ނޭނގޭ ވާހަކަ ދެއްކުމަކީ ނުބައިކަމެއްކަން ހުރިހާމީހުންވެސް ޤަބޫލުކުރާނެއެވެ. އަދި ވަކިން ޚާއްޞަކޮށް އިސްލާމްދީނާއި ބެހޭގޮތުން ނޭނގޭ ވާހަކަދެއްކުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަހަރެން އެފް އެމް ރޭޑިއޯ ހުޅުވާލީމެވެ. ޚަބަރު ކިޔާ ތަނަކާ ދިމާވޭތޯ އަނބުރަމުން ދަނިކޮށް ކުއްލިއަކަށް އިވުނީ ކުރީގެ ރައީސް ނަޝީދުގެ އަޑެވެ. ކުޑަކޮށް ދެއަތަށް ކަށިއަނބުރާލައި އަޑު ސާފުކޮށްލީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ބާރަށު ރައްޔިތުންނަށް ކިޔަވައިދޭ ޙަދީޘް ޢިލްމުގެ ފިލާވަޅެކެވެ. ދައްކާވާހަކައަޑު އަހާލަން މަޑުކޮށްލި އިރު އިމާމު ބުޚާރީއާއި މުސްލިމުގެ ވާހަކައެވެ. އެދެބޭކަލުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ޖަމާކުރަން ކުރެއްވި މަސައްކަތުގެ ވާހަކައެވެ.
އެފިލާވަޅުގައި އޭނާ ބަޔާންކުރާ ގޮތުގައި އިމާމު ބުޚާރީއާއި މުސްލިމު ހެއްދެވި ގޮތަކީ އެދެބޭކަލުންގެ މަދަރުސާއަށް އެއިރު ދުނިޔޭގައި ތިއްބެވި ޙަދީޘް ދަންނަ ހުރިހާ މީހުން އެއްކޮށް ކީރިތި ރަސޫލާއާއި ބެހޭގޮތުން ދެކެވިފައިހުރި ރަނގަޅުވާހަކައާއި ބާޠިލުވާހަކަތައް އެއްކުރައްވައި އޭގެ ތެރެއިން ޞައްޙަ ޙަދީޘްގެ ގޮތުގައި 70 ހާސް ޙަދީޘް ބުޚާރީއާއި މުސްލިމުގައި އެއްކުރެއްވީއެވެ. އަދި ބުނީ އަހަރުމެންނަށް ރަސޫލާގެ ޙަދީޘް ލިބެން އޮތް މަގަކީ މިދެފޮތެވެ. އިތުރު އެހެން ފޮތަކުން ޙަދީޘް ލިބެންހުރިކަމަށް އޭނާގެ ވާހަކައަކުން ނުދައްކައެވެ. ދެން ވާހަކަ ކުރިޔަށް ގެންދަމުން ބުނިގޮތުގައި މިދެފޮތް މިހާރު މިވަނީ ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައެވެ. އެގޮތުން ޝައިޚް ފައްޔާޒް ބުޚާރީގެ ތަރުޖަމާ ނެރުއްވި ވާހަކައާއި ޝެއިޚް ޙުސެން ރަޝީދު އަޙްމަދު މުސްލިމު ތަރުޖަމާކުރެއްވި ވާހަކައާއި އޭގެ އިތުރުން އެފޮތް ތަންޤީޙު ކުރެއްވި ވާހަކަވެސް ކިޔެވެ.
އަހަރެން ހިތަށް އެރިއެވެ. މީނާ މިދައްކާ ބައެއް ވާހަކަ ތަކަކީ އެއްގޮތަކަށްވެސް އަޑުނާހާ ވާހަކަތަކެކެވެ. މިކަމުގެ ޙަޤީޤަތް ބަލާލަން ޖެހޭނެއެވެ. މިހެން ހިތަށް އަރައި ބަލާލީއިރު ކަމަކު ދާކަށް ނެތެވެ. މިފަހަރުވެސް މިވާހަކަ ދައްކަނީ ޝަރުޢީ ޗާޓުން ބޭރުގައި ހުރެގެންނެވެ.
ފުރަތަމައީ: ބުޚާރީއާއި މުސްލިމުގެ ޙަދީޘްތަކުގެ ޖުމްލަޢަދަދު ތަކުރާރުވެފައިވާ ހުރިހާ ޙަދީޘަކާއި އެކުވެސް އަރަނީ 15 ހާހާއި ގާތް ކުރާ ޢަދަދަކަށެވެ. ނަމަވެސް އެނާގެ ފިލާވަޅުގައި 70 ހާހެވެ.
ދެވަނައީ: އެދެބޭކަލުން މަދަރުސާއެއް ހައްދަވައިގެން އެތަންތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައިތިބި ޙަދީޘް ދަންނަ މީހުން އެއްކުރި ވާހަކައެވެ. އަހަރުމެންނަށް އެނގިފައި އޮތީ އެބޭކަލުން ޙަދީޘް ހޯއްދެވުމަށް ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރެއްވި ވާހަކައެވެ. ދެން ޙަދީޘް ކިޔަވައިދެއްވި ވާހަކައެވެ.
ތިންވަނައީ: ރަސޫލާގެ ޞައްޙަ ޙަދީޘް ލިބެން ހުރީ ހަމައެކަނި މިދެފޮތުންކަމަށް ދޭހަވާގޮތަށް ބުނިބަހެވެ. މިހެން ބުނިއިރު ބުޚާރީއާއި މުސްލިމުގެ އިތުރުންވެސް ޞައްޙަ އެތައް ޙަދީޘެއް ޙަދީޘް ޢިލްމުވެރިން ވަނީ ޖަމާކުރައްވާފައެވެ. މިގޮތުން ޟަޢީފު ޙަދީޘް ކޮންމެވެސް ވަރަކަށް ހުރިނަމަވެސް ސުނަނު އަބީ ދާވޫދާއި، އަލްޖާމިޢުއް ތިރުމިޛީއާއި ސުނަނު ނަސާއީއާއި، ސުނަނު އިބްނު މާޖާ އާއި މުސްނަދު އަޙްމަދާއި، އައްދާރުޤުޠްނީ އާއި އަދި މިނޫންވެސް އެތައް ޙަދީޘް ފޮތްތަކެއްގައި ބުޚާރީއާއި މުސްލިމުގައި ނުހިމެނޭ ޞައްޙަ އެތައް ޙަދީޘެއް ޖަމާކުރައްވާފައި ވެއެވެ.
ހަތަރުވަނައީ: ބުޚާރީއާއި މުސްލިމުގައި ހުރި ހުރިހާ ޙަދީޘެއް (އޭނާ ބުނާގޮތުގައި 70 ހާސް ޙަދީޘް) ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި އޮތް ވާހަކައެވެ.ނަމަވެސް އަހުރެންނަށް އެނގިފައިވާގޮތުގައި ބުޚާރީ އިން ތަރުޖަމާކުރެވިގެން ނިކުމެފައިވަނީ ވަރަށް މަދު ބައެކެވެ.
ފަސްވަނައީ : ސިޔާސީ މަޤްޞަދުގައި ދީން ބޭނުންކުރާ ވާހަކައެވެ. އަހަރެން ހިތަށް އެރިއެވެ. ޙަޤީޤަތުގައި މިކަން ކުރާމީހަކީ މީނާއެވެ. އެހެންޏާ ފަހެ ؛އިސްލާމް ދީނުގެ ކަންކަން ކުރިއަރުވާން މަސައްކަތްކުރާ މީހެއްގެ ނަމުގައި ހުރެގެން އިސްލާމްދީނުގެ އަޞްލުތަކާއި ބެހޭގޮތުން ހިތުހުރިހާ ވާހަކައެއް ދައްކަމުން ދާއިރު މިއީ އެބުނާ ސިޔާސީ ހަތިޔާރަކަށް ދީން ބޭނުން ކުރުން ނޫން ދެން އެހެން ކޮން އެއްޗެއް ބާވައެވެ؟ ނަމާދު ނުކުރާމީހުން ދީނީ ވާހަކަ ދައްކާނަމަ، އެއީ ދީނުގެ ހަތިޔާރު ސިޔާސީ މަޤްޞަދުގައި ނަހަމަކޮށް ބޭނުން ކުރުންކަމުގައި މެނުވީ ނުވާނެތެވެ.
މިއަދު މީސްތަކުންގެ ޙާލަތުހުރި ގޮތުން ތިމާމެން ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ވެރިމީހާއަށް އަޅުކަން ކުރާހިސާބަށް މީހުން ގޮސްފައިވާއިރު، މިއަދު ދީނީ ކަންކަންވެސް ގިނަ މީހުން އޮޅުން ފިލުވަނީ އެމީހަކު ޤަބޫލުކުރާ ސިޔާސީ ފިކުރަކަށް ތަބާވާ މީހެއްގެ ގާތުންނެވެ. ކުރިން ހަމައެޝޭޚުން އެހެން ސިޔާސީ ފިކުރަކަށް ތަބާވީއިރު އެއީ އެއްވެސް އެއްޗެއް ނުދަންނަ ޖާހިލު ޙައްދު ފަހަނައަޅާފައިވާ ބައެއްކަމުގައި ބުނަމުން ދިޔައިރު މިއަދު އެމީހުންގެ ސިޔާސީ ފިކުރު ބަދަލުވުމުން ޤައުމުގައި އަދި ކިއެއްތަ ދުނިޔޭގައިވެސް ނެތްވަރުގެ ބޮޑެތި ޢިލްމުވެރިންނަށް އެމީހުން ވެއްޖެއެވެ. ވީމާ މިއަދު ނަޝީދުއަށް ތާއީދުކުރާ މީހަކުގެ ގާތުގައި ބުޚާރީން ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ބަޔާއި މުސްލިމުގެ ދިވެހި ތަރުޖަމާގައި ނެތް ޙަދީޘެއްގެ ވާހަކަ ބުނެފިނަމަ ތިޔައެއް ތިމަންމެން ޤަބޫލެއް ނުކުރާނަމޭވެސް މީހަކު ބުނެފާނެއެވެ. އެއީ ނަޝީދު އެބުނާ ފޮތުގައި އެޙަދީޘެއް ނުހިމެނޭތީއެވެ. އޭނާ ބުނާ އެއްޗަކަށް ނޫނީ އިތުބާރު ނުކުރެވޭތީއެވެ.
މިއީ ކިހާ ހިތާމަހުރިކަމެއް ހެއްޔެވެ؟ ހަތިޔާރަކީ ވަރަށް ނުރައްކާ އެއްޗެކެވެ. އެބޭނުންކުރަން ނޭނގި ރަނގަޅު ނޫންގަތުގައި ބޭނުން ކޮށްފިނަމަ ވަރަށް ގިނަފަހަރު ގޮވާނީ އަތަށެވެ. މިގޮތުން އަހަރުމެންނަށް މިކަހަލަ އެތައް މަންޒަރެއް ފެނިއްޖެއެވެ. ފަހަކަށް އައިސް ދީނުގެ ވަރުގަދަ ހަތިޔާރު ނުބައިކޮށް ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކު މިވަނީ ހަލާކުވެފައެވެ. ބައެއްމީހުން ތިބީ މިހާރު "ފުޅިޔާނުލައި" ދިރިނޫޅެވޭ ހިސާބަށް ގޮސްފައެވެ. އަދި މިހާރުވެސް މިދަނީ ހަލާކުވަމުންނެވެ. އަދި ދާނީވެސް ހަލާކުވަމުންނެވެ. އެކަން އަހަރުމެން މިތިބީ ބަލާށެވެ.
މިދަނޑިވަޅުގައި ނަޝީދުކައިރީ ބުނެލަން ބޭނުން ވަނީ ނަޝީދަކަށް އިސްލާމް ދިނެއް ނޭނގެއެވެ. ބުޚާރީއާއި މުސްލިމުގެ ޙަދީޘްތަކުގެ ޢަދަދު ގްރޭޑް 9 ގެ ދަރިވަރުންނަށް ވެސް އެނގޭނެއެވެ. ވީމާ ޒުވާނުންނަށް ކަންކަމު ގޮވާއިރު ތިޔަހަދަނީ ކަނޑައެޅިގެން ދޮގުކަން އެކުދީން ދަންނާނެއެވެ. އަދި ތިޔައީ ދީނުގެ އެއްވެސްކަމެއް އެނގޭ މީހެއް ނޫންކަންވެސް އެކުދިންނަށް އެނގޭނެއެވެ. ދަންދޮރު ނުދައްނަ ބަޔަކާއި، ފުޅި ގުޅައިގެން ނޫނީ ނޫޅެވޭ ޙާލަތަށް ގޮސްފައިވާ ބަޔަކު ތިޔަދައްކާ ވާހަކައަށް އަތް ޖެހިޔަސް މިޤައުމުގެ ހޭވެރިވާ މީހުން ތިމާގެ ފަހަތަކުން ފައްޔެއް ނުޖަހާނެއެވެ.
ނަޝީދުއެވެ! ތިމާއަށް އެއެއްޗެއްގެ ޙަޤީޤަތް އެނގޭ، ތިމާ ތަޖުރިބާކޮށްފައިވާ އެއްޗެއްގެ ވާހަދެއްކިޔަސް ،ދީނުގެ ނަމުގައި ނޭނގޭ ވާހަކަ ނުދައްކާށެވެ!

















advertisment
އަދި ތީގެ އިތުރުންވެސް އެއްކަމެއް އަޅުގަޑަށް ފާހަގަވެއެވެ. އެއީ، އެކަލޭގެ ބޮޑަށް މަސައްކަތް ކޮށްފައި އެއޮތީ އެދެފޮތުގެ ސައްޙަކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށެވެ. އެކަން ދޭހަވަނީ އޭނާ އެބުނާގޮތުންނަމަ “ކީރިތި ރަސޫލާއާއި ބެހޭގޮތުން ދެކެވިފައިހުރި ރަނގަޅުވާހަކައާއި ބާޠިލުވާހަކަތައް އެއްކުރައްވައި އޭގެ ތެރެއިން ޞައްޙަ ޙަދީޘްގެ ގޮތުގައި 70 ހާސް ޙަދީޘް ބުޚާރީއާއި މުސްލިމުގައި އެއްކުރެއްވީ” ކަމަށް އޭނާ ބުނެފައިވާތީއެވެ. މިއީވެސް އެކަން ހިގިގޮތްކަމަކަށް ހަގީގަތުގައި ނުވާނެއެވެ. މިކަމުގެ ހަގީަތް ކޮންމެެސް ބޭފުޅަކު ވިދާޅުވެ ދެއްވިއްޔާ ރަގަޅެވެ. މި ނަޝީދުއަކީ ވާ އިސްލާމްދީނާއި މުސްލިމުން ދެކެ ރުޅިފަށެއްއަންނަ މީހެކެވެ. މިއީ ހަމަ ޔަހޫދީންގެ ހުރިހައި ސިފަތަކެއް ލިބިފައިވާ މީހެކެވެ.
ބޮލުރޮދިން ދައްކާނެ މިކަހަލަ ވާހަކަ………..ކުރިއައްއޮތީ އިންތިހާބް………ކުޅިކުޅެލާނެ…..
މިލިޔުމައް ކޮންމެވެސްވަރަކައް އެއްބަސް ވެވިދާނެ…. އެކަމު ތަނެއްގަހުރި ބޮޑު ފާދިރީއެއްގެނެސްގެން އޭނަގެ ސަރަފުގަ މުލިޔާގޭގަ ފަރިއްކޮޅުތައްބާއްވައިގެން ވަހީދު އުޅޭ އިރު މިފަދަ ލިޔުމެއް އޭނަޔައް(ވަހީދައް) އަޑުލާފަ ނުލިއު މަކީ މި ނޫސް ހިންގާ ފަރާތުންވެސް ދީނޭ ކިޔައިގެން މިދައްކާ ވާހަކަތަކަކީ ހަމަ ސިޔާސީ ފައިދާއައް ވަކި ބަޔަކު
ކުރި އަރުވަން ކުރާކަމެކޭބުނެވިދާނެ… އުއްމީދުކުރަން މި ކޮމެންޓު ޖަހާނެކަމައް…
ނަޝީދުގެ ވެރިކަމުގައިވެސް ކުރި ވަރަށް ގިނަ ކަންތަކަށް ކެއްކޮށްގެން ތިބެ ތިބެފަ ދެކޮޅަށް ވާހަކަ ދައްކަން ފެށީ ފާޅުގަ. އިގޭތޯ އައްޔަ ހދ.ނޭކުރެންދޫ.. ވަހީދުވެސް އެގޮތަށް ކަންތައްތައް މާ މައްޗަށް ދަންޏާ ޖަހާނެ އަދި އެވާހަކަވެސް. އެއީ ވަކި ފަރާތަކަށް ޖެހުމެއް ނޫން ދެއްތޯ؟ ވެރިއަކާ ދޭތެރޭ ހަމަ ކުއްލިއަކަށް ދެކޮޅު ހެދުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭނެ ކަމެއް. ވެރިމީހާވެސް ކުށްކުރީމަ ރަގަޅުކުރަން ފުރުސަތު ދޭންޖެހޭ.. ނަޝީދަށްވެސް އެތައް ފުރުސަތެއްދީ އިސްލާހު ނުކުރި. ހަމަ އެބީދައިން ވަހީދުވެސް އިސްލާހު ނުކުރަންޔާ ދެކޮޅަށް ތެދުވާނެ އަދި އެކަމާ ހާސްނުވޭ އަޚް އަލީ ހދ. ނޭކުރެންދޫ
ކުރީގެ ރައީސް ނަޝީދު އެންމެފަހުން އައްޑުއަށް އައިސް ހުރީ ސ.މަރަދޫ ސްކޫލް ކައިރީގައި ކަންމައްޗަކަށްވާގޮތަށް އެރަށު މާމިސްކިތް ކުރިމަތީގައި ހުރި ގެޔެއްގައި. އެ ހިސާބުގަނޑުގެ މީހުން އެމިސްކިތައް ނަމާދައް ދާއިރު މިބޭފުލާ މިސްކިތުން ފެންނަގޮތެއް ނުވޭ. މިހާ ދީނަށް ލޯބިކުރާމީހަކުނަމަ ކީއްތަވާނީ މިސްކިތައް ދިޔައިއްޔާ. ހަމަ ބަންގީގެ އަޑު މިކަލޭގެއައް އަޑުނީވެނީބާއޭ ހިތައްއަރާ. މިވާހަކަ ޤަބޫލުނުކުރެވެނީނަމަ އެހިސާބުގަޑުގެ މީހުންކައިރިން އައްސަވާ. ކިހާ އޯގާތެރި ދީންވެރި ވެރިއެއްދޯ ނަޝީދުއަކީ. ވަރަށް ދެރަ. މާތް ﷲ އެ އޅާއާއި އޭނާޔަށް ތަބާވެގެންތިބި މީހުންނަށް ތެދުމަގުދައްކަވާފާންދޭވެ.