ވާހަކަ

"ކަލަކު ވޮޑިގެން ވޭތަ؟ މަ ޤަބޫލެއް ނުކުރާނަން"

އެއްދުވަހަކު މީހަކު ބޯ ކޮށާ ފިހާރަޔަކަށް ދިޔައެވެ. ބޯކޮށާ މީހާޔާއި ކޮށަން ދިޔަމީހާ ވާހަކަދައްކަމުން މަސަތްކަތްވެސް ކުރިޔަށް ގެންދެ އެވެ. ވާހަކައިގެ ތެރެއިން މި ބޯކޮށާ މީހާ ސުވާލު ކޮށްލި އެވެ.
ބޯކޮށާ މީހާ: "ކަލަކު ވޮޑިގެން ވޭތަ؟ މަ ޤަބޫލެއް ނުކުރާނަން"
ބޯ ކޮށަން ގޮސް ހުރިމީހާ: "ކީއްވެ ތިހެން ތިބުނީ؟ ކަލޭ ޤަބޫލެއް ނުކުރަންތަ ކަލަކު ވޮޑިގެން ވާކަމެއް؟"
ބޯކޮށާ މީހާ: "ވޮޑިގެން ވޭ! ދެން ކޮންހާ ފަޤީރުން ނެތް މިއުޅެނީ؟ ކޮންހާ ޙާލުގައި އުޅޭ މީހުން ނެތް މި އުޅެނީ؟ އެމީހުން ގެ ކޮން ކުށަކުން އެމީހުން އެހާ ޙާލުގައި އެއުޅެނީ؟" އިތުރު ކުރަމުން ބުނެލި އެވެ "ކަލާނގެ ހާދަ ފޭކޭ. އޭނަ ކުޅެނީ ޑްރާމަ ދޯ؟"
ބޯ ކޮށަން ގޮސް ހުރިމީހާ ބަހުސް ކުރުމަށް ބޭނުން ނުވާތީ އެހަށް މަޑުކޮށްލައިގެން އޮތެވެ. މުޅިޔަކުން ދޭނެ ޖަވާބެއްވެސް ނޭންގެ އެވެ. ސަބަބަކީ ފަޤީރުން އުޅެއެވެ. އެއީ ހަމަ ތެދެކެވެ.

ބޯކޮށާ ނިމިގެން ނިކުތް ތަނާހެން ނިކަން ފަޤީރު މީހަކު ފެނިއްޖެ އެވެ. ނަމަވެސް މި މީހާ އަޅައިގަތީ އެމީހާގެ ފަޤީރު ކަމަކަށެއް ނޫނެވެ. އަވަހަށް ބޯކޮށާ ތަނަށް ވަދެފައި އެއްކަލަ ބޯ ކޮށައި ދޭ މީހާ ކުރެން:

"އިނގޭތަ؟ ބޯކޮށާ މީހުން އެއީ އުޅޭ ބަ އެއް ނޫން. މަ ޤަބޫލެއް ނުކުރަން އެއީ އުޅޭ ބައެއްކަމަށް"
ބޯކޮށައިދޭ މީހާ: "އެޔޯ! ދެން އެހެން ވީއިރު މަ ދެންމެ މިކުރީ ކީތް؟"
އެމީހާ: "ބަލާބަލަ އެހެރަ ދާ މީހާޔަށް. ބޯކޮށާ މީހުން އުޅޭ ނަމަ މިހެން ބޯ ދިގުކޮށް ގެން މީހުން އުޅޭނެތަ؟"
ބޯކޮށާ މީހާ: "އައްދެ. އޭނަ ނާންނަނީނު މަ ކައިރިޔަށް. ތާކު މީހަކު ހުއްޓޭ ކިޔާފަ ބޯކޮށައިދެމުން ދުވެވޭތަ؟ މަ މިއީ ހޭ ބަލި ވެގެން އުޅޭ މީހެއް ނޫން ވިއްޔަ"
އެމީހާ: (ހީލާފަ) "ކަލަކު ވޮޑިގެން ވާކަމުގެ ޖަވާބު ތި ދެވުނީ މިހާރު"

ތެދެކެވެ. ކަލަކު ވޮޑިގެން ވެ އެވެ. އެކަމާއި ޝައްކެތް ނެތެވެ. ނަމަވެސް މީހުން އެކަލާނގެ ޙަޘްރަތަށް ބޯ ނުލަނބަނީ އެވެ. އިސްލާމީ ޝަރީޢަތް ރަނގަޅަށް ހިނގާ ތަނެއްގައި ފަޤީރުން އުޅޭނެ ކަމަށް ޤަބޫލު ކުރަންހެއްޔެވެ؟ އަޅުގަނޑަށް ފެނިގެން ބުނާނީ ނުހުންނާނެއެވެ. ސަބަބަކީ ފަޤީރު ކަމަކީ ކޮންމެހެން މީހުން ގިނަވީމަ ވާކަމެއް ނޫންވީމައެވެ. މުއްސަނދިން ފަޤީރުން ނަށް އެމީހުންގެ މުދަލުން (ކުޑަ ކުޑަ) ބައެއް ދީއުޅޭ ނަމަ ސަލާމް ޖަހާ ހިސާބަށް މީހުން ނޫޅޭނެއެވެ. އޭގެ އެއްމިސާލު އެއީ ބަޣްދާދުގައި އައްބާސީ ޚިލާފަތް އޮތް އިރު (މުސްލިމުން ގެ ޢަދަދު އޭރު ވަރަށް ވެސް ގިނަ) އެންމެ ފަޤީރަކުވެސް ނެތިގެން ދިޔައެވެ. ރާއްޖޭގައި ވެސް ޒަކާތް ދިނުން މަދުވެއްޖެ ނަމަ ވަރަށް ފަޤީރުން ގިނަވާނެ ކަމާއި މެދު ޝައްކެތް ނެތެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ