ރާއްޖޭގެ ޚަބަރު އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް

އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް

އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްދުފަހަނައެޅުމުގެ ނުރައްކާތެރިކަމާއި އިސްލާމީ ތައުލީމުގެ އަލީގައި އެކަމުން ރައްކާތެރިވެވޭނެ ގޮތްތަކާބެހޭގޮތުން ތަންފީޒީ އިދާރާތަކާއި ތައުލީމީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ސައުދީ އަރަބިއްޔާގެ އިލްމުވެރިން މައުލޫމާތު ފޯރުކޮށްދެއްވާނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ޝަރަފުވެރިކޮށްދެއްވި މި ޕްރޮގްރާމަކީ ހައްދުފަހަނައެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

43 އިސްލާމީ ގައުމެއްގެ އަސްކަރިއްޔާ ގުޅިގެން ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ އައިއެމްސީޓީސީން މެމްބަރު ގައުމުތަކުގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި ގާބިލްކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމުތައް ދަނީ ހިންގަމުންނެވެ.

މިގޮތުން މި އަހަރުގެ ތެރޭގައި ހައްދުފަހަނައެޅުމުގެ ނުރައްކަލާ ކުރިމަތިލުމަށް ދީނީ އިލްމުވެރިންނާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރުމަށް އަމާޒުކޮށްގެން ވަނީ އެކި ޕްރޮގްރާމުތައް ހިންގާފައެވެ.

ޓެގް

އިސްލާމީ ތައުލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.