ޝައިޚް ޢަބްދުއްރަޙީމް މަކާރިޘީ ދަންނަންތަ؟
ޝައިޚް ޢަބްދުއްރަޙީމް މަކާރިޘީ އަކީ އައިރިޝް ދަރިކޮޅުގެ އެމެރިކާ ޢިލްމުވެރިއެކެވެ. 1994 ވަނަ އަހަރު އިސްލާމް ވުމަށްފަހު ސޫދާނާއި ސަޢޫދީ ޢަރަބިއްޔާއިން ދީނީ ތަޢުލީމު ޙާޞިލް ކުރެއްވިއެވެ. މަދީނާ އިސްލާމިކް ޔުނިވާސިޓީއަށް ހޮވިވަޑައިގަތުމުގެ ކުރިން އަރަބި ބަހާއި ޤުރްއާނާއި ތަޖުވީދުގެ ޢިލްމު އުނގެނިވަޑައިގަތެވެ. 1996 އިން 2006 އާދެމެދު މަދީނާ ޔުނިވާސިޓީގައި ހޭދަ ކުރެއްވި ދުވަސްތަކުގައި، ޢަރަބިކް އިންސްޓިޓިއުޓުގައި ތަޢުލީމު ޙާޞިލް ކުރެއްވުމަށްފަހު ޝައިޚް ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ ފެކަލްޓީ އޮފް ދަޢުވާ އަދި އުސޫލުއްދީން އިންނެވެ.
2008 އިން 2009 އަކަށް ޝައިޚް ވަނީ ސޫދާނުގެ ވެރިރަށް ކަމަށްވާ ޚުރްޠޫމުގައިވާ ބްރިޓިޝް އެޑިއުކޭޝަނަލް ސްކޫލުގައި އިސްލާމިކް ސްޓަޑީސް އަދި ތާރީޚު މުދައްރިސެއްގެ ގޮތުގައި ކުދިންނަށް ކިޔަވައިދެއްވުމުގެ އިތުރުން، އެ މަދަރުސާގެ ފިރިހެންކުދިންގެ ބާސްކެޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކުރައްވާފައެވެ. އަދި އެއަށްފަހު ސޫދާނުގެ ޚުރްޠޫމުގައި ވާ ސޫދާނީސް އޮކްސްފޯޑް އެކަޑެމީގައި އިނގިރޭސިބަހުންނާއި ޢަރަބި ބަހުން އިސްލާމިކް ސްޓަޑީސް ކިޔަވައިދެއްވުމުގެ އިތުރުން އިސްލާމިކް ސްޓަޑީސް ޑިޕާރޓްމަންޓުގެ ހެޑުގެ މަޤާމާ ޙަވާލުވެވަޑައިގަތެވެ.
ޝައިޚް ޢަބްދުއްރަޙީމް މަކާރިޘީ އަކީ ދަޢުވަތުގެ މައިދާނުގައި ވަރަށް ހީވާގިކަމާއެކު އަވަދިނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ޝައިޚުގެ ދަޢުވަތު މަސައްކަތްތަކަށް ބަލައިލާއިރު، ޝައިޚަކީ މަދީނާގެ ވޯލްޑް އޯގަނައިޒޭޝަން ފޯ ޕްރޮޕަގޭޓިން އިސްލާމް ގެ ދާޢީއެކެވެ. އަދި ޚުރްޠޫމްގެ ޛުއް-ނޫރައިން އަދި އަލް މިޝްކާތު މި ދެ، ޗެރިޓީ އޯގަނައިޒޭޝަނުގެވެސް ދާޢިއެކެވެ. އޭގެ އިތުރުން ޝައިޚަކީ ޚުރްޠޫމްގެ ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސް އެންޑް ޓެކްނޮލޮޖީގެ ކަލްޗަރ އެސޯސިއޭޝަންގައި ލެކްޗަރ ދެއްވާ ބޭފުޅެކެވެ. އަދި އިންޓަރނޭޝަނަލް އެފްރިކަން އުނިވަރސިޓީގެ ދަޢުވާ ސެންޓަރުގައިވެސް ޝައިޚް ޢަބްދުއްރަޙީމް މަކާރިޘީ ލެކްޗަރ ދެއްވަވައެވެ. އަދި ޚުރްޠޫމް މިސްކިތުގައި ޝައިޚް ވަރަށް ގިނައިން ޢަރަބިބަހުން ދަރުސް ދެއްވަވައެވެ. "ވެލްކަމް ޓު އިސްލާމް" އޯގަނައިޒޭޝަނުގައިވެސް ޝައިޙް ލެކްޗަރ ދެއްވައި ހައްދަވައެވެ. އޭގެއިތުރުން ސޫދާނުގެ ތައިބާ ޓީވީ ގައި ކޮންމެ ހަފްތާއަކުވެސް ދީނީ ޕްރޮގްރާމެއް ހުށަހަޅުއްވައިދެއްވައެވެ. މިހުރިހާ ކަމެއްގެ އިތުރުން ޝައިޚަކީ ހުކުރު ޚުޠުބާ ވެސް ވިދާޅުވެދެއްވާ ބޭފުޅެކެވެ.
ޕީސް ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވާ ދަ ލެގަސީ އިވެންޓުގައި މިއަހަރު ޝައިޚް ޢަބްދުއްރަޙީމް މެކާރިސީ، "ދަ ޕަވާ އޮފް ރިޕެންޓެންސް" މި މަޢުޟޫއަށް ތަޤުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ. ދަ ލެގެސީ އިވެންޓު އޮންނާނީ 5 ޖުލައި 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:30 ގައި އިސްލާމީ މަރުކަޒުގެ މައިޒާނުގައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...