މަތީގައިވާ ފޮޓޯގައިއެވަނީ އިނގިރޭސި ސިފައިންގެ މީހެއްގެ ގޮތުގައި ކުރީގައި އުޅުނު ލާންސް ކޯރޕްރަލް ޖޯ ގްލެންޓަންއެވެ. ލާންސް ކޯރޕްރަލް ޖޯ ގްލެންޓަން އަކީ މުސްލިމުންނާއި ދެކޮޅަށް އިނގިރޭސިން ކުރަމުންދާ ހަނގުރާމަތަކާއި ދެކޮޅަށް ވަކާލާތުކުރުމުގައި ވަރަށް މަޝްހޫރު ފަރާތެކެވެ. ސިފައިންގެ ތެރޭގައި ޖޯ ގްލެންޓަން އުޅެ، އަފްޣާނިސްތާނު ހަނގުރާމައަށް ދިޔުމަށް އިންކާރު ކުރުމުގެ ސަބަބުން 9 މަސްދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ. އަދި ޖަލުގައި 4 މަސްދުވަސް ހޭދަކުރުމަށްފަހު އަޚްލާޤު ރަނގަޅުވުމުން ޖަލުން ވަނީ މިނިވަންވެފައެވެ.
އަފްޣާނިސްތާނުގައި ކުރެވޭ ހަނގުރާމައާއި އިދިކޮޅަށް ބޭއްވޭ ތަފާތު އެއްވުންތަކުގައި އަޑުއުފުލާ ޖޯ ގްލެންޓަން ވިދާޅުވެފައިވަނީ "އޭނާ ޖަލުގައި ހޭދަ ކުރި ކޮންމެ ސިކުންތު ކޮޅަކީ އަފްޣާނިސްތާނު ހަނގުރާމައިގައި ބައިވެރިވުމަށް ވުރެ މާ ރަނގަޅު ނިންމުމެއް" ކަމުގައެވެ. އަދި "އަފްޣާނިސްތާނު އިސްތިޢުމާރު ކުރަން އުޅޭ އުޅުމަކީ އެއްވެސް ޙާލެއްގައި ހުއްދަ ކަމެއް ނޫންކަމަށާއި އެއީ އަޚްލާޤީ މިންގަޑުތަކާއި މުޅިން ޚިލާފަށް ކުރެވޭ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި މުސްލިމް އުއްމަތް ބަދަލުވެގެންދަނީ ދުޝްމަނުންނަށް"ކަމުގައެވެ.
ޖޯ ގްލެންޓަންއަށް މުސްލިމުން ތާއީދާއި ލޯބި ލިބެމުންދާއިރު، ޢައިރުމުސްލިމުންގެ ފަރާތުން 'މަރުގެ އިންޒާރުތައް' ދަނީ ލިބެމުންނެވެ.

















އޭމުސްލިމުންނޭވެ. ތިޔަބައިމީހުން އެއަޅާޔަށް ހިދާޔަތް ދަށްކަވާތޯ ދުޢާކުރައްވާށެވެ. ﷲ ތަޢާލާ އެއިލާހު ގެ އަޅުންނަށް ނަޞްރުދެއްވާނެއެވެ.
ޔާ ﷲ ޖޯގޮލެޓަން އަށް ހިދާޔަށްދައްކަވައި އޭނާގެ އެމަސައްކަތުގައި ބަރަކާތް ލައްވާދޭވެ.
އަދި އޭނާޔަށް ތަބަޢަވެ އެކަމަށް އެހީތެރިވާނެ ގިނަބަޔަކު އިގިރޭސި ސިފައިންގެ ތެރެއިންލައްވާދޭވެ އާމީން.