ރިޕޯޓް

އިސްލާމިކް މިނިސްޓަރގެ އަނބިކަނބަލުންނާއި ގުޅޭ ކުންފުނީގެ ޙަޤީޤަތް

އިންޑިޔާގެ މަޝްހޫރި ވިޔަފާރިވެރިޔާ ފައިރޫޒް ފުރަތަމަ މާލެވަޑައިގެންނެވީ 2012 ވަނަ އަހަރުގެ ތެރޭގައި އޭސީސީގައި މަސައްކަތްކުރި ލޯޔަރުންތަކަކާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމަށެވެ. އޭސީސީގައި ވަޒީފާގައި އުޅުނު ލޯޔަރެއްކަމުގައި ވާ ޢަލީ އާޒިމު ނަމަކަށް ކިޔާ ލޯޔަރަކު، އެމެރެއިޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ގުޅިގެން ފައިރޫޒް މާލެ ގެނައެވެ. މާލެ ގެނެސް ފައިރޫޒް ގޮވައިގެން އިސްލާމިކް މިނިސްޓްރީއާއި ފައިނޭންސް މިނިސްޓްރީއާއި އަދި ދައުލަތުގެ އެކި މުއައްސަސާތަކަށް ދިޔައެވެ.

ފައިރޫޒައް އިސްލާމިކް މިނިސްޓަރ އެކީ އެޕްއިންޓްމަންޓް ހަމަ ޖައްސަވައި ބައްދަލު ކުރުވިއެވެ. މި ބައްދަލުވުމަށް ވެސް އެލޯޔަރުން އައިސްފައިވެއެވެ. ކޮންމެ އަކަސް އެލޯޔަރުން އެކި ފެންވަރުގައި ފައިރޫޒާއެކީ ވިޔަފާރީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް އެކުލަވާލިއެވެ. އިސްލާމިކް މިނިސްޓަރގެ ފަރާތުން ފައިރޫޒަށް އިޙްތިރާމާއެކީ މުޢާމަލާތުކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީއަށް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވީއިރު، އެކި ގޮތްގޮތުން ފައިރޫޒްގެ އެހީތެރިކަން މިނިސްޓްރީ އަށް ދެއްވަން ނިންމެވުމާ ގުޅިގެންނެވެ. އޭސީސީގައި ވަޒީފާގައި އުޅުނު ލޯޔަރުންގެ ކަންތައް ހުރިގޮތުން އިތުބާރު ނުކުރެވޭތީވެ، ފައިރޫޒް އޭނާގެ ގާތް މީހުންނާ އެވާހަކަ ދައްކަމުން ދިޔައެވެ. އަދި އެމީހުން ދޫކޮށްލަން ޤަސްތުކުރާ ކަމަށާއި ފަސްޓް ކްލާސް ލޯފާމެއް ހޯދުމަށް އެދުނެވެ. އަދި މިގޮތުން އަވަންޓް ގާޑް ލޯޔަރސް އަކީ ރާއްޖޭގައި އޭނާގެ ލޯޔަރުކަމުގައި ހަމަޖެއްސިއެވެ. އަދި އެލޯފާމް މެދުވެރިކޮށް އޭނާގެ ކުންފުނި އުފެއްދުމުގެ މަސައްކަތް ކުރިއެވެ.

ކުންފުނި އުފެއްދި މަރްޙަލާގައި އޭގައި ދިވެއްސެއްގެ ޙިއްސާ އޮންނަން ޖެހޭ ކަން އެނގުމުން އެކަން އިސްލާމިކް މިނިސްޓަރ އަށް ހުށައެޅިއެވެ. އިސްލާމިކް މިނިސްޓަރ ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި ވަޒީރަކަށް ހުންނަވައިގެން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަވަން ބޭނުން ނުވާކަމަށާއި، އިސްލާމިކް މިނިސްޓްރީއާ ފައިރޫޒް ބަހައްޓަވަމުން ގެންދަވާ ގުޅުމަށްޓަކައި މިނިސްޓްރީ އަށް ކޮށްދެވެން އޮތް ކަމެއް ދިވެހިރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ފައިރޫޒް ވިދާޅުވެފައިވަނީ އޭސީސީގައި އުޅުނު ލޯޔަރުންނާއި އެހެން ބައެއް ދިވެހިންގެ ފަރާތުން އޭނާ އަށް މެދުވެރިވީ އިހާނެތިގޮތެއްކަމުގައްޔާއި މީހުންނަށް އިތުބާރު ނުކުރާ ކަމަށެވެ. އަދި މޮރިޝެސްގައި އުޅޭ އޭނާގެ ގާތް އިންޑިޔާގެ ޢާއިލާއަކާ ވެސް އިސްލާމިކް މިނިސްޓަރގެ އަނބިކަނބަކުންގެ ޢާއިލާއާ ގުޅުންވެސް އޮންނާތީ އިތުބާރުކުރުމުގެ ގޮތުން ޢާފިޔާގެ ނަމުގެ ހިއްސާއެއް އޮންނަ ގޮތަށް ކުންފުނި ހެދުމަށް ފައިރޫޒް ލޯފާމަށް ހުށައެޅިއެވެ. ވަޒީރެއްގެ އަނބިކަނބަލުން ބޭރު މީހަކާއެކީ ވިޔަފާރި ކުރުމަށް ކުންފުންޏެއް ހެދުމަކީ ޤާނޫނުގައި މަނާކަމެއްކަމުގައި ލޯފާމަށް ވެސް އެނގިފައިނުވެއެވެ. މިގޮތުން ކުންފުނި ރެޖިސްޓަރ ކުރެވުނެވެ. ނަމަވެސް ވިޔަފާރިކުރުމުގެ ލައިސަންސެއް އަދާހަމައަށް އައިއިރު ވެސް އެކުންފުނިން ނަގާފައި ނުވެއެވެ. ވިޔަފާރި ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނުވެއެވެ. އެކުންފުނީގެ އެއްވެސް ވިޔަފާރިއެއް ރާއްޖޭގައި އަދާހަމައަށް ވެސް ފަށާފައި ނުވެއެވެ. އަދި ވަޒީރެއްގެ ޢާއިލާއިން ބިދޭސީއަކާ ހިއްސާވާ ގޮތައް ވިޔަފާރީގެ މުޢާމަލާތެއް ހިންގުމަކީ ޤާނޫނުގައި މަނާކަމެއްކަމުގައި ބުނެފައިވާ ކަމަށް އެނގުނު ހިސާބުން 2013 ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު އެކުންފުނީގެ ބޯޑުންވަނީ ފާޠިމަތު ޢާފިޔާގެ ޙިއްސާ އުނިކުރަން ނިންމައި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އަށް އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީ އިންވަނީ 11 ފެބްރުއަރީ 2013 ގައި ހުށަހެޅި ނިންމުން ބަލައިގަނެ ރަސްމީކޮށް ޢާފިޔާގެ ޙިއްސާ ބަދަލުކޮށް ރަސްމީކޮށް އެކަން އަންގާފައިވެއެވެ. ބޯޑުން އެނިންމުން ނިންމާފައިވަނީ އޭސީސީން މި މައްސަލަ ބަލަން ފެށުމުގެ ކުރިންނެވެ. ޢާފިޔާގެ ޙިއްސާ އަނބުރާ ގެންނަވާފައިވާ ކަމުގެ ރަސްމީލިއުން ވެސް ވަނީ ފަހުން އޭސީސީ އަށް ފޮނުވާފައެވެ. އަދި މިހާރު އެކުންފުންޏަކީ ޢާފިޔާ އާ އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏެއްނޫނެވެ.

މިގޮތައް މިކަމުގައި ހުރިހާ ކަމެއް ސާފު ކޮށް އެނގެން އޮތް އިރު ވެސް މިކަމަކީ އޭސީސީގައި މަސައްކަތް ކުރަމުން ދިޔަ ލޯޔަރުން ތަކެއް ފަހަތުގައި ތިބެގެން ބަދަލު ހިފުމުގެ ގޮތުން ހިންގަމުން ދިޔަ ކަމެއްކަމުގައި ތުހުމަތު ކުރެވެއެވެ. ނަމަވެސް ފަހުން އެ ލޯޔަރުން ވަނީ އޭސީސީ އިން ވަކިވެފައެވެ. މި މައްސަލަ އޭސީސީ އަށް ހުށައެޅީ އެ ލޯޔަރުން ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނަކީ އާ ޤާނޫނު އަސާސީ އައުމުގެ ކުރީގެ ޤާނޫނެކެވެ. އާ ޤާނޫނު އަސާސީއާ އޭގައި ވާ މާއްދާތަކާ ފުށުއަރައެވެ. މިގޮތުން ޤާނޫނު އަސާސީގައި ވަޒީރުންގެ ގެ މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ބާބުގައިވަނީ ވަޒީރުންނަށް ޢަމަލީ ގޮތުން ވިޔަފާރީގައި ނޫޅެވޭނެ ވާހަކައެވެ. ފަހަރެއްގައި ވެސް ޢާއިލާގެ ވާހަކަ އެއްނޯވެއެވެ. އަދި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުން ޤާނޫނު އަސާސީއާ ޚިލާފުވާ މާއްދާތައް ހުންނާނީ ބާޠިލްވެފައެވެ. އަނެއްކޮޅުން ޢާފިޔާގެ ޙިއްސާ އަނބުރާ ނަގާފައިވާ އިރު، އަދި އެކަން އޭސީސީ އަށް ރަސްމީކޮށް އެނގިފައިވާއިރު، އަދި ވިޔަފާރި ކުރުމުގެ ލައިސަންސެއްވެސް ނެތް، އަދި ވިޔަފާރި އެއް ވުޖޫދުގައި ވެސް ނެތް ކުންފުންޏެއްގެ ކަންތަކުގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިކަނބަލުން ގެ މައްޗައް ދަޢުވާކުރަން މި ދަނޑިވަޅުގައި ފޮނުވުމުގައި ފަހަތުގައި ވަނީ ކޮން ސިއްރެއްބާވައެވެ؟

ގުޅުންހުރި

8 ޚިޔާލު

  1. މިނިސްޓަރުގެ އަގުވައްޓާލަން ބަޔަކު ރާވައި ހިންގާ ކަމެއް ކަމަށް ބެލެވޭ. ހިއްސާ އޮތުން އަދި އެއީ ވިޔަފާރި ކުރުމެއް ނޫން. ވިޔަފާރި ހިންގުމުގައި އަމަލީގޮތުން ބައިވެރި ނުވާނަމަ އެކަމުގައި އުޅުނު ކަމަކަށް ނުވާނެ،

  2. ތިޔަބުނާ އޭސީސީގެ މައްސަލަ އެންމެ ފުރަތަމަ ބަލަންވީ. ކަރަޕްޝަނުން ފުރިފަ. ތިޔަކުރައްވާ ޒިންމާޗދާރު ނޫސްވެރިކަމަށް ފަށްފަށުން ޝުކުރިއްޔާ

  3. ކޮބާ ސީލެވިއްޖެ

  4. އޭސީސީ ޖީއެމް އާރާއެކުވި އެއްބަސްވުމާގުޅޭގޮތުން އެކުލަވާލި ރިޕޯރޓުން މި މީހުންގެ ހާލަތު މާރަނގަޅަށް ވެސް ދިވެހިންނަށް ހާމަވެފައިވަނީ

  5. ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނަ އަދު އުވައެއްނުލާ. އިސްލާހެއް ނުކުރޭ. ކޯޓަކުން ތައާރަޒުވާކަމަކަށް ނުބުނޭ. އެހެންކަމުގައިވާނަމަ. ޣެ ގާނޫނާ ހިލާފު ވާކަމަށް ތަހުގީގަށް ފެންނާތީތާ އެއޮތީ ޕީޖީއަށް ފޮނުވާފައި.

  6. ލޯޔަރުންގެ ލޯކަނުކަން ސާބިތުވެ އަމިއްލައަށް ބޭޒާރުވުމުގެ އިތުރުން ރާއްޖޭގެ ލޯޔަރުންނަކީ ގޮތެއްނެއް ބަޔެއްކަން ސާބިތުވެގެންދާ ތިޔަކަމުގެ ސިއްރުދަންނައެވެ. ސިއްރުގެ ކުރިން ލޯޔަރުންގެ ވާހަކަ ދެކެވިފައިވާތީ އެވާހަކައަށް ނުކުތާއެއް ލިޔަމެވެ. މީހަކުއައިސް ލޯޔަރުގެ ކައިރީގައިއިން މީހަކު މަރާލިކަމުގައިވިޔަސް އެޤާތިލުކަލޭގެ ދޭންބުނާ އަގަށްބަލައި އޭނާގެ ދިފާއުގައި ވަކާލާތުކުރާނީ މަޤުތޫލުގެ ކައިރީގައި އިން އިއްޒަތްތެރި ލޯޔަރެވެ. މިމަންޒަރު ރާއްޖޭގައި ލޯޔަރުންގެ ކިބައިން ފެނިގެންނުދޭހެއްޔެވެ؟ މިއީ ދުނިޔޭގައިވެސް މިކަން އޮތްގޮތެވެ. ހުޅަނގުގެ ޑިމޮކްރަސީގެ ތެރެއިން އުފެދޭނެ ލޯޔަރުންނަކީ ޙާދިޡާއުފައްދާފައި އިންކަމް ހޯދަންދަންނާނެވެ ބަޔެކެވެ.

  7. އޭސީސީން އަންނިއާއި ދެކޮޅު އެއްޗެން ނެރޭއިރަށް ހަމަ އެ އޯކޭ، އެކަމު މިމީހުނާއި ދެކޮޅަށް ބަހެއް ބުނެފިޔާ އޭސީސީވެސް ދީނުން ބޭރުވީ ބޮޑެތި ބާގީންނަށް ލައުނަތް ލެއްވުން އެދި ދުއާކުރަން

  8. ވަރަށް ބޮޑަށް އޮޅުވާލެވިފަ. އެ ލޯޔަރުންނެއް ނޫން. އާޒިމް ވަކުކުރީ. ވަކިވިއްޔެއް ނޫން.

Your email address will not be published. Required fields are marked *

More in ރިޕޯޓް