ރިޕޯޓްކޮލަމިސްޓް

އެއީ ދިވެހިންގެ ތެރެއިން އެންމެ ދީންވެރި މީހުންނެވެ

”އާ ބާރެއް“ މިނަމުގައި ކާނިވަލުގައި ބޭއްވި އެމްޓީޕީން ބޭއްވީ ޖަލްސާ - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގް

ހަނދުބަލާންވެގެން ރަށުތެރޭ މީހަކު ނޫޅުނަސް ހެއުތާއެވެ. އަމުދުން އެކަން ސަރުކާރުގެ ފަރާތުން ކުރާނެތާއެވެ. ފިކުރެއް އެކަމަކު ވާ ނެތެވެ. ދިވެހިން ދީނަށް މިދޭ ގަދަރެއްގެ ބޮޑުކަމެއްތާއެވެ. ދޮންފަސްލައި ގޯތިދޮށް ނަލަ ކޮށްލާނެއެވެ. ފާރުގަލާ ކުލަވެސް އެހެރަގެން އައުކޮށްލަނީއެވެ. މިހެން ގޮސް ގޭ ފަހާފޮށީ އިން ތިނޯސްވެސް ބަދަލު ނުކޮށްފިނަމަ ރޯދަމަހެއް ނުވެސް އަންނާހެން ހީވެދެއެވެ. މިއީ ސާފު ދިވެހީން ދީނަށް އޮންނަ ގަދަރުގެ ބޮޑުކަމުގެ ވާހަކައިގެ އެއްބައެވެ.

މުލަރޯދަ ހިފާލީމާ ވާ ބައްޔެއްގެ ބޮޑަސް، މިސްކިތްތަށް ކުޑަވެގެންދަނީކީ ނޫނެވެ. ތަރާވީސް ނަމާދާ ދަމުނަމާދު ކުރާ ހިތްވާލެއް ދިވެހި ދީނީ ގަދަރުވެރިންގެ ބޮޑީއެވެ. ކުނާތަކާއި މުސައްލަތައް އިސްޓޯރުތަކުން ހުސްވާހާވެސް އަޅުކަމުގައި ފޯރި ބޮޑުވެގެން ދާތީ ފެންނާނުއެވެ. ނޫނެކެވެ. އެއީ ހަމަ ހީވާގޮތެވެ. މަހުން ދިހައެއް ވެއްޖެ ނަމައީ ސަފުން ދިހައެއް މަދުވެގެން ދާތީވެސް ފެންނާނެއެވެ. އަދި އެހެންގޮސް ފަހު ދިހައިގައި ނުވެސް ފެންނާނެއެވެ. މަ މިހެން ބުންޏަސް، ދީނަށް ގަދަރު ކުރާމީހުން ހަތާވީސް ވިލޭރޭ މިސްކިތް ޖާގަ ފިސާރި ކުޑަކޮށްލާނެއެވެ. އެއީ ދީނަށް ލޯބި ކުރާ ދީނީ ދިވެހިންނެވެ.

އީދު ގެ ހަނދު ނުބަލައިގެން ހީވަނީ އެހެން ފަދަ ކަމެއް ލައިގަނެގެން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. ރޯދަ މަހު ދުވާލު ކައި ސުއްޓާބޮއި ރިސޯޓްތަކުގައި ކްލަބް ހަދައިގެން ނާޗަރަންގީ ހެދި މީހުންނަށް އަންނަ އީދެއް ވިއްޔާއެވެ. ދަމު ނަމާދު ކުރީ ސަފުގައި ހުރެފައި މިިހާރު އެހުރީ މަގުމަތީގައި ބޮޑުބެރު ޖަހާންވެސް ހަމަ ދަންވަރުވާންދެން ފިސާރި ދީން ވެރިވީމަތާއެވެ. ނޫނީ ވިއްޔާ ސުވަރުގެ ދެވޭނެކަން ޔަޤީންވީމަތާއެވެ. އެންމެ ދީންވެރި މީހުން ވާ އެ ކަމެއް ނުކުރިޔަސް އެތަން ބަލާންދާނެއެވެ. އަތްތިލަ ބަޑިވެސް ޖަހާނެއެވެ.

ޤުރުއާން ކިޔަން ނޭންގުނަސް، އެ ޢިލްމަށް ވެސް އެންމެ އެހުވަރު ކަމަށް ބުނާނެއެވެ. ތިމާގެ އައުރަ ދިމާއަށް ފެންނަށް އޮތަސް އެއީ ފޮތާއި ގޮތުގައި އޮތް ގޮތޭ ބުނެލާއިރު އެއީ ހަމަ ހުސް ޝެއިޚުންނެވެ. ދީނުގެ ޢިލްމު ވެރިންނަށް ވުރެ ބޮޑަށް ދީނުގެ ހުކުމްތައް ދަންނަލެއް ބޮޑުވެފައި ގަދަރުވެރި ދިވެހި ދީންވެރިންގެ ފިޤުހުވެރިކަން އަދި މާބޮޑެވެ. ޙަރާމަސް ޙަލާލަސް ފައްކާވާނެ ކޮންމެ ގޮތެއް ކިޔައި ނަސޯރާއިން ވެސް ފަހަށް ޖައްސާހައި ފަންނުވެރިވެސް ވާނެއެވެ.

ފޯޅަވަހި ދިޔައީއެވެ. ދީންވެރި ޒަމާން ދިޔައީއެވެ. އެމީހަކާ އެމީހެކެވެ. މިސްކިތަށް މުސްލިމުންނަށް ހަވާލެވެ. ކަމެއް ނެތިއްޔާ ތިމަންނާމެން ހުކުރު ދުވަހު މިސްކިިތަށް އަންނާނަމެވެ. ވަގުތެއް ވިއްޔާ ނަމާދެއްވެސް ކޮށްލާނަމެވެ ބުނާ ހެން ހީވާނެވެ. އާއެކެވެ. އެއީ ދިވެހިންގެ ތެރެއިން އެންމެ ދީންވެރި މީހުންނެވެ.

ފަށްވެގެން ދުވަސްތައް އެހެރަ ފައިބައިގެން ދަނީއެވެ. ދިވެހި ދީބަށް މާ ފައްކާ ޢީދެއް ގެންނާންވެގެން މާ ކުޅަދާނަ މީހެކޯލާއެވެ؟ މީނާއަށް ނުވާނެ ކަމެއް މިދީބަކު ނޯންނާޔޯލައެވެ؟ ރަށުތެރޭ މީހުން ކުޅަހައި ތުހުމަތެއް ބޮލުއަޅައިގެން ހުރެ ބަޔާންކުޅަ ދިވެހި ދީންވެރިންގެ ތަޤުވާވެރިކަން އިތުކުރާން ވެގެން މާސިންގާ ނާޗަރަންގީ ކުޅޭންވެގެން ޖެހިލުމެއް ނެތި އޭނާ އެމަކެއް ކުރީއެވެ. މުޅި ތަންފުރައިވެސް ހަމަ އެއްކަލަ ގަދަރުވެރި ދީނީމީހުން އެތާވެސް ތިބީއެވެ.

ލާދީނީ ބަޔަކުވެސް އެބަޔަކާ އެކުވެ. ދީނީ ގަދަރުވެރި މީހުންނާ ވެގެން މި ހިންގައިލި އީދަކީ ދިވެހި ދީބުގެ ޒުވާނުން 'ހަންކަނޑާންވެގެން' ހިންގި ހައިޖާނެކެވެ. ވުޟޫކޮށް ހިނައި ތޯހިރުވާން ނޭނގޭ ބަޔަކު ދިވެހި ގަދަރުވެރި ދީންވެރިން ތެރޭ ތިބިކަން ދަނެ ތިބެ މިބާވަތު ހައިޖައިނުތައް ހަދައިލުމަކީ މިމީހުން ކޮށްފައިނެ ކަމެއްކަން މިހާރު އެއޮތީ ފެންނާންތާއެވެ.

ޒުވާނުންނަކީ ޤައުމެއްގެ ރައުސުލްމާލޭ، އަވަހަށް ހޭލައިގެން އޮފީހަށް ދާންވީބަޔެކޭ، ނުބޯން ޖެހޭ އެއްޗެއް ބޮއެގެން ނުވާނެއޭ ކިޔައިގެން އަޑު އުފުލާފައި މިހިރަގެން ދިމާ އިދިކީލަކޮށް ޒުވާނުން "ބީތާ" އަރުވާލަން މި ދީބުގެ ބަޔަކު މަސައްކަތް ކުރަނީ އަޅެ ހާދަހައި ގަދަރުވެރި ދީންވެރި ވީމަތާއެވެ. ޝެއިޚަކަށް ބޭހަކަށް ނުގުޑާފަދަ ޢަޒުމެއްގައި ހުރި މީހަކު ކުރީންވެސް މިދީބު ދެކެ ހިނގައިއްޖެކަން ހަނދާނުގައި ނެތްނަމަ ހައުދަހައި ހަނދާންވެސް ބަލީއެވެ. ނިކަން ހުރެ ހަނދާންނެތޭ މީހުންނަށް ހަނދާކޮށްދޭން ދަންނަ މީހުންވެސް މިދީބުގައި މާތްﷲ ގެ އިރާދަފުޅުން އަދި އެބަ ތިއްބެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އަދާލަތު ޕާޓީގެ ކުއްތާއެއްފާ ކުރައްވަން ދުޢާކުރާމީހުންގެ ޖަލްސާއެއްގެ ފޮޓޯ ނުލީ ކީއްވެތަ؟ އެއީ މާދީންވެރި ބަޔަކަށް ވީމަތާދޯ؟ މިއާޓިކަލްގަ އޮތީ ހައްތަހާވެސް މިސަރުކާރުން ޒުވާނުންނަށް ކުރާ ކަންތައްތައް

  2. ނަމުގައި ހަސަނާއި މުހައްމަދު އަހުމަދު ފާތިމަތު އާއިޝާ ޖެހުމަކުން އަސްލު ސޫރައެއް ނޯޅޭ މިއޮތީ މިބައިމީހުންގެ އަސްލު ސޫރަ ފެނިފައި، އެތެރޭގައި ހުރީ ކޯޗެއްކަން މިހާރު ވަރަށް ސާފު، އިސްލާހު ފަށަންވީ ހިސާބުވެސް މިއޮތީ ހަމަފެންނަން!

  3. ޖިހާދަކަށް ނަފްސުގެ އަދި ގައުމުގެ އިސްލާކޮއްލަން ދަމާހެ އެންމެންނޭ އިސްލާމްދީނަށްޓަކައި ފިދާވާން !!!!! ނެތޭ މަހިތަކުން ގޮތެއް ދެވަނަ މިއަކުގައިމޭ…..ދެތޭމިއީ ކަންއޮތްގޮތް ބަލާފަ ހީވާ…

Your email address will not be published. Required fields are marked *

More in ރިޕޯޓް