ތ ތިމަރަފުށި ދިލާވަރުގެ އުމުރުން 59 އަހަރުގެ އަބްދުލްމަޖީދު މާހިރު ކެންސަރު ބައްޔާ ހަނގުރާމަކުރަމުން އަންނަތާ މިހާރުވަނީ ދުވަސްތަކެއް ވެފައެވެ.
އަބްދުލްމަޖީދުއާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އޭނާގެ ދަރިފުޅު ނަސްވާ ކިޔައިދިން ގޮތުގައި ބައްޕައަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ހުންއައިސްގެން އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން ތިމަރަފުށްޓާއި ވޭމަންޑޫ ސިއްޚީ މަރުކަޒަށް ދެއްކުމަށްފަހު މާލެ ގެނެސްހެދި ޓެސްޓްތަކަށްފަހުގައެވެ.
އެހެން ނަމަވެސް އާއިލާގައި ބައްޕައަށް ބޭސްފަރުވާކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން މިވީހާތަނަށްވެސް ބޭސްފަރުވާ ކުރަމުންއައީ ރާއްޖޭގެ ބައެއް މީޑިއާތަކާއި އެހެންވެސް ހެޔޮއެދޭ ފަރާތްތަކުން ވެދެމުންގެންދިޔަ ދީލަތި އެހީތެރިކަމާއެކުގައިކަން ނަސްވާ ފާހަގަކުރިއެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ކޮންމެ ހަފްތާއަކު އަބްދުލްމަޖީދުއަށް ކީމޯ ތެރަޕީ ދެމުން އަންނައިރު އޭނާގެ ބަލި ރަނގަޅުކުރެވޭނެ ކަމުގެ ފެހި ސިގްނަލްއެއްވަނީ އިންޑިއާގެ ހޮސްޕިޓަލަކުންދީފައެވެ. މިކަމަށް ބޭނުންވަނީ ދީލަތި އެހީތެރިކަމެކެވެ.
އެގޮތުން ނަސްވާ ދިއިސްލާމަށް ކިޔައިދިންގޮތުގައި ބައްޕަގެ ކެންސަރު ބަލިހުރީ ސްޓޭޖް 3 ގައި ކަމަށާއި ހަ މަސް ވަންދެން ފަރުވާ ދެވިއްޖެ ނަމަ، ފުއްޕާމޭގެ އޮޕަރޭޝަނެއްކޮށް، ޓިއުމަރު ނެގިދާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާގެ ތްރިވަނަންތަޕޫރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުންވަނީ ދީފައެވެ. އަދި ފަރުވާއަށް އިންޑިއާގައި އެ ހުރިހާ ދުވަހު މަޑުކޮށްގެން ތިބުމަށް މަދުވެގެން 8،000 ޑޮލަރު (123،000 ރުފިޔާ) ބޭނުންވާނެ ކަމަށް އެފަރާތުންވަނީ ބުނެފައެވެ.
މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
އަބްދުލްމަޖީދުގެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. އަބްދުލްމަޖީދުގެ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ.
އަބްދުލްމަޖީދަށް އެހީތެރިވެލަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޭނާގެ ދަރިފުޅު (ނަސްވާ އަބްދުލްމަޖީދު) ފޯން: 9968215 އާއި ގުޅުއްވުން އެދެމެވެ.
(އާމިނަތު ނަސްވާ) އެކައުންޓް ނަމްބަރ: 7730000190827
ލަސް ނުކުރައްވާ އަބްދުލްމަޖީދަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލެވޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.
*އަބްދުލްމަޖީދުގެ ބައްޔާއިގުޅޭ ލިޔުންތައްވަނީ ދިއިސްލާމަށް ލިބިފައެވެ.

















advertisment
ޚިޔާލު