ރިޕޯޓްކޮލަމިސްޓް

ކިޔާފައިވާ ލަވަޔަކަށް މަދަހައެއް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ރަމީޒުގެ މަދަހަ އަލަބަމް ނުކުތުމާއި އެކު މަދަހަ އަލްބަމެއް އެންމެ 50 ރުފިޔާއަށް ގަނެލީ 'އިހުގެ ޅެން'ތައްވެސް އަޑުއަހާލަން ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އެހެނަސް އޭގެން އެންމެ ގަޔާވި މަދަހައަކީ ކުރިން އިބްރާހިމް ރަމީޒު ކިޔާފައިވާ އަސަރުގަދަ ލޯބީގެ ލަވައިގެ ރާގަށް ކިޔާފައިވާ މަދަހައެވެ. ކުރިން ގިނަ ބަޔަކަށް ކަމުގޮސްފައި އަދި މިހާރުވެސް ގިނަ ބަޔެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ މިލަވައަށް އޭގެ އަސްލު ލަވައިގެ އަޑުގެ ވެރިޔާ މަދަހައެއް ކިޔާފައިވުމުން ލިބިގެން ދިޔައީ ހައިރާން ކަމެކެވެ.

'މީއޭ ފަހުން އަންނާން އޮތް ޒަމާން، މީއޭ ފަސާދާގައި ވާ ޒަމާން...' މިމަދަހަ އަޑުއަހަމުން ދިޔައިރު އެންމެ ބޮޑަށް ހިތް ހަމަޖެހުން ލިބިގެން ދިޔައީ އިބްރާހިމް ރަމީޒުގެ މިމޮޅު 'އައިޑީއާ'ގެ ސަބަބުންނެވެ. މިހެން މިދެންނެވީ އިބްރާހިމް ރަމީޒު 'މިޔުޒިކާއި އަލްވަދާޢު' ކިޔާފައިވާއިރު އޭރު ކިޔާފައިވާ ލަވަތަކުގެ ރާގަށް މަދަހަ ކިޔުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ހިތް ހަމަޖެހުމަކަށެވެ. ކިޔާފައިވާ ލަވައިގެ ބަދަލަށް މަދަހައެއް ކިޔުން ވެގެންދާނީ އޭރު ކުރެވުނު ކަންތަކަށް ދެވޭ ފުރިހަމަ ބަދަލަކަށެވެ.

އިބްރާހިމް ރަމީޒު އެފަދައިން އަމަލުކޮށްފިއެވެ. ދެން އޮތީ ލަވަކިޔުމާއި މިޔުޒިކާއި އަލްވަދާއު ކިޔާފައިވާ އެހެން ބޭފުޅުންގެ ބުރެވެ. އެއީ ކޮންމެހެން މަޖުބޫރު ކަމެއް ނޫންކަން ވެސް އެނގެއެވެ. އެހެނަސް އިބްރާހިމް ރަމީޒުގެ އެމަދަހައިގެ ސަބަބުން ގިނަ ބަޔަކު އެފަދަ އެތައް މަދަހައަކަށް އިންތިޒާރު ކުރާނެކަން ޔަގީނެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ބާރީ ގެ އިތުރުން ޓްރިއޯ ޝިފާއު މާޒީގައި ކިޔާފައިވާ ލަވަތަކުގެ ރާގުތައް މަދަހައިގެ ސިފައިގައި ފެނިގެން ދިއުމަކީ ގިނަ ބަޔަކު ބޭނުންވާނެކަމެއްކަން ޔަގީނެވެ.

ކަނޑާ ކޮންމެ ގަހަކަށް ދެ ގަސް އިންދުމުގެ ކެމްޕޭނެއް ހިންގިއެވެ. އެހެންވީއިރު ކިޔާފައިވާ ކޮންމެ ލަވަޔަކަށް މަދަހައެއް ކިޔާލާ އާންމުންނަށް ގެނެސްދޭނެނަމައެވެ. އިންތިޒާރުގައި ތިބީމެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ތިހިޔާލު ވަރަށް ކަޑަ…ގަސް އިންދުމާ މުޅިން ތަފާތު…މިހާރު އައްޔަމެން މަދަހަ އެކިޔާަ ގޮތަށް ޅެމުން ދަރުސްދޭ އުޞޫލުން މަދަހަ ކިޔަންވާނީ…އެހެންނޫނީ މަޝްހޫރުކަން ހޯދުމާއި ކުރީ ލަވަކީ ބީދަޔަށް މަޤުޞަދު ބަދަލުވެ ޔޫސުފު އިސްލާމް މެންނަށް ވީގޮތްވުން ވަރަށް ކައިރި…ހެޔޮ ޢަމަލު ގިނަ ކުރިވަރަކަށް ގަހަކަށް ގަހެއް އިންދެނީ އެ،،،ކޮންމެހެން ކުރީގެ ލަވަތަކަށް މީހުންގެ ޚިޔާލު އިއާދަކުރެވޭ ގޮތަށް މަދަހަ ނުކިޔެއް ކަމަކު…އެހެންނޫނީ އަބަދުވެސް އެހަނދާންތަކުގަ ތިބުނާހެން ބިންވަޅު ނެގިފަ ތިބޭނީ..މަބުނާނީ އައްޔަ އަކީ މާޝާ ﷲ ވަރަށް ބަރާބަރު މީހެކޭ…އައްޔަ މަދަހަ ކިޔާފަ ހުރީ އަދި ކިޔަމުން އަންނަނީ މީހުންނަށް މެސެޖް ފޯރުކޮށްދިނުމަށްޓަކައިކަން އެނގޭ އައްޔަގެ ކޮންމެ މަދަހައަކުންވެސް…ކޮންމެހެން ލަވަތަކުގެ ހަނދާންތަކުގަ އެހަނދާނުގަ މިހަނދާނުގަ ދިރިއުޅެން ނޫންކަން…

  2. މިހާރު ތިދަގޮތުން ގޮސް މަދަހައިގެވެސް މަޤުސަދަކަށް ވެގެންދާނީ ރާގު ރީތިކުރުން….ކިޔާމީހާވެސް އަޑުއަހާމީހާވެސް ފޯކަސް ބަހައްޓާނީ ރާގަށް އެއިންދޭ މެސެޖަށްވުރެ…މީހަމަ ޤުރުއާނާ މީސްތަކުން ދުރުކުރުމަށް ޝައިޠާނާ ޖަހާ ޓްރިކްތައް…..މިއަދު މަދަހައިގެ ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު އެނގޭނެ މިކަމުަގަ ޖެހި ކިޔާ މީހުންނާ އަޑުއަހާމީހުންވެސް މިކަމުގަ ހައްދުފަހަނަ އަޅާފައިވާ މިންވަރު…ޤުރުއާން ކިޔެވުމާއި އަޑުއެހުމަށްވުރެ މަދަހަ އަޑުއެހުމަާއި ކިޔުމުގަ ވަގުތުތައް ބޭކާރުކުރާތަން ފެންނާނެ ތަފާތު ރާގުތަކުގެ ތަފާތު ތާކުންތާކުނުޖެހޭ ވާހަކަތައް މަދަހާގެ ގޮތުގަ ޕާރފޯމްވަމުން އަންނަ މަންޒަރު މިފެންނަނީ..މިގޮތުން މަދަހަތަކަށް ހައްޤުވާ މިންވަރަށްވުރެ އިތުރު ވަގުތުދޭ މަންޒަރު މިފެންނަނީ…މިމަދަހަތަކުގަ ގެނބިފަ ތިބޭ ގިނަ މީހުން ޤުރުއާނުން އެމީހުންގެ ހިތަށް އަސަރުނުކުރާ ކަމުންވެސް މިއީ ޝައިޠާނާގެ ޓްރިކްތައްކަން އެނގި ހާމަވޭ

  3. ޝެއިޚު ޞާލިޙު އަލް ފައުޒާން:
    އިސްލާމިކް ނަޝީދޭ މިކޔާ ކަމަށް އެއަށް ޙައްޤުވާ މިންވަރަށްވުރެ އިތުރަށް ވަގުތާއި މަސައްކަތް މިވަނީ ދީފަ މިކަންތައްގަނޑު އުފެއްދުންތެރި ހުނަރަކަށްވެ ސުކޫލުތަކުގެ ކަރިކިއުލަމުގަޔާއި ހަރަކާތްތަކުގަޔާއި ވިއްކާ ބެހުމަށްޓަކައި އެތައް ކޮޕީތަކެއް ރެކޯޑުކޮށް އެތައް ގެއެއް ފުރެންދެން މިތަކެތި ހޯދާ ޒުވާން އަންހެނުންނާއި ފިރިހެނުން މިތަކެތި އަޑުއެހުމަށް އެތައްވަގުތެއް ހޭދަކޮށް ޤުރުއާނާއި ސުންނަތާއި ބޭނުންހިފޭ ދަރުސްތައް އަޑުއެހުމަސްވުރެ މިތަކެތި އަޑުއެހުމަށް ވަގުތު ހޭދަކުރާ ދަރަޖައަށް މިކަން މިވަނީ ގޮސްފަ
    Al-Bayaan li Akhta’ Ba’d al-Kuttaab (p. 342

Your email address will not be published. Required fields are marked *

More in ރިޕޯޓް