ރިޕޯޓް އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރަން ފާސްކުރުމަށް ފަހު ނަޝީދު ފިލާވަޑައިގަތުމާއި އދ ގައި ފަލަސްޠީނަށް ވޯޓުނުދީ ނަޝީދުގެ ސަރުކާރު ފިލުން

އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރަން ފާސްކުރުމަށް ފަހު ނަޝީދު ފިލާވަޑައިގަތުމާއި އދ ގައި ފަލަސްޠީނަށް ވޯޓުނުދީ ނަޝީދުގެ ސަރުކާރު ފިލުން

އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރަން ފާސްކުރުމަށް ފަހު ނަޝީދު ފިލާވަޑައިގަތުމާއި އދ ގައި ފަލަސްޠީނަށް ވޯޓުނުދީ ނަޝީދުގެ ސަރުކާރު ފިލުން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރައްވަން ނަޝީދަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ މުޝްތަޝާރު ޑރ މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރި ވުމަށް އަދާލަތު ޕާޓީން ހުޅުވި ފަންޑު ފޮއްޓާމެދު ސަމާލު ވުމަށާއި، އަދާލަތު ޕާޓީން އިސްވެ އޮވެ އުފެއްދެވި މިސްކިތު ފަންޑުގެ ތަފްސީލް ނެތި އިތުރު ފަންޑަކަށް ފައިސާ ދެއްވުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، މިސްކިތު ފަންޑުގެ ތަފްސީލުތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަރުވާފައި ވާނެ ކަމަށާއި، މީޑިއާ ތަކާއި އިސްލާމިކް މިނިސްޓްރީން ޢާއްމު ކޮށް ނެރެމުން ގެންދާ މަޖައްލާގައިވެސް އެ ފަންޑުން ޚަރަދު ތައް ކޮށްފައިވާ ގޮތުގެ ތަފްޞީލުތައް ހާމަ ކޮށް ޢާއްމުކޮށް ޝާއިއު ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ސިންގަޕޫރުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް އޮޅުވާލެއްވުމަށް ނަޝީދު ދެއްކެވި ވާހަކަ ތައް ކުށްވެރި ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ، ޔަހޫދީީންނާ ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ބޭއްވުމަކީ ނަޝީދަށް ތަހައްމަލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ފޮޓޯ އެއް ވީޑިޔޯ އެއް ނުވަތަ މަންޒަރެއް ބޭރުގެ މީޑިޔާ އަކުން ފެނިދާނެތީ އެކަން ކުރައްވަން ނަޝީދަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ބައެއް ޓްވީޓްތައް

އެހެން ކަމުން އިޒްރާއީލުގެ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނާއެކު ދިވެހިން ތިބިކަން ދެއްކުމަށް ހިނގާލުމެއް ބޭއްވުމަށް ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީން އެކަން ފާސް ކުރެއްވުމަށް ފަހު ހީލަތެއް ހައްދަވައިގެން އެކަމުގައި ބައިވެރިވެ ވަޑައިނުގެން މިހާރުވެސް ނަޝީދު ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށް ޑރ ޝަހީމް ވިދާޅުެފައި ވެއެވެ.

އިޒްރޭލާއި އެކު ނަޝީދުގެ ސަރުކާރުން ބޭއްވި ގާތް ގުޅުން ތައް ދައްކުވައިދޭ ގޮތަށް އިޒްރޭލު ސަރުކާރުން ހާމަ ކޮށްފައިވާ ބައެއް ވާހަތައް ޑރ ޝަހީމް ވަނީ ޙިއްޞާ ކުރައްވާފަ.

އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީތަކާއި ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް ޢަދާލަތު ޕާޓީން ހުޅުވި ފަންޑަށް ފައިސާ ނުދިނުމަށް ނަޝީދު ގޮވާލައްވާފައި ވާއިރު، ނަޝީދުގެ ސަރުކާރުން މީގެ ކުރިން ވަނީ ޔަހޫދީންނާއި ގާތް ގުޅުން ތަކެއް ބާއްވަވައި އިޒްރޭލުގެ އެކި އެކި ވަފުދު ތަކާއި ޓީމު ތައް ރާއްޖެ ގެންނަވައި ދިވެހި ދައުލަތުގެ އިސް މަޤާމު ތަކުގައި ތިއްބެވި ފަރާތްތައް އިޒްރޭލަށް ފޮނުއްވަވައިގެން ތަފާތު ގުޅުންތައް ބަދަހި ކުރައްވާފައެވެ.

އެގޮތުން ދިވެހިންނަށް ލޮލުގެ ފަރުވާ ދިނުމަށް އިޒްރޭލުން ލޮލުގެ ޑޮކްޓަރުން ތަކެއް ރާއްޖެ ގެނައުމާއި، ދިވެހިންނަށް ދަނޑުވެރިކަން ދަސްކޮށްދޭން އިޒްރޭލުން ދަނޑުވެރިން ގެނައުމާއި، ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ސިއްރިއްޔާތުގައި އިޒްރޭލަށް ފޮނުވުމާއި، މިނޫނަސް ދައުލަތުގެ އިސް މަޤާމު ތަކުގައި ތިއްބެވި ބޭފުޅުން އިޒްރޭލުގެ ވަފުދު ތަކާއި ބައްދަލު ކޮށް ގުޅުން ބަދަހި ކުރުމަށް ކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ނަޝީދުގެ ވެރިކަމުގައި ފަލަސްޠީނުން އދގެ މެންބަރު ޤައުމަކަށް ވުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސް އަޅުއްވައި އެކަމުގައި ފަލަސްޠީނާއި އެއްކޮޅަށް ވޯޓު ނުދިން މައްސަލަ ފާހަގަ
ކޮށްލެވެއެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން މިކަމަކީ ނަޝީދުގެ ރަޙުމަތްތެރި ޔަހޫދީންގެ އެދުކަމަކަށް އެމީހުންނަށް ދިން ހަދިޔާ އެއް ކަމަށް ސިފަ ކޮށްފައި ވާއިރު، އޭރު ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ވޯޓުގައި ރާއްޖެ އަށް ބައިވެރިނުވެވުނީ ބަލަންވާ ވަރަށް ނުބެލުމުން ކަމަށެވެ.
އެގޮތުން އދ ގެ ޔުނެސްކޯގެ މެންބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށް ވޯޓު ނެގި ވަގުތު ޔުނެސްކޯގެ ބައްދަލުވުމަށް ރާއްޖެއިން ވަޑައިގެންނެވި ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު ވަނީ ވޯޓު ނަގަން އޮތް މާލަން ދޫކުރައްވާ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.
އަދި އޭނާ އަށް ފަލަސްޠީނު ޔުނެސްކޯގެ މެންބަރު ޤައުމަކަށް ހައްދަވަން ދިވެހި ރާއްޖޭގެ ފަރާތުން ވޯޓު ނުދެއްވާ ދިވެހިރާއްޖެއަށް އެ ވޯޓުގައި ބައިވެރިވެ ވަޑައިނުގެންނެވުނީ މުހިންމު ކަމެއްގައި އެކަމަނާ އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހުމުން ކަމަށް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު އޭރު ވަނީ ވިދާޅުވެފަ އެވެ.
އެހެން ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ޣައިރު މުސްލިމު ޤައުމު ތަކާއި ޢަރަބި އިސްލާމީ ޤައމު ތަކުން ބުރަ މަސައްކަތް ތަކެއް ކޮށް އެންމެ ފަހު ވަގުތު ވޯޓާއި ހަމައަށް އައި ވަގުތު ކުއްލި ގޮތަކަށް ސައްތައިން ސައްތަ މި ދިވެހި ރާއްޖޭގެ މަންދޫބު ވޯޓު ނަގާ މާލަމުން ގެއްލުމުން މުޅި ދުނިޔެ އަށް ސިހުން ގެނުވި ނަމަވެސް އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު އަދި ރާއްޖޭގެ ވަފުދުގެ ވެރިޔާ ޝިފާ މުޙައްމަދު ރާއްޖެ ވަޑައިގަންނަވަން ޖެހުނު ކުއްލި ގޮތާއި މުހިންމު ބޭނުންފުޅު ނަޝީދުގެ ސަރުކާރު ވެއްޓުމާއި ހަމައަށް ވެސް ދިވެހިންނަށް އޮތީ ސިއްރު ވެފައެވެ. އެކަން އަދިވެސް އޮތީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.