ރާއްޖޭގެ ޚަބަރު ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަނީ

ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަނީ

ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ ސަރުކާރުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ބޯޑުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަންދޫބު އުނިކޮށް، އެ ކޯޕަރޭޝަންގެ އުޞޫލުތައް ބަދަލުކޮށްފައެވެ. "މިއީ ޙައްޖުގެ ނިޒާމަށް ގެނައި ވަރަށް ނުބައި ބަދަލެއް. އަސާސީ ގަވާއިދު ބަދަލުކުރަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ ވަރަށް މާތް މަޤުޞަދެއްގައިކަން ފާހަގަކުރައްވަމުން، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ލުއި އަގެއްގައި ޙައްޖަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙަލާލް ޓޫރިޒަމް ފަދަ ދާއިރާތަކަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.

މެލޭޝިޔާގެ ޙައްޖު ފަންޑުން ރިއަލް އެސްޓޭޓާއި ހޮޓެލްސްއަށް އިންވެސްޓްކޮށްފައިވާ ފަދައިން، ރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ކ. މާފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ޙައްޖު ކޯޕަރޭޝަނަކީ ބޭރު ފައިސާއިން މުޢާމަލާތުކުރަންޖެހޭ ކުންފުންޏަކަށްވާއިރު، ބޭރު ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް ވެސް މަސައްކަތްކުރަމުން އަންނަކަން އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޓެގް

ޙައްޖު ކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.