ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ފެއިލްވުން ނުވަތަ ނާކާމިޔާބު ވުމަކީ މައްސަލައެއް ނޫނެވެ. ދުނިޔޭގައި ބޮޑެތި ކާމިޔާބީތައް ހޯދައިފައިވާ ގިނަ މީހުންނަކީ އެމީހުންގެ އެ ފޮނި ކާމިޔާބީގެ ކުރީގައި ފެއިލްވުން ނުވަތަ ނާކާމިޔާބު ވުމުގެ ހިތިރަހަ ތަޖުރިބާކުރަން ޖެހިފައިވާ މީހުންނެވެ.
މިއަދު ދުނިޔޭގެ ކާމިޔާބު އިޤްތިޞާދުތަކުގެ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ފެންނަނީ ނާކާމިޔާބު ވެފައިވާ ޕްލޭން ތަކެކެވެ. ކަރުދާހުގައި ފަވާލާފައިވާ އަކުރުތަކެކެވެ. ދުނިޔޭގައި ހޯދޭ ހޯދުންތަކާއި އުފައްދާފައިވާ އުފެއްދުންތަކާއި އަލަށް އީޖާދު ކުރެވޭ ވަރަށް ގިނަ އީޖާދުތައް އަޞްލު ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި ބެލެވެނީ އެތައް ބައިވަރު ނާކާމިޔާބީ ތަކެކެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ފެއިލްވުމަކީ ނުވަތަ ނާކާމިޔާބު ވުމަކީ ވަރަށް ލަދުގަންނަން ޖެހޭ ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން މީހުން އެމީހުންނާ މެދު ދެކޭގޮތް ބަދަލުވެ އެއީ ދެރަ ނޫނީ ކަޓުމީހެއްކަމުގެ ތަޞައްވުރު މުޖްތަމަޢުގައި ނުވަތަ ތިމާ ވަށައިގެން އުޅޭ މީހުންގެ ތެރޭގައި ކުރެހެއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ.
ނާކާމިޔާބު ވުމަކީ ކާމިޔާބީއަށް ކޮށޭ މަގެކެވެ. އެކަމުގެ ސަބަބުން މާޔޫސްވެ ދުނިޔެމަތިން ފޫހިވެ ތިމާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުމަކީ އެމީހާގެ އަމިއްލަ އަތުން ފުން ވަޅުގަނޑެއް ކޮނެ އޭގެ ތެރެއަށް ފުންމާލުން ކަހަލަ ކަމެކެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...