ޝަޚުސިއްޔަތު

ޔާޞިރު ޢަރަފާތު

 

ޔާޞިރު ޢަރަފާތުގެ ފުރިހަމަ ނަންފުޅަކީ މުޙަންމަދު ޔާޞިރު ޢަބްދުއް-ރަޙްމާން ޢަބްދުއް-ރަޢޫފް ޢަރަފާތު އަލް-ޤުދުވަތުލް-ޙުސައިނީ އެވެ. ކުންޔާއަކީ އަބޫ އައްމާރުއެވެ. ޔާޞިރު ޢަރަފާތު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 އޯގަސްޓު 1929 ގައެވެ. އެމަނިކުފާނު އުފަންވެވަޑައިގެންނެވި ތަނަކާމެދުވަނީ ޚިލާފުއުފެދިފައެވެ. ތާރީޚް ދިރާސާކުރައްވާ ގިނަބޭފުޅުން ބުރަވެވަޑައިގަންނަވާގޮތުގައި ޢަރަފާތު އުފަންވެވަޑައިގެންނެވީ މިޞްރުގެ ކެއިރޯއަށެވެ. ނަމަވެސް ޢަރަފާތު އުފަންވެވަޑައިގެންނެވީ ފަލަސްޠީނުގެ ޖުރުސަލަމް ނުވަތަ ޤާޒާގައި ކަމަށްވެސް ބައެއް ފޮތްތަކުގައި ލިޔެފައިވެއެވެ.

ޢަރަފާތުވަނީ މިޞްރުގެ ކެއިރޯ ޔުނިވާސިޓީއިން ސިވިލް އިންޖިނިއަރިންގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައެވެ.

ޖުލައި 17،1990ގައި ސުހާ ދާއޫދު އަލް-ޠަވީލް (ސުހާ ޢަރަފާތު) އާއި ކައިވެނިފުޅުބައްލަވައިގަތެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 27އަހަރެވެ. ޢަރަފާތުގެ އުމުރުފުޅަކީ 61 އަހަރެވެ. ޢަރަފާތަށް ލިބިވަޑައިގެންނެވީ އެންމެ ދަރިކަނބަލެކެވެ. އެއީ ޖުލައި 24، 1995ގައި އުފަންވެވަޑައިގެންނެވި ޒަހްވާ ޢަރަފާތެވެ.

ފަލަސްޠީނުގެ ރައީސް ޔާޞިރު ޢަރަފާތަކީ މަޝްހޫރު ބަޠަލެއްގެ އިރުތުން ނޮބަލް ޕުރައިސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މީގެ އިތުރުން ޕަލަސްތީން ލިބަރަލް އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ޗެއާމާން ކަމާއި، ޕަލަސްތީނިއަން ނެޝަނަލް އޮތޯރިޓީ (ޕީއެންއޭ) ގެ ރައީސްކަމުގެ އިތުރުން އެމަނިކުފާނަކީ 1959ގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ ފަތަޙް ޖަމާޢަތުގެ ޒަޢީމެވެ.

ޢަރަފާތު އެމަނިކުފާނުގެ އުމުރުފުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ އިސްރާއީލާދެކޮޅަށް ޖިހާދުކޮށް ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ހެދުމަށެވެ. ނަމަވެސް ފަހުން ޢަރަފާތުވަނީ އިސްރާއީލާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން 1991ގައި ބޭއްވި މެޑްރިޑް ކޮންފަރެންސާއި، 1993ގައި އިސްރާއީލާއެކު ވެވުނު އޮސްލޯ މުޢާހަދާއާއި، 2000ވަނަ އަހަރު ބޭއްވުނު ކޭމްޕުޑޭވިޑް ސަމިޓް ފާހަގަކޮށްލެވެއެވެ. އޮސްލޯ މުޢާހަދާގެ ސަބަބުން 1994ގައި އަރަފާތަށް ނޮބަލް ޕީސް ފުރައިސް ލިބިވަޑައިގެންނެވިއެވެ.

2004ވަނަ އަހަރުގެ ފަހުކޮޅު އިސްރާއީލުގެ އަނިޔާވެރި ސިފައިން އަރަފާތު ރާމަﷲގައި 2 އަހަރުދުވަހު ހިޞާރުކޮށް ބަންދުގައިބެހެއްޓުމުގެ ސަބަބުން އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ދަށަށްދިއައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 11 ނޮވެންބަރު 2004 ގައި ޔާޞިރު ޢަރަފާތު އަވަހާރަވެވަޑައިގެންނެވިއެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 75އަހަރެވެ. ޢަރަފާތު އަވަހާރަވެވަޑައިގެންނެވީ ފުރާސުގެ ވެރިރަށް ޕެރިހުގައެވެ. ނަމަވެސް ފަސްދާންލެވިފައިވަނީ ފަލަޞްޠީނުގައެވެ.
ޔާޞިރު ޢަރަފާތު މުސްލިމް އުންމަތަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީތަކަށް ހެޔޮ ޖަޒާދެއްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށި. އާމީން. ޔާރައްބަލް ޢާލަމީން.

މަޢުލޫމާތު ނެގީ: ވިކިޕީޑިޔާ

ގުޅުންހުރި

2 ޚިޔާލު

  1. މިައަދު ދުނިޔޭގައި ހިންގަނީ ކަންޑިބަޑީގެ އިސްތިއުމާރުގެ ބަދަލުގައި، ފިކުރީ އިސްތިއުމާރާއި، އިންވެސްޓް އިސްތިއުމާރު، ފިކުރީގޮތުން ކުޑަކުދިންގެ ސިކުޑިތަކަށް ވައްދައިދޭ މައުލޫމާތުގެ ސަބަބުން ކުދިން ބޮޑުވާއިރު އޭނާހުންނަނީ އަޅެއްގެ އަޅުވެތިކަމުގެ ދަށައް ދިއުމުގެ ވިސްނުމާއި އެމީހުންގެ ގޮތް ރަގަޅުވެ އެމީހުން ކޮންމެ ކަމެއްގައި އެމީހުނަށް ތަބާވުމަށް ހިއްޖެހިފައި، އޭނާގެ މިނިވަންކަން ގެއްލި ހަމަބުއްދިން ވިސްނައި ނުގަނެވިފައި، އޭނާގެ އަސްލުއޮޅި އެއްކައުވަންތަ ﷲ ގެ އަޅުވަންތަކަން އޭނަގެ ހިތުން ފިލާފައި ހުންނަނީ، އާދެ މިޒަމާނުގެ އިސްތިއުމާރުގެ އަނެއްވައްތަރަކީ ފޮރިން އިންވެސްޓްގެ އިސްތިއުމާރު މުދަލުގެ ދަހިވެތިކަމުގައި އަމިއްލަ މަސްލަހަތުގައި، ޤަޢުމީ މަސްލަހަތު އެއްކިބާ ކޮއްފައި ބޮޑެތި ޤައުމުތަކުން ނާއި ބޮޑެތި ކުންފުނިތަކުށް ދައުވަތުދީ އަދި އެމީހުންދޭ ދައުވަތު ކުދި ޤައުމުތަކުގައި އުޅޭ ޤައުމަށް އިޙުލާސްތެރިނޫން މީހުން މިފަދަކަން ކުޜޭ ވަގުތީ ފައިދާއެއް ލިބިގަތުމަށްޓަކައި، މިފަދަ ކަންކަމުން ޤައުމުގެ ރައްޔިތުން ހޭލާތިބެންޖެހޭ!

  2. މިައަދު ދުނިޔޭގައި ހިންގަނީ ކަންޑިބަޑީގެ އިސްތިއުމާރުގެ ބަދަލުގައި، ފިކުރީ އިސްތިއުމާރާއި، އިންވެސްޓް އިސްތިއުމާރު، ފިކުރީގޮތުން ކުޑަކުދިންގެ ސިކުޑިތަކަށް ވައްދައިދޭ މައުލޫމާތުގެ ސަބަބުން ކުދިން ބޮޑުވާއިރު އޭނާހުންނަނީ އަޅެއްގެ އަޅުވެތިކަމުގެ ދަށައް ދިއުމުގެ ވިސްނުމާއި އެމީހުންގެ ގޮތް ރަގަޅުވެ އެމީހުން ކޮންމެ ކަމެއްގައި އެމީހުނަށް ތަބާވުމަށް ހިއްޖެހިފައި، އޭނާގެ މިނިވަންކަން ގެއްލި ހަމަބުއްދިން ވިސްނައި ނުގަނެވިފައި، އޭނާގެ އަސްލުއޮޅި އެއްކައުވަންތަ ﷲ ގެ އަޅުވަންތަކަން އޭނަގެ ހިތުން ފިލާފައި ހުންނަނީ، އާދެ މިޒަމާނުގެ އިސްތިއުމާރުގެ އަނެއްވައްތަރަކީ ފޮރިން އިންވެސްޓްގެ އިސްތިއުމާރު މުދަލުގެ ދަހިވެތިކަމުގައި އަމިއްލަ މަސްލަހަތުގައި، ޤަޢުމީ މަސްލަހަތު އެއްކިބާ ކޮއްފައި ބޮޑެތި ޤައުމުތަކުން ނާއި ބޮޑެތި ކުންފުނިތަކުށް ދައުވަތުދީ އަދި އެމީހުންދޭ ދައުވަތު ކުދި ޤައުމުތަކުގައި އުޅޭ ޤައުމަށް އިޙުލާސްތެރިނޫން މީހުން މިފަދަކަން ކުޜޭ ވަގުތީ ފައިދާއެއް ލިބިގަތުމަށްޓަކައި، މިފަދަ ކަންކަމުން ޤައުމުގެ ރައްޔިތުން ހޭލާތިބެންޖެހޭ! އެއާރްޕޯޓް ޖީއެމްއާރަށް ދިނުމަކީ މިޤައުމު ފަލަސްތީނަށް ވެގެން ދިޔަގޮތަށް ވެގެން ހިގައިދާނެ ކަމުގެ ވަރަށް ބިރުވެރި އެހާމެ ނުރައްކާތެރި ރޭވުމެއްކަމުން މިހާރު ވަގުތުން ވަގުތަށްވެސް ޖީއެމްއާރު ބޭރުކޮށް އެއާރްޕޯޓް ދައުލަތުގެ ފުރިހަމަ ކޮންޓުރޯލާއި ބެލުމުގެ ދަށައް ގެންނަންޖެހޭ!

Your email address will not be published. Required fields are marked *