ވާހަކަ

ހުކުރު ޚުތުބާ: 'ކީއްކުރާ އެއްޗެއް؟'

ދީނަށް ފުރައްސާރަ ކުރާ ޒާތުގެ ދީނުގެ ނަން އެޅިގެން ހުރި މީހަކު "ޖުމްޢާ" ނޫހަށް ފޮނުވި ސިޓީ އެއްގައި ލިޔެފައި ވެއެވެ.

"ތިމަން 30 އަހަރު ދުވަސް ވާންދެން އެތާކަށް ދިޔައީމެވެ. އަދި 3000 ހެއް ހާ ހުކުރު ޚުތުބާ އަޑު އެހީމެވެ. ވީކަމެއް ހަމަ ހާރާމެވެ. އެއިން އެންމެ އެއްޗެއްވެސް މިހާރު ހަނދާނެއް ނެތެވެ. އެހެންވީމާ މަށަށް ފެންނަނީ އެއީ ބޭކާރު ކަމެއްކަމާ ބޭކާރު ވަގުތު ތަކެއް ކަމެވެ. އިމާމުންވެސް އެ ކުރަނީ ބޭކާރު މަސަތްކަތެވެ."

މި ސިޓީގެ ޖަވާބުގައި ލިޔާނެ އެއްޗެއް ނޭންގިފައި ނޫހުގެ އެޑިޓަރު އިނެވެ. ދުވަސް ތަކެއް ފަހުން މީހަކު އެ ޚަބަރު ލިބިގެން އޭގެ ޖަވާބުގައި ލިޔުނެވެ.

"ތިމަން މީހަކާ އިނދެގެން އުޅޭތާ 30 އަހަރު ވެއްޖެއެވެ. އަދި 32000 ހާހެއްހާ ކެއުން ކެވިއްޖެއެވެ. ވީ ކަމެއް ޙަރާމެވެ. ތިމަންގެ އަންހެނުން ކައްކައިދިން އެއްޗެހީގެ ލިސްޓުން އެންމެ މެނޫ އެއްގާ ވީ އެއްޗެއްވެސް ހަނދާނެއް ނެތެވެ. އެކަމަކު ތިމަންގެ ގަމާރުކަން ތިމަންނަޔަކަށް އެ އެއްޗެހި ނުކޭ ނަމަ ތިމަން މިޔަދު މަރުވާނޭކަން ނާންގައިދެއެވެ."

މިއަށްފަހު ކުރީން ސިޓީ ފޮނުވި މީހާ މައިތިރި ވެއްޖެއެވެ.


ހުކުރު ޚުތްބާ ބައްލަވަން އާދަކުރައްވާ!

ގުޅުންހުރި

1 ޚިޔާލު

  1. ޢިލްމު ލިބި ބުއްދީގެ ބޭނުން ނުކުރާ މިކަހަލަ ޒަމާނެއްގައި ފަރުޟް އަޅުކަމެއް މެދުވެރިކޮށް މިކަހަލަ މިސާލުން ޙިކްމަތް ބޭނުން ނުކުރެއްވުން އެދެން! މިކަމަކީ ދުނިޔޭގައި ހިނގާފައިއޮތް ކަމަކަށް ވިއަސްވެސް ބުއްދި މަދު، ދުނިޔެ ޚިޔާރުކުރުން ގިނަ، މިކަހަލަ ޒަމާނެއްގައި މަގުފުރެދިގެން ދާ މީހުން ގިނަވާނެ! އަދި މަގުފުރައްދަން މަސައްކަތް ކުރާމީހުންނަށްވެސް އިތުރު ބާރަކަށް ވާނެ! އެހެނީ މިހާރުވެސް ގިނަމީހުން ހުކުރަށް ގޮސް އެއުޅެނީ ދާނީތޯ ނުދާނީތޯގެ ފިކުރުގައި!

Your email address will not be published. Required fields are marked *

More in ވާހަކަ