ރިޕޯޓް

ބޭސްވެރިކަމުގެ އެހެން އެޕްރޯޗެއް

ލިޔުނީ: މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ބަލިތަކަށް ބޭސްކުރެއްވިއެވެ. އެކަލޭގެފާނަކީ ޑޮކްޓަރެއް ނޫނެވެ. އެހެންނަމަވެސް ޢަޖައިބުކުރުވަނިވި ފަރުވާތަކެއް ދޫކުރެއްވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބޭސްކުރުމުގެ ސިޔާސަތަކީ ބޭހަކީ ކޮންމެހެން އެ ބޭނުންކުރަން ނުޖެހޭ ހާ ހިނދަކު ބޭނުންކުރާ އެއްޗެއް ނޫނެވެ. މާނައަކީ ބޭސް ބޭނުންކުރަން ޖެހޭނީ ބަލިވީމައެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ބޭހަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. އަދި ކިޔެއްތަ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުރަންޖެހޭނެކަމަކީ ތިމާގެ ހިތް ސާފުކުރުމެވެ. އަދި ރިވެތި ސާފު ލައިފްސްޓައިލެއް އިޚްތިޔާރުކުރުމެވެ. ޞިއްޙަތަށް ގެއްލުންދެނިވި އާދަތަކުން ދުރުހެލިވުމެވެ. އަދި ތިމާގެ ވަށައިގެންވާ މާޙައުލު ހިތްގައިމު މާޙައުލަކަށް ބަދަލުކުރުމެވެ.
ދަންނާށެވެ. ހިތަށާއި ފުރާނައަށް ފަރުވާނުކޮށް ހަމައެކަނި ޖިސްމާނީ ފަރުވާ ހަށިގަނޑުގެ ޖިސްމަށް ދިނަސް ތިބާއަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެކޭ ނުބުނެވޭނެއެވެ. ހަށިގަނޑުގެ ރަސްގެފާނު ކަމުގައި ބެލެވޭ ހިތަކީ އަދި އޭގެ ޙަޤީޤަތް އިންސާނުންނަށް ނޭނގޭ ފުރާނައަކީ ވެސް ކާނާ ބޭނުންވާ ދެއުންޞުރެވެ. ހިތުގެ ކާނާއަކީ ހިތް ހަމަޖެހުމެވެ. އެއީ ހަމައެކަނި ﷲ ހަނދުމަކުރުމުން، އަދި އިޙްސާންތެރިކަމުގެ ކުންނަށް ވާޞިލްވުމުން އިޙްސާސްކުރެވޭ މީރު ފޮނިކަމެކެވެ. ފުރާނައިގެ ކާނާއަކީ ރޫޙާނީ އެއްޗެކެވެ. ހަށިގަނޑުގެ ކާނާއަކީ ޖިސްމާނީ ކާނާއެވެ.
އެހެންކަމުން ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފުރާނައާއި ހިތަށް ކާނާ ދިނުމެވެ. ދުނިޔަވީ ފާސިދުކަމުން ހިތް ރައްކާކޮށް، ހިތަކީ ކަޅު ތިކިތައް ޖެހިފައިނުވާ، ހުދު ސާފު އެއްޗެއްގެ ގޮތުގައި ބޭއްވުމެވެ. މިދެ ކަންތައް ޙާޞިލްވެއްޖެނަމަ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ދެން ކުރަންޖެހޭނެ ކަމަކީ ހަމައެކަނި ބަލިތަކުން ރައްކާތެރިވުމެވެ. މިއީ ހުޅަނގުގެ ބަލިޖެހުމުން ފަރުވާކުރާ "އައިޑިއޮލޮޖީ" އާ މުޅިން ތަފާތު ފިކުރެކެވެ.
އެމީހެއްގެ އާދަކާދަ އަކީ އިސްލާމްދީންކަމުގައި ހަދައި، އެދީނުގެ ހުރިހާ ކަންތައްތަކަށް ފުރިހަމައަށް ޢަމަލުކުރާ މީހަކު ބަލިތަކުން ރައްކާތެރިވުމަށްޓަކައި އިތުރު އެއްވެސްކަމެއް ކުރާކަށް ނުޖެހޭނެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އުންޞުރުގެ މާނައަކީ ކޮބައިތޯ؟

Your email address will not be published. Required fields are marked *

More in ރިޕޯޓް