ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަންނަ އަހަރުގެ ޙައްޖު ވިސާ ދޫނުކުރަން ސަޢުދީން އަންގައިފި: ޙައްޖު ކޮޕަރޭޝަން

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަންނަ އަހަރުގެ ޙައްޖު ވިސާ ދޫނުކުރަން ސަޢުދީން އަންގައިފި: ޙައްޖު ކޮޕަރޭޝަން
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އަންނަ އަހަރުގެ ޙައްޖަށް ދާން ބޭނުންވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ހާމަކުރައްވައިފިއެވެ. "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަކީލް ވިދާޅުވީ، މިކަން ސަޢުދީގެ ޙައްޖު މިނިސްޓްރީން މިހާރު ވަނީ ރާއްޖެއަށް އަންގަވާފައި ކަމަށެވެ.

ޝަކީލް ހާމަކުރެއްވި ގޮތުގައި، ހިތުގެ ބައްޔާއި ކިޑްނީ ބަލި، ނާރުގެ ބަލި އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ޙައްޖު މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ބޭނުންވާ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.

މި ނިންމެވުމާ ގުޅިގެން، ޙައްޖު ކޯޕަރޭޝަނުން ވަނީ ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދުރާލާ މެޑިކަލް ޓެސްޓްތައް ހެދުމަށް ނިންމަވާފައެވެ. އަދި ކޯޕަރޭޝަނުގެ މެޑިކަލް ޓީމުތަކުން މި ރިޕޯޓްތައް ބެއްލެވުމަށްފަހު، އިތުރު ޓެސްޓެއް ހަދަންޖެހޭ ފަރާތްތަކަށް އެކަން އަންގަވާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް، ކުދިކުދި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވިސާ ނުލިބޭނެ ކަމަކަށް ނުވާނެ ކަމަށް ޝަކީލް ވަނީ ހާމަކުރައްވާފައެވެ. "އާދައިގެ ހިތުގެ ނުވަތަ ކިޑްނީގެ މައްސަލައެއް ހުރުމަކުން މައްސަލައެއް ނާންނާނެ" ކަމަށް ވިދާޅުވެ، ބަލީގެ ބޮޑުކުޑަމިނަށް ސަޢުދީގެ ޙައްޖު މިނިސްޓްރީން ބައްލަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ޝަކީލް ހާމަކުރެއްވި ގޮތުގައި، ޙައްޖުގެ ޖާގަ ލިބިފައިވާ މީހަކަށް، ބޮޑު ބައްޔެއްގެ ސަބަބުން ޙައްޖު ވިސާ ނުލިބިއްޖެ ނަމަ، އެ ފަރާތަކުން އިޚްތިޔާރުކުރާ އެހެން މީހަކު އެ ޖާގައަށް ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.