ތަފްސީރު ޢިލްމުވެރިޔާ އައްޝެއިޚް ޞާބޫނީ އަވަހާރަވެއްޖެ

ތަފްސީރު ޢިލްމުވެރިޔާ އައްޝެއިޚް ޞާބޫނީ އަވަހާރަވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޢަލީ އައްޞާބޫނީ އަވަހާރަވެއްޖެ އެވެ.

މިޒަމާނުގައި އިސްލާމީ ދުނިޔެ ދުށް އެންމެ މަޝްހޫރު ތަަފްސީރު ޢިލްމުވެރިޔާ އައްޝައިޚް ޞާބޫނީ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ތުރުކީގެ ހުޅަނގު އުތުރުގައި އޮންނަ ރަށެއް ކަމުގައިވާ ޔަލޯވާ ގައެވެ. ސީރިޔަން ސްކޯލާސް އެސޯސިއޭޝަންގެ ރައީސުގެ މަގާމުގައި ހުންނެވި ޞާބޫނީ އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 91 އަހަރެވެ.

ޞާބޫނީއަކީ ފާއިތުވި ގަރުނުގައި އިސްްލާމީ ދުނިޔޭގައި އުފެދުނު ތަފްސީރާއި ޙަދީޘާއި ޤުރްއާނުގެ ޢިލްމުގެ އެންމެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިއެކެެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސޫރިޔާގެ ޙަލަބަށެވެ. 1 ޖެނުއަރީ 1930 ގައެވެ. ޞާބޫނީ އެމަނިކުފާނުގެ އިލްމީ ހަޔާތުގެ ބޮޑު ބައެެއް ހޭދަކުރެއްވީ މައްކާގައެެވެ.

ޝެއިޚަކީ ވަރަށް ގިނަ މަޝްހޫރު ފޮތްތަކެއް ތައުލީފުކުރައްވާފައިވާ ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ތަފްސީރު ޢިލްމުވެރިޔެކެވެ. ޝެއިޚްގެ އެންމެ މަޝްހޫރު ފޮތަކީ، ތަފްސީރު ފޮތެއް ކަމަށްވާ "ޞަފްވަތު އައްތަފާސީރު" މި ނަމުގައި ތައުލީފު ކުރައްވާފައިވާ ތަފްސީރު ފޮތެކެވެ. ޞާބޫނީގެ 57 ފޮތެއް ޗާޕުވެގެން ނުކުމެފައި ވެއެވެ. އޭގެ ތެރޭގައި ޞަފްވަތުއްތަފާސީރު، މުޚްތަޞަރު ތަފްސީރު އިބްނިކަޘީރް، މުޚްތަޞަރު ތަފްސީރިއްޠަބަރީ، ރަވާއިޢުލްބަޔާން ފީ ތަފްސީރި އާޔާތިލް އަޙްކާމް އަދި އައްތަފްސީރު އަލްޥާޟިޙު އަލްމުޔައްސަރު އަދި ދުއްރަތުން ތަފާސީރް ހިމެނެއެވެ. އަދި ޤުރްއާނުގެ ޢިލްމުގެ ފޮތްތައް ކަމުގައިވާ އައްތިބްޔާން ފީ ޢުލޫމިލް ޤުރްއާން އަދި ޤަބަސޫ މިން ނޫރިލް ޤުރްއާން ހިމެނެއެވެ.

ޝައިޚް ލިޔުއްވި ތަފްސީރު ފޮތްތަކުގެ ތެރެއިން التفسير الواضح الميسر ވަނީ އެއްކޮށް ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައެވެ. 15 މުޖައްލަދަށް ތަރުޖަމާ ކުރެވިފައި ވާ އިރު، ކޮންމެ މުޖައްލަދެއްގައި ވަނީ ކީރިތި ޤުރްއާނުގެ ދެ ޖުޒްއެއްގެ ތަރުޖަމާއާއި ތަފްސީރެވެ.

މި ތަރުޖަމާ ދިވެހި ބަހަށް ކުރެއްވީ ސ. ހިތަދޫ އައްޝައިޚް މުޙައްމަދު ޢަބްދު ﷲ ދީދީއެވެ. އައްޝައިޚް މުޙައްމަދު ޢަބްދު ﷲ ކިޔަވައި ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއްލުޣަތިލް ޢަރަބިއްޔާއިންނެވެ.

ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އިތުރުން އައްޑޫސިޓީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި ޝައިޚް މުޙައްމަދު ޢަބްދު ﷲ ގެންދަވަނީ ޢަރަބި ބަހުގެ ޤަވާޢިދާއި އަދަބާއި ބަލާޣާގެ މާއްދާތައް ކިޔަވައި ދެއްވަމުންނެވެ.

މައްކާގައި ދެއްވި ދަރުސުތަކާއި، ލިއުއްވި ފޮތްތަކުގެ އިތުރަށް ޓީީވީގައި އެމަނިކުފާނުވަނީ ތަފްސީލު ޢިލްމަށް ބޮޑު ޚިދުމަތެއް ކުރައްވާފައެވެ. އެގޮތުން ޤުރްއާން ތަފްސީރު ޕްރޮގްރާމުގެ 600 އަށްވުރެ ގިނަ ޓީވީ ޕްރޮގްރާމް ހުށަހަޅުުއްވާފައި ވެއެވެ.

ޞާބޫނީގެ އުމުރުގެ ފަހު ދުވަސްތައް ހޭދަކުރައްވާފައި ވަނީ ތުރުކީގައެވެ. އަޅުކަމާއި، ފޮތް ލިއުއްވުމުގައެވެ.

މާތް ﷲ ޝެއިޚްގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި. އާމީން!

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.