ދީނީ ލިޔުން
ވަރަށް ފަސޭހަކަމަކުން ޢުމްރާއަކާއި ޙައްޖެއްގެ ޘަވާބު ލިބޭނެގޮތެއް
ރަމަޟާންމަހަކީ އެމައްސަރެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. ރޯދަ ހިފުން ފަރުޟު ކުރެއްވުނު މައްސަރެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިޠާނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވި، ...