ރިޕޯޓް

ކިޔަވާކުދިންނަށް އަގުހުރި ހަދިޔާއެއް !

ނޯޓް:- މިލިޔުމަކީ ކުރިން މިސައިޓުގައި އަޕްލޯޑްކުރެވިފައިވާ ލިޔުމެކެވެ. އަދި މިލިޔުމުގައި ކުށެއް ހިމެނޭތީ އެކުށް އިޞްލާޙުކޮށް އަޕްޑޭޓްކޮށްފައިވާ ވާހަކަ ދަންނަވަމެވެ. ކުރިން މިލިޔުން ޑައުންލޯޑްކުރައްވާފައިވާ ފަރާތްތަކުން ކޮންމެހެންވެސް މިލިޔުން އަޕްޑޭޓްކުރަށްވާށެވެ. ލިޔުމުގަވާ ދުޢާގައި "بحق محمد صلى الله عليه وسلم وآله" ވަނީ މިފަދައިންނެވެ. މިއީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ނުބައެކެވެ. އަދި ދުޢާކުރުމުގައި އިންސާނުންގެ ޙައްޤުގައި ނުވަތަ މާތްކަމަށްޓަކައި ކަމެއް ހިއްމަވައިދެއްވުމަށް ދެންނެވުމަކީ މަނާކަމެކެވެ. ޝިރުކުވާފަދަ ކަމެކެވެ. އަދި މިލިޔުމުގައިވާ ދުޢާގައި ކުރިންވަނީ އެފަދަގޮތަކަށެވެ. ވީމާ އެކުށް އިޞްލާޙްކޮށް އަލުން ޝާއިއު ކުރީއެވެ. މިކުށަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި އެހެން ދުޢާއެއްގައިވެސް މިފަދަ ގޮތަކަށްވާނަމަ ބޭނުންނުކުރެއްވުމަށް ދަންނަވަމެވެ. މިފަދަ ގޮތަކަށް ދުޢާގައި ދަންނަވާނަމަ ދެންނެވޭނީ ﷲ ގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އެކަނިކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެއެވެ. ވީމާ މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ. "أستغفر الله و أتوب إليه".

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވުމަށްފަހު ޢިލްމު އުނގެނުމަށް ވަނީ އަންގަވާ ބާރުއަޅުއްވާފައެވެ. އެހެންކަމުން އަހަރެމެން މިކަން ކޮންމެހެންވެސް ކުރަން އެބަޖެހެއެވެ. ޢިލްމު އުނގެނުމުގައި، ނުވަތަ ދަސްކުރުމުގައި ތަފާތު މިންގަނޑުތަކާއި ތަފާތު ފެންވަރުތައް ވެއެވެ. އަދި އެކިމީހުނަށް ޢިލްމު އުނގެނުމުގައިވެސް ވަނީ ދެނެގަތުމުގެ އެކި ފެންވަރުތަކެވެ. ބައެއްމީހުނަކީ ވަރަށް ފަސޭހައިން ދަސްވާ މީހުންނެވެ. އަނެއްބައިމީހުނަކީ ދަސްކުރުމުގައި ކޮށި މީހުނެވެ. އަނެއްބައިމީހުނަކީ ވަރަށް އުނދަގުލުން ނުވަތަ ފަސޭހައިން ދަސްކުރިނަމަވެސް ދަސްކުރާ އެއްޗެހި ވަރަށްފަސޭހައިން ހަނދާންނެތޭ މީހުންނެވެ. މިއީ ޙާލަތެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ﷲގެ ޙަޒުރަތުން ވާގިއެދެންޖެހެއެވެ. ޢިލްމު އިތުރުކޮށްދެއްވުމަށާއި ދަސްކުރަން ފަސޭޙަވުމަށާއި ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލެއްވުން އެދި ﷲ އަށް ދުޢާކޮށް ޒިކުރު ކުރަންޖެހެއެވެ. މިގޮތުން މިފަހަރު އަޅުގަނޑަށް ރުޤުޔާގެތެރެއިން ޢިލްމު އިތުރުވުމަށާއި، ދަސްކުރަން ފަސޭހަވުމަށާއި، ހިތްއަލިވުމަށާއި، ދަސްކުރާތަކެތި ހަނދާން ހުރުމަށް އެނގިފައިވާ ރުޤުޔާކޮޅެއް ޢިލްމު އުނގެނޭ އެންމެނަށް ހަދިޔާކުރަމެވެ. ﷲ ގެ ހަޒުރަތުން ވާގިއެދި ޢިލްމުގައި ކުރިއަރައި ދާބައެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ވުންއެދި ﷲ އަށް ދުޢާދަންނަވަމެވެ.

1-              މިތަން ކޮންމެ ދުވަހަކު 10 ފަހަރު ކިޔަވާށެވެ. ﷲ އިރާދަފުޅުން ޢިލްމު އިތުރުވެ ދަސްކުރަން ފަސޭހަވެ ހަނދާނުގައި ހަރުލާ ހުއްޓެވެ.              .
بِسَمِ اللهِ الرَّحْمَنِ الرَّحِيْمِ "فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ" (سورة الأنبياء 79) . ياَ حَيُّ يَا قَيُّومُ يَا رَبِّ مُوسَى وَ هَارُونَ يَا رَبِّ إِبْرَاهِيْمَ يَا رَبِّ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ اَكْرِمْنِيْ بِالْفَهْمِ وَارْزُقْنِيَ الْعِلْمَ وَالْحِكْمَةَ وَالْعَقْلَ بِحَقِّكَ يَا عَلِيْمْ. وَصَلَّى اللهُ عَلَى  مُحَمَّدٍ وَآلِهِ وَصَحْبِهِ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِيْنَ .

ތަރުޖަމާ: ފަހެ، ތިމަން ރަސްކަލާނގެ ސުލައިމާނުގެފާނަށް އެ ޙުކުމް ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކްމަތާއި ޢިލްމުދެއްވީމެވެ. އަދި ދާވޫދުގެފާނާއިއެކުގައި، ތަސްބީޙް ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމްންރަސްކަލާނގެ (އެހުރިހާކަމެއް) ކުރެއްވީމެވެ. (سورة الأنبياء 79). އޭ ދިރިދެމިވޮޑިގެންވާ ވެރި އިލާހު!، އޭމޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާކޮ!، އޭ އިބްރާހީމްގެފާނުގެ ވެރިރަސްކަލާކޮ!، އޭ މުޙައްމަދު (صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެފާނުގެ ވެރިރަސްކަލާކޮ! އޭރަޙްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާކޮ! އޭ މާތްﷲ! އިބަރަސްކަލާނގެ ރަޙްމަތްވަންތަކަމާއި ރަޙީމްވަންތަކަމުން، ޢިލްމުގެ ވެރި އިބަ ﷲގެ ޙައްޤުފުޅަށްޓަކައި ހެޔޮވިސްނުމުގެ މާތްކަން މިއަޅާއަށް ދެއްވާނދޭވެ!، އަދި މިއަޅާއަށް ޢިލްމާއި ޚިކްމަތްތެރިކަމާއި ބުއްދި ދެއްވާނދޭވެ. އަދި މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ.

މިތަން ކޮންމެ ދުވަހަކު 10 ފަހަރު ކިޔަވާށެވެ. ﷲގެ އިރާދަފުޅުން ޢިލްމު އިތުރުވެ ދަސްކުރަން ފަސޭހަވެ ހަނދާނުގައި ހަރުލާ ހުއްޓެވެ.

2-     ކޮންމެދުވަހެއްގެވެސް ފަތިސްނަމާދުކޮށްގެން 100 ފަހަރު رَبِّ زِدْنِيْ عِلْمًا  "މާނައީ: އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ ޢިލްމު އިތުރުކޮށްދެއްވާނދޭވެ!" މިފަދައިން ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އެމީހެއްގެ ޢިލްމު އިތުރުކުރައްވާ، ޢިލްމުގައި ކުރިއެރުންދެއްވާ ޢިލްމުގެ މަގުތަށް ތަނަވަސް ކޮށްދެއްވާނެއެވެ. މިއީ ކިޔަވާކުދިން ކުރުން ވަރަށް މުހިއްމު ޒިކުރެކެވެ. ސުކޫލަށް ދާއިރުގައްޔާއި، ކޮންމެ ފިލާވަޅެއް ފެށޭއިރުވެސް މެއެވެ. ﷲ ވޮޑިގެންވަނީ އެކަލާންގެއަށް ދުޢާދަންނަވާ އަޅުންގެ ދުޢާ އިޖާބަކުރައްވާ ދީލަތި ރަސްކަލާންގެ ކަމުގައެވެ.

3-     މިއާޔަތް ގިނަގިނައިން ކިޔެވުމުން ﷲ އިރާދަކުރެއްވިއްޔާ ހިތްއަލިވެ ދަސްކުރަންފަސޭހަވެ ހަނދާނުގައި ހަރުލައި ހުންނާނެއެވެ. މިއާޔަތް ގިނައިން ކިޔެވުމަށްފަހު އެގޮތަށް ދުޢާކުރާށެވެ.
اللَّهُ نورُ السَّمٰوٰتِ وَالأَرضِ ۚ مَثَلُ نورِهِ كَمِشكوٰةٍ فيها مِصباحٌ ۖ المِصباحُ فى زُجاجَةٍ ۖ الزُّجاجَةُ كَأَنَّها كَوكَبٌ دُرِّىٌّ يوقَدُ مِن شَجَرَةٍ مُبٰرَكَةٍ زَيتونَةٍ لا شَرقِيَّةٍ وَلا غَربِيَّةٍ يَكادُ زَيتُها يُضيءُ وَلَو لَم تَمسَسهُ نارٌ ۚ نورٌ عَلىٰ نورٍ ۗ يَهدِى اللَّهُ لِنورِهِ مَن يَشاءُ ۚ وَيَضرِبُ اللَّهُ
الأَمثٰلَ لِلنّاسِ ۗ وَاللَّهُ بِكُلِّ شَيءٍ عَليمٌ  ﴿سورة النور ٣٥﴾
މާނައީ: " اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

4-       މިއާޔަތް ކޮންމެ ދުވަހަކު ފަތިސްނަމާދަށްފަހު ގިނައިން ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ
ދަސްކުރާ ތަކެތި ހަނދާންނުނެތޭނެއެވެ.           .
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿ سورة الحجر ٩﴾
މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.

މިރުޤްޔާތަކަކީ ޢިލްމު އުނގެނޭ އެއްމެނަށްވެސް މުހިއްމު އަދި އެއިން ހެޔޮފައިދާ ލިބިގަންނާނެ ރުޤުޔާތަކެއްކަމުގައި އުއްމީދުކުރަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންގެ ޢިލްމު އިތުރުކުރައްވާށިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

މިލިޔުމުގެ ޕީ.ޑީ.އެފް ޑައުންލޯޑްކުރައްވާ !

ގުޅުންހުރި

11 ޚިޔާލު

  1. ދުވަސްވަރާއި ގުޅޭގޮތުން މިއީ ވަރަށް ފުރިހަމަ ލިޔުމެއް. ކިޔަވާކުދިންނަށްވެސް އެބެޖެހޭ މިފަދައިން ހޭލުންތެރިކުރަން އޭރުންތާ އެކުދިންގެ ހިތުގައި ޤުރުއާނާއި މެދު އޮތް އިތުބާރު ދެމެހެއްޓޭނީ.

  2. މުދައްރިސެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ މިފަދަ ލިޔުންތައް ފެނުމުން. އަޅުގަނޑުގެ ދަރިވަރުންނަށް މިލިޔުންވާނީ ހިއްސާ ކޮށްފައި. އެކުދިންނަށް އެހާ ގަބޫލެއް ނުކުރެވޭ މިފަދަ ‘ހަދިޔާ’ތަކެއް. ސަބަބަކީ އެކުދިންގެ ހިތުގައި ދީނާއި މެދު އިތުބާރެއްނެތް. ފުރަތަމަ ޖެހޭނީ އިއިތުބާރު ހޯދަން. ކޮންމެއަކަސް މިލިޔުން އަޅުގަނޑަށް ވަރަށް ބެސްޓް.

  3. ކިޔަވާ އެއްޗެހި ހަނދާން ނެތުމަކީ މިއަދުގެ ކުދިންގެ މެދުގައި ބޮޑު މައްސަލައެއް. ބެލެނިވެރިންވެސް ވަރަށް އުޅޭ އެކަމާ. މިލިޔުމުން ކޮންމެވެސް އުންމީދެއް އާވެއްޖެ. ޝުކުރިއްޔާ

  4. mil liyunthriyaa ge liyunthah fudhey vareh vey. kamu nudha kamaki liyunthah madhu vun. kureege liyunthakah balaairu eba huri varah beynuntheri mauloomathu. Gina fandithaverin hissa nukurey mikahala info. Sheikhunves varah nudhey mikahala mauloomathu…

  5. thibaa ah Allah heyo rahumai lavvaashi.aamin.

  6. ތިއީ ވަރަށް ރަނގަޅު ވާހަކައެއް. އިސްލާމް މާއްދާގެ މުޤައްރަރުގެ ތެރޭގައި ޤުރުއާނަކީ އޭގައި ޝިފާއާއި ރަޙުމަތް އެކުލެވިގެންވާ އެއްޗެއްކަމާއި، ސިޙުރު ހާހުރައާއި ރުޤުޔާ ޝަރުޢިއްޔާގެ ޙަޤީގަތް އޮންނަން އެބަޖެހޭ. ޙަޤީގަތުގައި ފަށާ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން މިކަންކަމުގެ ޙަޤީގަތާއި ޤުރުއާނުގެ މާތްކަމާއި ބަރަކާތާއި ފައިދާ ވާއެއްޗެއްކަން ދަސްކޮށްދީ ކުދިންގެ އަޤީދާ ހަރުދަނާ ކުރަން އެބަޖެހޭ. މުދައްރިސުންނަށް އަޅުގަނޑު ދަންނަވާނީ މިފަދަ ލިޔުންތައް ދަރިވަރުންނާއި ޙިއްސާކޮށް ފިލާވަޅުގެތެރޭގައި އެކި ގޮތްގޮތުން މިފަދަ މަޢުލޫމާތު ހިމެނޭ ލިޔުންތައް ބޭނުން ކުރައްވާށޭ. އަދި ކުދިންނަށް މިކަންކަން ވިސްނައިދެއްވާށޭ. އޭރުން ﷲ އިރާދަކުރެއްވިއްޔާ ޤުރުއާނަކީ ކިހާ ބާރުގަދަ މުއުޖިޒާތެއްކަން ކުދިންނަށް ޤަބޫލުކުރެވޭނެ ކަމަށް ފެނޭ.

  7. ތިއީ ވަރަށް ބޮޑު ތެދެއް ! އާއްމުކޮށް ދަންނަ މީހުން މިފަދަ ޢިލްމު ފޮރުވާފަ އޮތީމަ މިއަދު މިކަމުގައ ގިނަމީހުންގެ ޢަޤީދާ ބަލިކަށިވެފަ ޤަބޫލުނުކުރަނީ. އެމީހުންގެ ބުއްދިއަށް ޤުރުއާނުގެ މުޢުޖިޒާތް ތަޞައްވަރު ނުވަނީ. ލިޔުންތައް މަދުކަން ޤަބޫލުކުރަން. އެހެންނަމަވެސް ކަންތައްތައް ހުންނަގޮތުން އަޅުގަނޑަކީ ހަމައެކަނި ލިޔުންތެރިއަކަށް ވުރެ ބޮޑަށް ރުޤުޔާ ކުރުމުގައި އުޅޭ މީހަކަށް ވާތީ ވަގުތު އޮންނަވަރަކުން ހޭލުންތެރި ކުރުމަށްޓަކައި ލިޔަނީ. ވަގުތު ވީވަރަކުން ﷲ އިރާދަކުރެއްވިއްޔާ މުހިއްމު މިފަދަ އެތައް މަޢުލޫމާތެއް ޙިއްސާ ކުރާނަން.

  8. ވަރަށް ރަނގަޅު ވާހަކައެއް ތިޔަ ވިދާޅުވީ. ތައުލީމީ މަންހަޖަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ.

  9. ވަރަށް ބޮޑަށް ޝުކުރިއްޔާ. ލިޔުން ދޫކޮށް ނުލުން އެދެން. ވަރަށް ބޭނުންވޭ މިފަދަ މައުޟޫމާތުތައް. އެނގޭ ބިޒީ ވާނެ ވަރު. އެހެނަސް މިއީވެސް މުހިންމު ކަމެއްކަމަށް ދެކެން.

  10. ޝައްކެއްނެތްގޮތުގައި ކީރިތިގުރުއާނަކީ އެންމެ ބަރަކާތްތެރި އެންމެފައިދާހުރި އަދި ޙަޔާތުގެ ހުރިހައިރޮނގެއްގައިވެސް އެންމެ ކާމިޔާބު ލިބެނިވިގޮތް ބަޔާންކޮށްދޭފޮތެވެ. އަދި އެންމެ ރަނގަޅަށް ކަންކުރަންވީގޮތުގެ އިރުޝާދު އަޅުގަނޑުމެންނަށް ދެއްވާފައިވަނީ ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމްއެވެ. މިއަގުހުރިހަދިޔާގައި އެބަޔާންކުރައްވާފައިވާ ޢަދަަދަށް އެތަންތަން ވިދާޅުވުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވޭތޯ؟

  11. މި ލިޔުމުގެ PDF އެއް ނުފެނުނު. ލިބޭނެގޮތް ހައްދަވައިދެއްވިދާނެތޯ. ދަރުމަހުރި

Your email address will not be published. Required fields are marked *

More in ރިޕޯޓް