ރިޕޯޓް

ޔަހޫދީންގެ ފަރާތުން ލޮލެއް ބޭނުމީ ކާކު؟

"އައި ފުރޮމް ޒިއޮން" އަކީ " އައި ފުރޮމް ޒަޔަނިސްޓު" އެވެ. މާނައަކީ ޔަހޫދީންގެ ފަރާތުން ލޮލެއް މި މާނައެވެ. އަނެއް މާނައަކީ އަހަރެންނަކީ ޔަހޫދީންގެ ތެރެއިންވާ މީހެކެވެ. އެއީ I from Zionist އެވެ. ނަމަވެސް އެމީހުންގެ އަސްލު ނަމަކީ Eye from Zio އެވެ. ޔަހޫދީންނަކީ އަބަދުވެސް އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގައި އެއްވަނައެވެ. އެހެންކަމުން މިނަން ނެގުމުގައިވެސް އެމީހުން ބޭނުންކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ނަމެއްކަން ވިސްނާލައިފި ކޮންމެ ބޭފުޅަކަށްވެސް އެނގޭނެއެވެ.

މި ޖަމާޢަތަކީ 2007 ވަނަ އަހަރު އިސްރާއީލުގެ ވިޔަފާރިވެރިޔެއް ކަމަށްވާ ނަޓި މާރކަސް އުފައްދާފައިވާ ޖަމާޢަތެކެވެ. މިޖަމާޢަތް އުފެއްދުމުގެ ބައެއް މައިގަނޑު އަމާޒު ތަކަކީ

1. ދުނިޔޭގެ ކޮންމެ ތަނެއްގައިވާ އެހީއަށް ބޭނުންވެފައިވާ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ސިއްހީ އާލާތްތަކާއި ސިއްހީ ޓީމްތައް ފޮނުވުން.

2. އިޒްރޭލަށާއި ޔަހޫދީންނަށް ހެޔޮއެދޭ މީހުންތަކެއް ދުނިޔޭގައި އުފެއްދުން (ނުވަތަ އިޒްރޭލަށް ހެޔޮ ދުޢާ ކޮށްދޭނެ އެމްބެސެޑަރުންތަކެއް ދުނިޔޭގެ ކަންކޮޅުތަކުގައި އުފެއްދުން)

3. ތަރައްޤީ ވަމުންދާ ޤައުމުތަކުގެ ސިއްހީ ޓީމްތަކަށް އެހީތެރިކަމާއި މަޢުލޫމާތު ފޯރުކޮށްދިނުން

4. މި ޖަމުޢިއްޔާ އަބަދުވެސް އެހީ ބޭނުންވާ މީހުންގެ އަތްފޯރާ ފަށުގައި އެންމެ ފުރިހަމަ ސިއްހީ ހިދުމަތް ދިނުމަށް ތިބޭނެއެވެ. ހަމައެޔާއެކު މިޖަމުއިއްޔާއިން ޚިދުމަތް ދެމުން ދާނީ ޔަހޫދީ ދައުލަތާއި ޔަހޫދީންގެ އިންސާނިއްޔަތުކަމުގެ މަތިވެރި މެސެޖު އެބައިމީހުންނަށް ފޯރުކޮށްދެމުންނެވެ.

މަތީގައިވާ ލަނޑުދަނޑިތަކަކީ މިޖަމުއިއްޔާގެ ލަނޑު ދަނޑިތަކެވެ. ވިސްނާލުމުން މިބައިމީހުންގެ ލަނޑުދަނޑިތައް މާ ރަނގަޅަށްވެސް އެނގޭނެއެވެ. ފުރަތަމަ ކަމަކީ މިބައިމީހުންގެ ބޭނުމަކީ އިޒްރޭލުގެ ހަޑިވެފައިވާ ސޫރަ މީސްތަކުންގެ ކުރިމަތީގައި ރީތިކޮށް އިޒްރޭލަށް ހެޔޮއެދޭނެ ބަޔަކު ދުނިޔޭގެ ކަންކޮޅުތަކުގައި އުފެއްދުމެވެ. މިއިން އެނގެނީ އިޒްރޭލު އަމިއްލަ ނަފުސަށް އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބުން ލިބެމުންދާ މީސްތަކުންގެ ރުޅި އިހުސާސްކުރެވެމުންދާ ކަމެވެ. އަދި އަނެއްކަމަކީ އެންމެ ފަސޭހައިން އިޒްރޭލަށް މިފަދައިން ހެޔޮއެދޭ މީހުން ހޯދަން ފަސޭހަވާނީ ފަގީރުގައުމުތަކަށް ގޮސްގެން އެހީދީގެން ކަމަށްވާތީއެވެ.

ދެން އިޒުރޭލުގެ މަތިވެރި އިންސާނިއްޔަތުކަމާއި އެމީހުންނަކީ ކޮން ފެންވަރެއްގެ ބަޔެއްކަން ދުނިޔެއަކަށް އޮޅިފައެއް ނޯންނާނެއެވެ. މި ޖަމުއިއްޔާއަކީ މީސްތަކުންނަށް ތިހާ ހެޔޮއެދޭ ބަޔަކު ނަމަ ފަލަސްތީނުގައި ސިއްހީ ހިދުމަތް ނުލިބިފައި ތިބި އެތައް ހާސްބަޔަކަށް އެހީއެއް ވިއްޔާ މާ ރަނގަޅުވާނެއެވެ. ނަމަވެސް އެމީހުންނަކީ މުސްލިމުންގެ ދުސްމަނުން ކަމަށް ވީ ހިނދު އެބައިމީހުން ދަނީ މުސްލިމުން މަރަމުން މުސްލިމުންނަށް ތަފާތު ގޯނާތައް ކުރަމުންނެވެ. އެންމެ ފަހުން ކުރި ގައްޒާ ހަނގުރާމައާއި އަދި މިހާރުވެސް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ފޮރުވާ އިޒްރޭލުގެ ނަން ރީތިކުރުމަށް މިބައިމީހުން މަސައްކަތް ކުރަމުން ދާ އިރު އަހަރެމެން މުސްލިމުންނޭ ކިޔާފައި މިމީހުންނަށް އަތް ޖަހަން ވީ ހެއްޔެވެ؟

އަސްލު މައްސަލައަކީ ދިވެހިންގެ ތެރޭގައިވެސް މުސްލިމު ނަންކިޔާ މުސްލިމު ކަމަށް ހެދިގެން ތިބި ފޮރުވިފައި ތިބި ޔަހޫދީން ތިބި ކަމެވެ. އެހެނީ ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރުއާނުގެ އެންމެ ފަހު އާޔަތުގައި ޝައިތާނުން ވަނީ ޖިންނީންނާއި އަދި އިންސާނުންގެ ތެރެއިން ކަމަށް އަންގަވާފައި ވެއެވެ. ނަމަވެސް އަހަރެމެންނަށް އިންސާނުންގެ ތެރެއިން ޝައިތާނުން ފެންނާކަށް ނުތިބެއެވެ. އެމީހުންގެ ޝައިތާނީކަން ވަނީ އެބައިމީހުންގެ ހިތްތަކުގަޔާއި އަމަލުތަކުގައެވެ. ހަމަ މި ބީދައިން ދިވެހިރާއްޖޭގައިވެސް ޔަހޫދީންނަށް ލޯބިކުރާ ހިތުގައި ޔަހޫދީކަމާއި ޢަމަލުތަކުގައި ޔަހޫދީކަން ވާ ނަމުގައި މުސްލިމުން އެބައުޅެއެވެ. އެބައިމީހުން އިޒްރޭލުގެ ނަން ރީތިކުރަން އެހީތެރިވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. މިފަދަ ދވެހި ޔަހޫދީން ހަރަކާތްތެރިވަނީ ސަރުކާރުގެ ތެރޭންނާއި އަދި އެކި ޖަމްއިއްޔާތަކުގެ ނަމުގައެވެ. ޙަޤީޤަތުގައި ކުށްވެރިކޮށް ނޫސްބަޔާން ނެރެ އަޑުއުފުލަންވީ މިދިވެހި ޔަހޫދީންނާއި މެދުއެވެ. މުޒާހަރާ ކުރަންވީ މިމީހުންނާއި ދެކޮޅަށެވެ. މިފަދަ ބަޔަކު ދިވެހިރާއްޖޭގައި ތިބޭކަމީ ދިވެހި ދިދައަށް ހުރި ނުރައްކަލެކެވެ. ލަދެކެވެ.

ދިވެހިރާއްޖެ މިނިވަން ވަތަނެއްގެ ގޮތުގައި މިހާ ހިސާބަށް ގެނެސްދިން ވަޙުދަތަކީ އިސްލާމްދީނެވެ. ދިވެހި ތާރީޚޭ ދިވެހި ޤައުމޭ ކިޔާފައި އަނގަފުޅުތައް ތައްމިނަށް ހުޅުއްވާ ބޭފުޅުންނަށް މިޙަޤީޤަތް ނޭންގެނީއަކީ ނޫނެވެ. މިހާ ހިސާބަށް ދިވެހި ޤައުމު ގެނެސްދިން މި ފެކްޓަރއަށް މިއަދު ދިވެހި ވަތަން ހިންގަވާ ބޭފުޅުން ދެއްވާ މުހިންމުކަން ހާދަކުޑަވެއްޖެއެވެ. އެއްވެސް ހާލެއްގައި ބޮޑު ތަކުރުފާނާއި އަލިރަސްގެފާނާއި ހުރާ ދޮންބާޑަރައިން ޖިހާދުކުރެއްވީއަކީ މިފަދަ ޔަހޫދީ ދިވެހިރާއްޖެއަކަށް މިދީބު ހަދާކަށް ނޫނެވެ. ދިވެހި ވަތަނުގެ ދިވެހިވަންތަކަމާއި އިސްލާމްދީން ހިމާޔަތްކޮށް އިސްލާމްދީނަށް ނަޞްރުދިނުމަށެވެ. ޕޯޗުގީޒުން އަރަން އުޅުނު ރޭ އަލިރަސްގެފާނަށް އެކަލޭގެފާނު އަނބިކަނބަލަކު ދެންނެވި ކަމަށްވެއެވެ. މިއުޅެނީ މާދާމާގެ ހާލެއް ނޭންގޭ ވަރުން ނުނިދިގެންނެވެ. އެއަށް އަލިރަސްގެފާނު ދެއްވި ޖަވާބު މިއަދު އަޅުގަނޑުމެންގެ ވެރިން ހަނދުމަ ނުކުރަނީ ކީއްވެބާއެވެ؟ އެބޭފުޅާ ވިދާޅުވީ "ތިމަންނާ މިއުޅެނީ މާދާމާގެ ހާލު އެނގޭ ވަރުން އުފަލުން ނުނިދިގެންކަމަށެވެ. އެއްގޮތަކީ ނަޞްރު ލިބުމެވެ. އަނެއްގޮތަކީ ޝަހީދުވުމެވެ. މިއަށްވުރެ ވަކި މޮޅުކަމެއް ލިބޭނެ ހެއްޔެވެ؟" މިފަދަ ހާލެއްގައި ދިވެހިގައުމު މިހާ ހިސާބަށް ގެނެސްދިން އިސްލާމްދީނުގެ މަތިން މިއަދު ހަނދާން ނައްތާލައި ބޮލާލައި ޖެހުމަކީ އަޅުގަނޑުމެން ދިވެހިންނޭ ބުނާނަމަ ލަދުގަންނަން ޖެހޭނެ ކަމެކެވެ. އިސްލާމްދީނަށް ދިވެހިން ދަރާފައިވާ ދަރަނި ބޮޑެވެ. ދިވެހިންނަށް ދިވެހި އަކުރެއް ލިބި ދިވެހިން ދިވެހިންނަށް ވީ އިސްލާމްދީނުގެ ސަބަބުންކަން މި ބައިމީހުންނަށް ނޭންގެނީ ބާއެވެ. ރާއްޖެ ދޫކޮށް އެކިގައުމުތަކުގައި ތިބެ އިސްލާމްދީން ދޫކޮށް ދީނަށް މަލާމަތްކުރާ މީހުންނާއި އަދި ރާއްޖޭގައި ތިބެގެން މިކަން ކުރާ މީހުންނަށް ދީނަށް މަލާމާތް ކުރެވޭނަމަ އެއީ އެބައިމީހުންގެ ލަދުކުޑަކަމާއި ޖާހިލުކަމެވެ. އެހެނީ މި ވަތަނުގައި އިސްލާމްދީނުގެ މަޤާމު އިނގޭނަމަ އެބައިމީހުން އިސްލާމްދީނަށް ނުރުހުން ވީ ކަމުގައިވީ ނަމަވެސް އެދީނަށް ހުރުމަތްތެރިކޮށް ހިތީހެވެ.

ވީމާ ކޮންމެ ދިވެއްސަކުވެސް ބަލަންވީ މިފަދަ ކުޑަ ފައިދާ އަކަށްޓަކައި މިފަދަ ލާއިންސާނީ ބަޔަކު ބޮއިކޮޓު ކުރެވޭތޯއެވެ. އަމިއްލަ އެދުމަކަށްޓަކައި ދޭ ހިލޭ އެހީއެއް ދީނުގެ އަޤީދާ ވިއްކާލާފައި ލިބިގަންނަން ހެޔޮވާނެތޯއެވެ. މި ޖަމިއްޔާ އައުމުގެ ކުރިން ވިސްނަވާށެވެ. ދީނާއި އަޤީދާ ވިއްކާލާފައި ޔަހޫދީންގެ ހެޔޮ މަކަރުވެރިކަން ލިބިގަނެ އެމީހުނާއި އެކުގައި ވާ މީހަކަށް ވާނީތޯ ނުވަތަ ﷲއާއި އެއިލާހުގެ ރަސޫލާއަށް ނަޞްރުދޭ އަދި މުސްލިމުންނަށް ލޯބިކުރާ މީހަކަށް ވާނީތޯ ވިސްނަވާށެވެ. ޔަހޫދީ ލޮލެއް ލިބުމުގެ ކުރިން ޔަހޫދީ ހިތެއް ލިބުމުގެ ކުރިން މުސްލިމު ލޮލަކާއި މުސްލިމެއް ހިތެއް ހިޔާރުކުރާނީތޯ ވިސްނަވާށެވެ.

އަހަރެން ގައިމުވެސް ހިޔާރުކުރާނީ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައާއި އެ އިލާހުގެ ރަސޫލާއަށް ލޯބިކުރާ މުސްލިމުންނަށް ނަޞްރު ދެވެން އޮތް މަގެވެ. އޭ ލޯބިވާ އަޚާއެވެ. ގާތްތިމާގެ މީހުންނަށާއި އަދި އެކުވެރިންނަށާއި އީމެއިލާއި އެސް އެމް އެސްއިންނާއި އަދި ފޭސްބުކާއި ޓުވިޓަރ ބޭނުންކޮށްގެން މި ޖިހާދުގައި ބައިވެރިވާށެވެ. ފަލަސްތީނުގެ ލޭ އޮހޮރެމުންދާ ތުއްތު ތުއްތު ކުދިން ތިބާއަށް މަލާމަތްކޮށް ހީ ނުހަދަނިސް މަންމަގެ ބަނޑުގައި އޮއްވައި ޝަހީދުވަމުންދާ އެކުދިންތަކުގެ ޙައްޤުގައި، އިޒްރޭލުގެ ޖަލުތަކުގައި އިއްފަތް ފޭރިގަންނަމުންދާ ފަލަސްތީނުގެ އަންހެންކަނބަލުންގެ ހައްޤުގައި ޔަހޫދީންނަށް "ނޯ" ބުނާށެވެ. ކަތިލެވެމުންދާ ފަލަސްތީނުގެ މުޖާހިދުންގެ ޖިހާދުގައި ބައިވެރިވުމަށް ތިބާއަށް ލިބުނު ފުރުޞަތުގައި ތިބާގެ މަންމައާއި ތިބާގެ ދައްތައާއި ތިބާގެ ދަރިން އިޒުރޭލުގެ އެއްވެސް ބަޔެއްގެ ގާތަށް ނުފޮނުވުމަށް އަޒުމްކަނޑައަޅައި އަވަހަށް އެކަމަށް ވަސިއްޔަތްކުރާށެވެ..

ތިރީގައި މިވާ ދެ އާޔަތަށް ވިސްނަވާށެވެ.

”وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ ... “ ”އެބައިމީހުންނާއި ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބާރެއް، ތިޔަބައިމީހުން ތައްޔާރުކުރާށެވެ. އަދި ހަނގުރާމައިގެ އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ. އެއީ ﷲ ގެ ޢަދުއްވުންނާއި އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަށް ބިރުދެއްކުމަށްޓަކައެވެ...“
لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ [ سورة المائدة 82 ] ” ) މީސްތަކުންކުރެ ޢަދާވަތްތެރިކަން އީމާންވީ މީހުންނަށް އެންމެ ބޮޑުވާނެ ބަޔަކީ ޔަހޫދީންކަމުގައި ހަމަކަށަވަރުން ކަލޭގެ ފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި މުޝްރިކުންވެސް މެއެވެ. އަދި އީމާންވީމީހުންނަށް ރަޙްމަތްތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ ތިމަންމެންނީ ނަޞާރާއިންނޭ ބުނި މީހުންކަމުގައި ކަލޭގެފާނު ހަމަކަށަވަރުން ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި راهب ން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ. “

ޙަވާލާ;
ކީރިތި މޫރިތި ޤުރުއާން
އައިފުރޮމް ޒިއޯ ގެ ވެބްސައިޓު
ދިވެހިތާރީހު: ބޮޑުތަކުރުފާނު ވާހަކަ

ގުޅުންހުރި

2 ޚިޔާލު

  1. އިންޒާރު: އިޒުރޭލުގެ ޑަކުޓަރުން ދިވެހިންގެ ގުނަވަންތައް ވަގަށް ގެންދިޔުމަކީ އެކަށީގެންވާކަމެކެވެ!
    ވީމައި ހުރިހާ ދިވެހިން މިކަމަށް ސަމާލުވުމަށް ގޮވާލަމެވެ! އަދި ގެންނަ އިޒުރޭލުގެ އެއްވެސް ޑަކުޓަރެއްގެ ކިބައިން ޚިދުމަތް ނުހޯދުމަށް ގޮވާލަމެވެ! އަދި ދައްކާ ޑަކްޓަރަކީ ކޮން ގައުމެއްގެ ކޮން ޑަކްޓަރެއްކަން ޔަޤީން ކޮށްފައި ނޫނީ ނުދެއްކުމަށް ގޮވާލަމެވެ! އަހަރުމެންގެ ސަލާމަތައްޓަކައެވެ! އިސްލާމީ ޢަޤީދާ ސަލާމަތް ކުރުމައްޓަކައެވެ. ޔަހޫދީންނަކީ ވ ނުބާ ބަޔެކެވެ.

  2. ދުނިޔޭގެތާރީހު ދިރާސާކުރަށްވާ ދިވެހިރާސްޖެއަށް ޕޯޗުގީޒުން އެރިއިރު އެގައުމުގަވެރިކަންކުރީކޮންބައެއްތޯ އެއިރު ޕޯޗުގީޒުދައުލަތުގެ ބޮޑުންނަކީޔަހޫދިންނައްވިކިގެންއުޅުބައެއް މިބައިމީހުންއަބަދުވެސްދަނީމިތަނަށްފާރަލަމުން ޕޯޗުގީޒު ދައުލަތް އެއިރުގެ އިނދަޖައްސާލީ ކުރިސްޓިޔަންމިޝަނަރީތަކުގެރޭވުމަކުން މުޅިހުޅަގުގެހުރިގހާދައުލަތްތަކުގެ އެހީގަ މިކަންއެދުވަސްވަރުގެ ޕޯޗުގީޒުގެތާރީހުރަގަޅަށްބައްލަވައިފިއްޔާފެންނާނެ ގަމުގެދަރީންނޭ ކިތައްމެރަގަޅުކަމަށް މޫނުދެއްކިޔަސް ޔަހޫދީންވާނީ ހަމަޔަހޫދީނަނަށް

Your email address will not be published. Required fields are marked *

More in ރިޕޯޓް