ރާއްޖޭގެ ޚަބަރު ރޯދައިގެ ކުރިން އިސްލާމީ ކަންކަމާގުޅުންހުރި ބޮޑު 15 މަޝްރޫއެއް ނިމޭނެ: ވަޒީރު ޑރ. ޝަހީމް

ރޯދައިގެ ކުރިން އިސްލާމީ ކަންކަމާގުޅުންހުރި ބޮޑު 15 މަޝްރޫއެއް ނިމޭނެ: ވަޒީރު ޑރ. ޝަހީމް

ރޯދައިގެ ކުރިން އިސްލާމީ ކަންކަމާގުޅުންހުރި ބޮޑު 15 މަޝްރޫއެއް ނިމޭނެ: ވަޒީރު ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ ރަމަޟާން މަހުގެ ކުރިން އިސްލާމީ ކަންކަމާ ގުޅުންހުރި ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއުތަކުގެ ތެރޭގައި 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"މިއީ މި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮވެގެން ވެފައިވާ ކަމެއް ނޫން. އެހެން ބަޔަކު ހަވާލުކޮށްފައިވާ މަޝްރޫއެއް ޤާބިލުނޫން ބަޔަކާ ހަވާލުކުރުމުގެ ސަބަބުން އެ މަޝްރޫއު ލަސްވެފައި މިވަނީ. އަޅުގަނޑުމެންގެ ސަރުކާރު ގާއިމުވިފަހުން ހަވާލުކުރެވުނު މަޝްރޫއުތައް މިދަނީ ނިމެމުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. މިގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ދައްކަންޖެހޭ 170 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ހާމަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދީއެވެ. އެގޮތުން، އެ ވުޒާރާއިން އެކި ފަރާތްތަކަށް 50 މިލިޔަން ރުފިޔާ ދައްކަންޖެހިފައި އޮތް ކަމަށާއި، މިހާތަނަށް އެ ފައިސާއާއެކު ޖުމްލަ 170 މިލިޔަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.