ސަލާމާއި ޞަލަވާތް ލެއްވެވި މާތް ނަބިއްޔާ، މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރައްސާރަކޮށް ހަދާފައިވާ ފިލްމުގެ ޕްރޮޑިއުސަރާ ދެކޮޅަށް އެފިލްމުގެ ބަތަލާ އެމެރިކާގެ ލޮސް އެންޖަލިސްގެ ސުޕްރީމް ކޯޓުގައި ދަޢުވާކޮށްފިއެވެ.
“އިނޮސެންސް އޮފް މުސްލިމްސް” ނަމަކަށް ކިޔާ މިހަޑިމުޑުދާރު ފިލްމުގެ ބަތަލާ ސިންޑީ ލީ ގާސިއާ ބުނެފައިވަނީ ފިލްމުގެ ޕްރޮޑިއުސަރ ނަކޯލާ ބާސިލީ ނަކޫލާ ނުވަތަ ސޭމް ބަސީލީ އެފިލްމު ކުޅުވާފައިވަނީ އޭނާއަށް އޮޅުވާލާއިގެންކަމަށެވެ. މިފިލްމުގެ ހަޤީޤީ މަގްސަދު ވަނީ އޮޅުވާލެވިފައެވެ. އަދި ވަރަށް ގިނަ ބައިތަށް ވަނީ ބަދަލުގެނެވިފައިކަމަށް ވެސް އޭނާ ހާމަކުރިއެވެ.
އެފިލްމަކީ އެއްގޮތަކަށްވެސް އިސްލާމްދީނަށް ފުރައްސާރަކުރުމަށް ހަދާފައިވާ ފިލްމެއްކަމަށް ފިލްމު ކުޅުނު އިރު އެނގިފައިވާ ނުވާކަމަށް އޭނާ ހާމަކުރެއެވެ. އަދި އޭނާކައިރީ ބުނެފައިވަނީ މިފިލްމަކީ މިސްރުގެ ކުރީގައި އުޅުނު ބަޔަކަށް ހަދާފައިވާ ޚިޔާލީ ފިލްމެއްކަމަށާއި މީގެ 2000 އަހަރު ކުރިން ދުނިޔޭގައި މީހުން އުޅުނު ގޮތް ދައްކުވައިދޭ ފިލްމެއްކަމަށެވެ.
13 މިނެޓުގެ މިފިލުމުގެ ސަބަބުން ގާސިއާއާއި ފިލްމުގެ އެހެނިހެން އެކްޓަރުންނަށް ހަމަލާއެއް އައިސްފާނެކަމުގެ ބިރު އެބައޮތްކަމަށް ގާސިޔާ ބުންޏެވެ. އަދި ގާސިޔާ ވަނީ މިފިލްމު ގޫގްލްގެ ޔޫޓިއުބްގައި,ޝާއިރުކޮށްފައިވާތީ އެކަންކުއްވެރިކޮށްފައެވެ. އަދި މިފިލްމު އެސައިޓުން ނެގުމަށް ގޫގްލްއިން ދެކޮޅު ހަދާފައިވާތީ އޭނާގެ ދައުވާގައި ގޫގްލްގެ މިވާހަކަތައްވެސް ހިމަނާފައެވެ.
ޕްރަޑިއުސަރާއި 7 ނަސާރާއިންނާއި އަދި ފިލްމު މަރކެޓްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ ފްލޮރިޑާގެ ފާދިރީ ހައްޔަރުކުރުމަށް މިސްރުގެ ޕްރޮސެކިއުޓަރ ޖެނެރަލްއިން ވެސް ވަނީ އަމަރު ނެރެފައެވެ. މި ދައުވާގައި ވަނީ ޤައުމީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި ފާޅުގައި އިސްލާމްދީނާއި ދިމާކޮށް ފުރައްސާރަކުރުމާއި އަދި ދޮގު މަޢުލޫމާތު ފެތުރުމެވެ. މިސްރުގެ ޤާނޫނުގެ ދަށުން މިމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ ދައުވާއެއްކަމަށް އެޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ބުނެފައިވެއެވެ. މިގެތެރޭގައި ފިލްމު އުފެއްދި ނަކޯލާ ބާސިލް އާއި އަދި ފްލޮރިޑާގެ ފާދިރީ ޓެރީ ޖޯންސް ވެސް ހިމެނެއެވެ.
ޔަހޫދީންނަކީ ފެށުނީސުރެއް އޮޅުވާލުމާއި މަކަރު ވެރިގޮތުގައި ހުރިހާކެމެއް ކުރާބައެއްކަމަށް މަޝްހޫރުވެފައިވާ މުޑުދާރު ބައެކެވެ. . މިފިލްމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވާ މުސްލިމުންގެ ހިތުގައި މިބައިމީހުންނާއި މެދު ނަފްރަތު އުފެދި ދަނީ މުޒާހަރާ ކުރަމުންނެވެ.

















advertisment
މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އިސްލާމް ދީނާއި ދެކޮޅަށް މިފަދަ ފިނޑި އަމަލުތަށް ހިންގާ މީހުންނަށް ހައްޤު އަދަބު ދޭން ޖެހޭ!!މާތް ﷲ އިސްލާމް ދީނަށާއި މުސްލިމުންނަށް ރައްކާތެރި ކަމާއި ހިމާޔަތް ދެއްވާށި! އާމީން!!!!!!!!!!!!!!!