ރާއްޖޭގެ ޚަބަރު ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް!

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް!

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އެންމެ މަތީ ވަނަތައް ކާމިޔާބުކޮށް، މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ތިން ދަރިވަރަކަށް ލިބިއްޖެއެވެ.

އެއީ ފާޠިމަތު ޝާޔާ ޒާހިރު، ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޟާއެވެ.

ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރު ވަނީ ޙާފިޡުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހޯދާފައެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާ ވަނީ ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހޯދާފައެވެ. އަދި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހޯދާފައެވެ.

މިއަހަރުގެ މުބާރާތަކީ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވުނު އަހަރުކަން ފާހަގަކުރެވެއެވެ. މި ފަޚުރުވެރި ވަނަތަކަށް ދެވުނު އިނާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ހިމެނެއެވެ. މީގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއްވެސް ހިމެނެއެވެ.

އިނާމުތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާއި އެހެނިހެން މުއައްސަސާތަކުން ދެއްވާ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމާއި، ޓްރޮފީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރު ހިމެނެއެވެ.

މި ފަޚުރުވެރި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ޤުރުއާން ކިޔެވުމުގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.

ޓެގް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.