ސަލަފުއްޞާލިޙުން

ސަލަފުއްޞާލިޙުން
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

السلف الصالح
ކޮންމެ އުންމަތެއްގެ ވެސް ސަލަފުންނަކީ ކުރިން އިސްވެވަފައިވާ މީހުންނެވެ. މީގެ އިދިކޮޅަކީ ފަހުން އަންނަ މީހުންނެވެ. ނުވަތަ ކުރިން އިޝާރަތް ކުރި މީހުންގެ ފަހުން އަންނަ މީހުންނެވެ. ކީރިތި ޤުރްއާނުގައި ޚަލަފު ގެ މާނަ އިތުރަށް ޝަރަޙަ ކޮށް އެކަލާނގެ ވަޙީ ކުރައްވާފައިވާ އާޔަތެއްގައި ބަޔާން ކުރައްވާފައި ވެއެވެ. (فَخَلَفَ مِن بَعدِهِم خَلفٌ أَضاعُوا الصَّلاةَ وَاتَّبَعُوا الشَّهَواتِ فَسَوفَ يَلقَونَ غَيًّا) (مريم 59) މާނައަކީ:"ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!"

އިސްލާމީ އުންމަތުގައި ސަލަފުންނަކީ ފުރަތަމަ ތިން ޤަރުނުގައި އުޅުއްވި ބޭކަލުންނެވެ. ބުޚާރީގެ އަރިހުން ރިވާވެގެން އައިސްފައިވާ އަންނަނިވި ޙަދީޘުގައި ކީރިތި މާތް ނަބިއްޔާ ވަނީ ފުރަތަމަ ތިން ޤަރުނަކީ ސަލަފުން ކަމުގައި ބަޔާން ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (خيرُ أُمَّتِي قَرْنِي، ثُمَّ الذين يَلُونَهُمْ، ثمَّ الذين يَلُونَهُمْ) މާނައަކީ:"އެންމެ ހެޔޮ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއަށްފަހު އަންނަ ޤަރުނެވެ. ދެން އެއަށްފަހު އަންނަ ޤަރުނެވެ."

ޤަރުނަކީ ސަތޭކަ އަހަރެވެ. ކީރިތި ރަސޫލާ، عبد الله بن بسر المازني رضي الله عنه އަށް ޙަދީޘް ކުރެއްވިއެވެ.(لتبلُغنَّ قرناً) މާނައަކީ:"ކަލޭގެފާނު ޤަރުނެއް ދެކެވަޑައިގަންނަވާނެއެވެ." މިކަލޭގެފާނު އަވަހާރަވީ ޝާމު ކަރާގައި، އެކަލޭގެފާނުގެ ޢުމުރުފުޅުން ސަތޭކަ އަހަރުގައެވެ.
އެހެންކަމުން ސަލަފުއް ޞާލިޙުންނޭ މިބުނެވެނީ ފުރަތަމަ ތިން ޤަރުނަށެވެ. މި ފަތުރާގައި މުސްލިމުންގެ ފަސްޖީލު އުޅެފައި ވެއެވެ. އެއީ ޞަޙާބީންނާއި، ތާބިޢިންނާއި، އަތުބަޢުއް ތާބިޢީންނާއި ތަބަޢުއް ތާބިޢީންނާއި، ތަބަޢު ތަބަޢު އަތުބާޢުއެވެ.

ކީރިތި ރަސޫލާ ފުރަތަމަ ޤަރުނުގައި އުޅުއްވި ބޭކަލުންނަށް މަދަޙަ ވިދާޅުވެފައިވަނީ، އެބޭކަލުން ދިރިއުޅުއްވީ ނަބަވީ މަންހަޖުގެ މަތީގައި ކަމަށްވާތީއެވެ. އެބޭކަލުން ހުރިހާ ވައްތަރެއްގެ ބިދުޢަ ތަކާއި ދުރުހެލިވެވަޑައިގަތެވެ. އެހެން ކަމުން އެބޭކަލުންގެ ސުލޫގާއި އިޢުތިޤާދު އިޞްލާޙު ވިއެވެ.
މަދުމަދުން ކޮންމެ ވެސް ވަރަށް ފާސިދުން އުޅުނު ކަމުގައިވިޔަސް އެ ޒަމާނުގައި ގިނަ މީހުންނަކީ ހެޔޮލަފާ ޞާލިހުންނެވެ. މިޖީލަށްފަހު އައިމީހުން ބިދުޢަތަކުގެ ތެރެއަށްވެއްޓުނެވެ. ނުބައި ޤަބޫލު ކުރުންތަކުގައި ހިފެހެއްޓެވިއެވެ. ނަތީޖާއަކަށްވީ ޞާލިޙުންނަށްވުރެ ޠާލިޙުން އިތުރުވުމެވެ."

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.