ޝަޚުސިއްޔަތު

ފްރޭންކް ދަ ކިލާ ގެ ނަމުން މަޝްހޫރުވި ޝެއިޚް ފެއިޒް މުޙައްމަދު ދަންނަންތަ؟

އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން ޝެއިޚް ފެއިޒް، އޭނާގެ ހަޔާތުގެ ފުރަތަމަބައި ހޭދަކުރީ ކުޅިވަރުގެ ތެރޭގައެވެ. އޭނާގެ އުމުރުން 17 އަހަރުގައި ބޮކްސިންގ ޓައިޓަލް ހާސިލް ކުރިއެވެ. އަދި އުމުރުން 19 އަހަރުގައި އޮސްޓްރޭލިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ގައި އޮސްޓްރޭލިއާ ތަމްސީލުކުރުމަށް އެމެރިކާއަށް ފުރަން ގާތްވެފައިވަނިކޮށް ﷲ އޭނާގެ ހިތަށް އީމާންތެރިކަން ކަން ވެއްދެވިއެވެ. އަދި ޔުނިވާސިޓީ އޮފް މަދީނާ އިން އިސްލާމް ދީން ކިޔެވުމަށް ސައޫދީއެރެބިއާއަށް ދިޔުމަށްޓަކައި އެމެރިކާއަށް ދިއުމަށް ލިބިފައިވާ ފުރުސަތު އޭނާ ދޫކޮއްލިއެވެ.

މިތާނގައި އޭނާގެ ހަޔާތުގެ ކުރީކޮޅުގެ ބައެއް ވާހަކަތައް ބަޔާންކޮއްލުން ރަނގަޅުކަމުގައި ދެކެމެވެ. އޭނާގެ އެންމެ ޒުވާން ދުވަސްވަރު ނުވަތަ ޓީންލައިފް ހޭދަކޮށަފައި ވަނީ ޚާލިޤް ވަންތަ ﷲ ގެ ފިކުރެއް ޚިޔާލެއްނެތި ސިޑްނީގެ މަގުތައްމަތީގައި ގޭންގް ސްޓާރ އެއްގެ ގޮތުގައެވެ. ހަޤީޤީ ހިތްހަމަޖެހުން ލިބުން ފިޔަވައި، އޭނާއަކީ ވަރަށް ފުދިގެން އުޅުނު "ޓަފް" މީހެކެވެ. އޭނާގެ ހަށިގަނޑު ވަރުގަދަ ކަމުންނާއި ޓަފް މިޒާޖުގެ ސަބަބުން އޭނާގެ ބޮކްސިންގ ދުވަސްވަރު މަޝަހޫރުވެފައިވަނީ "ފްރޭންކް ދަ ކިލާރ" ގެ ނަމުންނެވެ. އަދި ބޮޑީ ބިލްޑިނގް ދުވަސްވަރު "ދަ ބީސްޓް" ގެ ނަމުންނެވެ. އެހުރިހާ ކަމެއް އޭނައަށް ލިބިފައި ވީނަމަވެސް، އިތުރުކަމަކަށް އޭނާ ބޭނުންވާ ކަން އޭނާ އަށް ވިސްނެއެވެ. މުސްލިމް އާއިލާއަކަށް އޭނާ އުފަންވެފައި ވީނަމަވެސް ހައްޤު ދީން އުގަންނައި ދިނުމުގައި އެއްވެސް ބާރެއް އެޅިފައެއްނުވެއެވެ.

މަގުތައްމަތީގައި އޭނާގެ ހަޔާތް ހޭދަކުރަމުން ދަނިކޮށް، އޭނާ މިދުނިޔެއަށް ފޮނުވިފައި މިވަނީ މިގޮތައް ވިޔާނުދާކޮށް އުޅުމަށްވުރެ މާ މަތިވެރި މަޤްޞަދެއްގައިކަން ވިސްނުނެވެ. އެހެން ކަމުން އެހެނިހެން ދީންތައް ދިރާސާ ކުރަން ފެށިއެވެ. ނަމަވެސް އެދީންތަކުގައި އެއްވެސް ކަމެއްގައި ފުރިހަމަކަން ލިބިފައިވަނިކޮށް އޭނާއަކަށް ނުފެނުނެވެ. ދެން އޭނާ ދީނާ ވެހޭގޮތުން ސުވާލުކުރުމަށް މިސްކިތްތަކަށް ދާންފެށިއެވެ. ސިޑްނީގެ އެކިއެކި މިސްކިތްތަކުގައި އޮންނަ ދަރުސްތަކަށް ދާންފެށިއެވެ. އޭނާ މިސްކިތަތަކަށް ދިޔުމަށް ﷲ މިންވަރު ކުރެއްވީ އޭނާއަށް ހިދާޔަތު ދެއްކެވުމަށް ކަމަށް ޔަޤީންވިއެވެ. ނަމަވެސް ހުރިހާ ދަރުސް ތަކަކުންވެސް އޭނާއަށް ފާޖަގަކުރެވެނީ އެދަރުސް ތަކުގައި މީހުން ގަޔާވާ ގޮތައް ނުދެވުމާއި އަދި އެކިޔާދޭ އެއްޗިހި ދެނެގަންނަން އުނދަގޫ ވާފަދަ ގޮތަކަސް ދަރުސްތައް ދެމުން ދާކަމެވެ. އަދި ހަމަ އެހެންމެ ޒުވާނުންނަށް މާބޮޑު އަހަންމިއްޔަތު ކަމެއް ނުދޭކަން އޭނާއަށް ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. އެހެން ކަމުން އޭނާފަދަ އެހެން ޒުވާނުންނަށް ﷲގެ ބަސްފުޅު ފޯރުކޮށްދިނުމަށް، (އޭނާގެ މާދަރީ ބަހަކީ އިނގިރޭސި ބަސް ކަމުގައި ވުމުން)، ދާޢީ އަކަށް ވުމުގެ މުހިއްމުކަން އޭނާއަށް ތަޞައްވުރު ކުރެވުނެވެ. އެހެން ކަމުން ވަގުތުން އޭނާ އޭނަގެ ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ ފޮނި ދުވަސްތައް ހޭދަކުރުމަށް ދަތުރަށް ތައްޔާރުވިއެވެ. އާދެ އެންމެ ފުރަތަމަ އިސްލާމީ ދައުލަތް ޤާއިމް ކުރެވުނު މަދީނާއަށް ދިޔުމަށްޓަކައެވެ. އެއީ އެންމެ މަތިވެރި ވެގެން ވާ ޢިލްމު ޙާޞިލް ކުރުމަށް ޓަކައެވެ. އެ އިލްމަކީ ސުވަރުގެއަށް މަގު ދައްކައިދޭ ޢިލްމެވެ.

މަދީނާގެ ޔުނިވާސިޓީގައި ޢަރަބި ކިޔެވުމަށްޓަކައި ދެ އަހަރު ހޭދަ ކުރުމަށް ފަހު ޙަދީޘް އިލްމަށް ޚާއްޞަވެގެން 4 އަހަރު އިސްލާމީ ޝަރީޢަތް އޭނާ ކިޔެވިއެވެ. ޝެއިޚް ފެއިޒް ގެ އުސްތާޒުންގެ ތެރޭގައި، މުޙައްމަދު އިބްނު ޢުޘައިމީން، ޢަލީ އަލްޙުދައިޘީ، އަލް އަލްބާނީ މެންފަދަ ބޮޑެތި ޝެއިޚުން ހިމެނެއެވެ. އޭނާގެ ކިޔެވުން ނިންމުމަށްފަހު ހުވަފެން ހަޤީޤަތަކަސް ހެދުމަށްޓަކައި އެނބުރި އޮސްޓްރޭލިއާ އަށް ދިޔައެވެ. އެއީ ޒުވާނުންގެ ޚާއްޞަކޮށް މަގުތައްމަތީގައި އުޅޭ ޒުވާނުންގެ އެދުންތައް ފުއްދައި ދިނުމަށްޓަކައެވެ. އެމީހުންނަށް ޙައްޤު ދީން ބަޔާން ކޮށްދިނުމަށް ޓަކައެވެ.

ދެހާސް ވަނަ އަހަރު ޝެއިޚް ފެއިޒް ވަނީ "ގްލޯބަލް އިސްލާމިކް ޔޫތު ސެންޓަރ" (GIYC) ގެ ނަމުގައި ސެންޓަރެއް އުފައްފާފައެވެ. އަދި އޭނާއަކީ އެ ސެންޓަރުގެ އަމީރެވެ. އެ ސެންޓަރަކީ ދީން އުގަންނައި ދިނުމާއި އަދި ޒުވާނުންނަށް ރަނގަޅު މުސްލިމުންނަށް ވުމަށްޓަކައި ހިތްވަރުދޭ އެކި އެކި ހަރަކާތްތައް ކުރިއަށްދާ ތަނެކެވެ. ޖިމް އާއި ޔޫތުކޭމްޕުތަކާއި ދީނީ އެކި އެކި ފިލާވަޅުތައް އުގަންނައި ދިނުންފަދަ އެކިއެކި ކަންކަން ހިމެނޭ ރެކްރިއޭޝަނަލް ފެސިލިޓީސް އެތަނުން ލިބެން ހުރެއެވެ.

އެ ސެންޓަރު އެފެއްދުމުގެ އެންމެ ބޮޑު މަޤްޞަދަކީ މަގުމަތީގައި ވިޔާނުދާކޮށް އެޅެމުން ދާ ޒުވާނުންނަށް އިސްލާމީ މާޙައުލެއް ބިނާކޮށް އެގޮތަށް އުޅޭ ޒުވާނުން މަގުމަތިން ހުސްކުރުމެވެ. އެފަދަ ޣައިރު މުސްލިމް މާހައުލެއްގައި މީހުން މަގުފުރެދިގެނަ ދާނެ މިން ވަރު ތަޞައްވަރު ކުރެވޭ ޙާލުގައެވެ. ޝެއިޚް ފެއިޒްގެ ސާބިތު ކަމުންނާއި އަދި ވާހަކަދެއްކުމުގައި ގެންގުޅޭ ޔުނީކް ގޮތަށް މުޅި ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި އުޅޭ ޒުވާނުންނާއި މުސްކުޅިންވެސް ވަރަށް ޝައުޤުވެރިވެއެވެ. އަދި އޭނާގެ ހުރިހާ ދަރުސް ތަކެއްވެސް ދެނީ ހުރިހާ އުމުރެއްގެ މީހުންވެސް ވަރަށް ޝައުޤުވެރިވާ ގޮތަކަށެވެ.

ޝެއިޚް ފެއިޒްގެ ދަޢުވާގެ މަސައްކަތުގައި ވަރަށް ގިނަ ދަތިތަކާ ގޮންޖެހުންތަކާ ވަނީ ކުރިމަތި ލާން ޖެހިފައެވެ. ނަމަވެސް އޭނާ ހުރީ ހައްޤުމަގުގައި ޘާބިތުވެއެވެ. އަދި އިސްލާމް ދީން އޭގެ ފުރިހަމަގޮތުގައި އޭނާއަށް ވިސްނެއެވެ. އަދި ޝެއިޚް ގެ އަޤީދާ ބިނާވެގެންވަނީ ސަލަފުއްޞާލިހުންގެ މަންހަޖުގެ މަތީގައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވުން ފިޔަވައި އެހެން އެއްވެސް ފިކުރަކަސް މަޒުހަބަކަށް ނޭނގިހުރެ(ބްލައިންޑްލީ) ތަބާނުވެއެވެ. އަދި ޤުރުއާނާއި ސުއްނަތުގައި ވަރުގަދައަށް ހިފަހައްޓައެވެ.

މިވަގުތު ޝެއިޚް ފެއިޒް ހުރީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި މެލޭޝިއާގައެވެ. މިހާރުވެސް މެލޭޝިއާގެ ވަރަށް ގިނަ ތަންތަނުގައި ދަރުސްދީ ކިޔަވާދީ ހަދައެވެ. އަދި ހަމަ އެހެންމެ އިންޓަރ ނެޓުގައިވެސް ޝެއިޚްގެ ލެސަން ތައް ދެމުން ގެންދެއެވެ. މާތްﷲ ޝެއިޚް ފެއިޒް ރައްކާތެރި ކުރައްވާ ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި! އާމީން.

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް އިބުރަތްތެރި މައުލޫމާތު ކޮޅެއްކަމުގައި ދެކެން ޝުކުރިއްޔާ!

  2. އާމީން

Your email address will not be published. Required fields are marked *