ރިޕޯޓް ފެށުމަކީ ދެބައިކުޅަ އެއްބައި ނިމުމެވެ

ފެށުމަކީ ދެބައިކުޅަ އެއްބައި ނިމުމެވެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު


"ޓު ބިގިން އިސް ޓު ކޮމްޕްލީޓް ހާފް" އިނގިރޭސި އަދަބީ ބަހެއްގައި ވެއެވެ. ކަމެއް ކުރަން ޤަޞްދުކޮށްފައި އެކަމެއް ނުފަށާ ހުރުމަކީ އެކަމެއް ނުކުރުމެވެ. ގިނަކަންތައްތައް ފަށަން ވަރަށް އުނދަގޫވާނެއެވެ. ޚާއްޞަކޮށް ހެޔޮކަމެއް ކުރަން ފަށަން ޚިޔާލުކުރަނީ ނަމަ މާދަމާ މާދަމާ ކިޔަމުން ގޮސް ގިނަފަރަހަރަށް އެކަމެއް އިބިލީހުގެ ކައިވެންޏަށްވެގެން ނިމިދެއެވެ.
ބައެއް ކަންތައްތައް ފަށަން ވަރަށް ފަސޭހަވާނެއެވެ. މިސާލަކަށް ހަނގުރާމަ ކުރަން ފެށުމަކީ ވަރަށް ފަސޭހަކަމެކެވެ. އަދި ހަމައެފަދައިން އަނިޔާ ދިނުމާއި ތަޅާފޮޅަން ފެށުމަކީވެސް ވަރަށް ފަސޭހަ ކަމެކެވެ. މިފަދަ ކަންތައްތައް ނިންމުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ޙަޔާތް ކާމިޔާބުކުރަން ބޭނުންވާ މީހުން އެމީހުންގެ ޙަޔާތް ތަރުތީބުކުރެއެވެ. އެތައް ކަމެއް ކުރަން ޖެހިފައިވާ އަހަރެމެން އިންސާނުން ކާމިޔާބު ކަމާއެކު ގިނަ ކަންތައްތައް ކުރަން ބޭނުންނަމަ އެންމެ މޭވާލިބެނިވި ގޮތަކީ ހުރިހާ ކަމެއް އެއްފަހަރާ ކުރުމުގެ ބަދަލުގައި ފަހަރަކު ކަމެއް ކޮށްނިންމާލުމެވެ. ހުރިހާ ކަންތައްތައް އެއްފަހަރާ ކުރަން ހަދައިގެން ގިނަފަހަރަށް އޮންނާނީ އެއްކަމެއްވެސް ނުވެފައެވެ. ކޮންމެ ކަމެއްވެސް ފަށަން އެންމެ ރަނގަޅުވާނީ ކަމެއް ނިންމާލާފައެވެ. ނުފަށާ ބެހެއްޓުމަކީ ނުކުރުމަށް އެޅޭ ބާރެކެވެ.

ޓެގް

ފެށުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.