ރާއްޖޭގެ ޚަބަރު ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަނީ

ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަނީ

ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް މި އަހަރު ތެރޭ އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނބިދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއެކު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މިސްކިތް އިމާރާތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވިއެވެ.

"މި އަހަރު ތެރޭ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކުންފުންޏަކާ އެގްރީމަންޓް ހަދާނަން، ހެދުމަށް ފަހު މިއަހަރު ތެރޭ މިސްކިތުގެ މަސައްކަތް ފަށާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި މިސްކިތް އިމާރާތް ކުރުމަކީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މިސްކިތް ނިމުމުން ދަނބިދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ޓެގް

ލ.ދަނބިދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.