޔަކު މިގައުމުގަ ނެތީމައޭ! ކޮންމެ ޕޭފުޅަކުވެސް ފެއްނަނީ ހަގީގީ މައްސަލަ އެއްކައިރި ކޮއްފައި އެބޭފުޅުން ކަމެއްކުރާކަން ދައްކަން އެޔައްވުރެ ކުދި ކަންތަކުގައި ހިފައިގެން ދަމާތި! ގައިމު މިކަން ހުއްޓުވަން ނޫޅެނީ އެކަލާންގެޔައް ފުރިހަމަޔައް އީމާން ނުވާތި ކަމުގަދެކެން! ސަބަބަކީ އެބޭފުޅުން ދެކިލައްވަނީ އެކަންނުކުރާނަމަ ޓުއަރިޒަމް ހަލާކުވާނެ ކަމަށް! ރިޒުގު ދެއްވަނީ އެކަލާންގެ ކަމައް ގަބޫލު ކުރާބަޔަކު މިހެން ވެގެން ފާޅުވެންވާ ބޮޑުހަރާމް ކަމަކަށް ރުހިގަބޫލުވެ އާބަސް ކިއައިގެން ތިބޭނެ ކަމުގަނުދެކެން! އެހެން ނަމަވެސް މިސައިޓުން ދީނުގެ ވަރައްގިނަ ކަންތައް އޮޅުންފިލާ ކަމުގަ ދެކެން!
ކުރީގެ ރައީސު މައުމޫނަކީ މިއުޒިކާއި ލަވަޔާއި އަންހެން ކުދިންގެ ނެށުން ތަކަށް ސަޕޯޓު ކުރާ އެކަމަށް ހިއްވަރުދީ އުޅުނު ބޭފުޅެއް، އެބޭފުޅާގެ ކޮއްކޯ ފުޅުގެ ސަރުކާވެސް އޮތީ އެގޮތުގައި މިއަދު!