ވާހަކަދަރުސް ޚަބަރު

ޖުރައިޖުގެ ވާހަކަ (1 ވަނަ ބައި)

Budhiveri Aky Fithuna Thakun Rakkatheri Vumattakaa Alhan Jehey Fiyavalhuthah Alhagen Ulhey Myhaa: Sheikh Haleem (2 Vana Bai)

މިއީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދެވި ދަރުސް ޕްރޮގްރާމެއްގެ ތެރެއިން އައްޝައިޚް މުހައްމަދު ޙަލީމް ކިޔާދެއްވެވި ވަރަށް ވަރަށް އިބުރަތްތެރި ވާހަކައެކެވެ. އެވާހަކައަކީ ޖުރައިޖުގެ ވާހަކައެވެ.

ޖުރައިޖަކީ ބަނީ އިސްރާއީލު ބާގައިގެ އަޅުވެރިއެކެވެ. ޖުރައިޖު އެއްދުވަހު ނަމާދަށް ހުއްޓާ ޖުރައިޖުގެ މަންމަ އައިސް ޖުރައިޖަށް ގޮވިއެވެ. ނަމަވެސް އޭނާ ނަމާދާއިގެން ކުރިއަށް ދިޔައެވެ. ދެވަނަ ދުވަހުވެސް ހަމަ މިގޮތަށް ތަކުރާރުވިއެވެ. ތިންވަނަ ދުވަހުވެސް މިގޮތަށް ތަކުރާރު ވުމުން ޖުރައިޖުގެ މަންމަ ދުޢާއެއް ކުރިއެވެ. އެއީ "އޭ ﷲއެވެ. ކަސްބީ އަންހެނެއްގެ މޫނަށް ބަލައިފުމަށް ދާންދެން ޖުރައިޖުގެ މަރު ނުހިތްޕަވާންދޭވެ. މިގޮތަށް ދުޢާ ކުރުމަށް ފަހު ޖުރައިޖުގެ މަންމަ ދިޔައެވެ.

ބަނީ އިސްރާއީލް މީހުންގެ މެދުގައި ޖުރައިޖުގެ އަޅުވެރި ކަމުގެ ވާހަކަ ދެކެވެމުން ދިޔައެވެ. އެމީހުންގެ ތެރޭގައި އުޅުނު ކަސްބީ އަންހެނެއް ބުންޏެވެ. ތިޔަބައި މީހުން ބޭނުން ކަމުގައި ވާނަމަ ތިމަންނަ ޖުރައިޖު ފިތުނަވެރި ކޮށްދީފާނަމެވެ.

އަންހެނުންގެ ފިތުނައަކީ އެފިތުނައަކާމެދު ރައްކާތެރި ވާންޖެހޭ ފިތުނައެކެވެ. އަދި ހަމަ އެހެންމެ ރޭވިގެން ނުވަތަ ރޭވުމެއް ނެތިވެސް ވަރަށް ގިނަ ފިރިހެނުން އެފިތުނައިގައި ޖެހި ޢަރަގުވެ ހަލާކުވެގެންދާ ފިތުނައެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިމަން ކަލޭގެފާނަށް ފަހުގައި ފިރިހެނުންނަށް، އަންހެނުންގެ ފިތުނަ ފިޔަވައި އެފިތުނައަކަށްވުރެ ގެއްލުން ބޮޑު ފިތުނައެއް ތިމަން ކަލޭގެފާނު ދޫނުކުރައްވަމެވެ.

މި ކަސްބީ އަންހެންމީހާ މިގޮތަށް ބުނުމަށްފަހުގައި ޖުރައިޖު އަޅުކަން ކުރާ ތަނަށް ގޮސް އެތާގައި އެނބުރެން ފަށާފިއެވެ. ނަމަވެސް ﷲ ޖުރައިޖު އަށް ސާބިތުކަން ދެއްވިއެވެ. އަދި އެއަންހެން މީހާއަށް ޖުރައިޖު ބަލާލާ ގޮތެއް ނުވިއެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ