ރިޕޯޓް ލޯބިވުން ސަލާންކުރުމާ ގުޅިފައި

ލޯބިވުން ސަލާންކުރުމާ ގުޅިފައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ލޯތްބަކީ އިންސާނީވަންތަކަމުގެ ކުރިބޯއްޓެވެ. އެއީ އިންސާނާ ހެއްދެވި ފަރާތުން އިންސާނާގައި ލައްވާފައިވާ ވަރުގަދަ ޖަޒްބާތެކެވެ. ލޯބިވުމަކީ އިންސާނެއްގެ ހައިސިއްޔަތުން އޭނާގެ ތަބީޢީކަމެކެވެ. ލޯތްބަކީ ވަރަށް މާތް ސިފައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުން ދެކެ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ. އެއީ ކިރުމަޔަކު އޭނާގެ ކިރުބޯ ދަރިފުޅު ދެކެ ވާ ލޯތްބަށްވުރެ ބޮޑު ލޯތްބެކެވެ.
އެހެންކަމުން ދެމީހެއްގެ ދެމެދުގައި އޮންނަ ލޯތްބަކީ ވަރަށް ހަރުދަނާވާންޖެހޭ އެއްޗެކެވެ. ލޯތްބަކީ ހަމައެކަނީ ޖިސްމާނީ އެދުންތަކެއް ޙާޞިލްކުރުމަށްވުރެ މަތީ މަޤާމެއް ލިބިގެންވާ އެއްޗެކެވެ. އެއް އިންސާނަކު އަނެއް އިންސާނަކާ ގުޅިފައިވާ ނުފެންނަ ވާފަށަކީ ލޯތްބެވެ. އެ ވާފަށް ހިމަވި ވަރަކަށް ދެ އިންސާނުންގެ ދެމެދުގައިވާ ގުޅުން ކުޑަވެއެވެ. އަދި ލޯބި އުފެދިފައިނުވާ ހިތެއްގައި އެއްވެސް ދިރުމެއް ނުވާނެއެވެ.
މިފަދަ މާތް، އަގު ބޮޑު ސިފައެއް، އިންސާނުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އިރު ލޯބީގެ ބޭނުން ކުރަންވާނީ އެންމެ އެކަށީގެންވާ ގޮތުގައެވެ. އެއް އިންސާނަކު އަނެއް އިންސާނަކު ދެކެ ލޯބިވާންވާނީ ﷲ އަށްޓަކައެވެ. ލޯބިވެތިކަން މީސްތަކުންގެ ތެރޭގައި އާލާކުރުމަށްޓަކައި ކުރާން އޮތް އެންމެ މުހިއްމު ކަންތައް މި އުންމަތް ދެކެ އެންމެ ލޯބިވާ ސާހިބާ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުންގެ ތެރޭގައި ސަލާންކުރުން ގިނަކުރާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.