އެއްފަހަރަކު ދާޢީއެއްގެ ދަރުހެއް ނިމި ސުވާލާ ޖަވާބު ގެ ގަޑިއާ ހަމަވެގެން މީހުން ސުވާލު ކުރަން ފަށައިފި އެވެ. މިތަނުން ނިކަން ރުޅިގަދަ ކާފަރަކު ސުވާލު ކުރަން އަރާ ވަރަށް ހަރުކަށި ސުވާލެއް (ހަމަ މިޔަށް ދެން ޖަވާބު ނުދެވޭނެއޭ ހިތާ) ކޮށްލައިފި އެވެ. އަދި ބުންޏެވެ. މިޔަށް ކަލެޔަށް ޖަވާބު ނުދެވޭނެ ކަންވެސް އިނގެ އެވެ. ދީފިއްޔާ ތިމަން އިސްލާމް ވާނަމެވެ.
ސުވާލު: "ކަލޭ ބުނެއްޖެ ދެންމެ މިފޮތުގައި ބަޔާންވެގެން ނުވާ ހަމައެކައްޗެއްވެސް ނެތޭ. ދެން ތިހެންޏާ ބުނެބަލަ ތި ޤުރުޢާނުން މަ މިކުރާ ސުވާލުގެ ޖަވާބު"
ދާޢީ: "(ހިނިވަރުނަ ކުރައްވާފަ) ކުރައްވާ، ސުވާލު ކުރައްވާ"
އެމީހާ: "ތި ޤުރްއާނުން ދައްކަބަލަ ނިކަން ފުއް ބަސްތާ އަކުން ފިހެވޭނީ ކިތައް ރޮށި (ފޮޅި) ތޯ؟"
ދާޢީ ސިއްރުން ގާތުގައި އިން މީހާގާތުގައި އެއްޗެއް ބުނެލުމަށްފަހު ކޮޅަށް ތެދުވެފައި ޖަވާބު ދިނުމުގެ ކުރިން މުޅި އޯޑިއަންސާއި ސުވާލެއް ކޮށްލި އެވެ.
ދާޢީ: "ތިބޭފުޅުންނަށް އިނގިލައްވާ ގޮތުން މި ހިސާބުގައި އެންމެ ކައްކަން މޮޅީ ކޮން ހޮޓަލެއްގެ ކައްކާއެއް؟"
އޯޑިއެންސ އެކި މީހުން އެކި ވާހަކަ ދައްކަމުން ގޮސް މީހެއްގެ ނަނ ބުނެފި އެވެ. އެހިނދު ދާޢީ ގެ އެކުވެރިޔާއަށް އޭނާ ގެނައުމަށް އެންގިއެވެ. ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ އެތަނަށް ހާޒިރު ވި އެވެ. ދެން ވަރަށް ޢިއްޒަތާއި އެކީ އެ ހުރި ގޮތަށް އޯޑިއެންސް ކުރިމަތީގައި ބަހައްޓުވާފައި:
ދާޢީ: "ފުއް ބަސްތާ އަކުން ފިހެވޭނީ ކިތަށް ރޮށި(ފޮޅި) ތޯ؟" އޭއަހައިފިއެވެ.
ކައްކާ މީހާ: "ފުއް ބަސްތާ އަކުން މިވެނި ވަރަކަށް، ފުއް ޑަބިޔާ އަކުން މިވެނި ވަރަކަށް. ފުއް ލާއްސަކުން މިވެނި ވަރަކަށް...." މިހެން ގޮސް ކިޔާ ނިންމާލައި ފި އެވެ.
ދާޢީ (އެމީހާ އަށް ވަރަށް ޝުކުރު އަދާކޮށްފައި ހިނިތުންވެލާފައި ސުވާލު ކުރި މީހާޔާ ދިމާޔަށް އެނބުރި: "އުންމީދު ކުރަން ޖަވާބު އަޑު އިވިއްޖެ...." (ނުނިމި އުޅެނިކޮށް...)
އެމީހާ (ވަރަށް ރުޅި އައިސްފަ): "މަ ކަލޭ ކައިރީ ބުނީ ތި ޤުރްއާނުން ދައްކާށޭ... އޭނާ ކުރެން އަހާށެކޭ އެއް ނޫން"
ދާޢީ: "(ހިނިތުންވެލާފައި) އަޅުގަނޑު ގެ ވާހަކައިގަ އެ މާނަ ކުރި ފޮތަކީ އެއީ ލައުޙުލް މަޙްފޫޒުގައި ވާ ފޮތް. ނަމަވެސް ތިބާ ގެ ހަރުކަށި ކަމަށް ޓަކާ ތި ސުވާލުގެ ޖަވާބު ހަމަ މިޤުރުއާނުން މި ދިނީ. ޖަވާބު މިޔޮތީ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ (އަންބިޔާ: 7 އަދި ނަޙްލް: 43)
މާނައީ:"ތިޔަބައި މީހުންނަށް އިނގުމެއް ނުވާ ކަންތައް ތަކުން އިނގޭ މީހުން ކުރެން އަހާ އޮޅުން ފިލުވާށެވެ". އެހެންވެ އަޅުގަނޑުވެސް ކައްކާ ގެ ކައިރިން އަހާ މި އޮޅުން ފިލުވީ"
ސުވާލު ކުރި މީހާ އިސްލާމް ވީ އެވެ.
ހެއްހެއްހެއް ސަޅި ބުނަން….
“ހިނިވަރުނަ ކުރެއްވުން” މިއީ ދިވެހި ބަހުގައި އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޚާއްސަ ދަރަޖައެއް. ޢާއްމު މީހުންނަށް އޮންނަ ދަރަޖަތަކަކީ ހީނލުން، ހީނލެއްވުން، ހިނިފުޅު ވެޑުވުން، މިއެވެ. ސަލާމް
ތިއީ ރަނގަޅު ޖަވާބެއް ވަރަށް ފައްކާ.. އަދި އަޙްމަދު ކޮށްފައިވާ ކޮމެންޓަށް އެކަތި އިތުރުކޮށްލާނަން.. އަލްއަޚް ތަރުޙީބުގެ ހިތަކުން ބަލައިގަންނާނެކަމަށް އުއްމީދުކުރަން.. ދިވެހިބަހުގައި “އިނގުން” ކިޔާ ބަހެއް ނޯވޭ.. ރަނގަޅު ގޮތަކީ “އެނގުން” ބައެއް މީހުން ވާހަކަދައްކާ އިރު އެއީ އިބިފިއްޔެއްގެ އަޑުން ކިޔަސް، ލިޔާ މީހުން ލިޔަންޖެހޭނީ ރަނގަޅަށް ދެއްތޮ؟