ފަލަސްތީންގެ ރައްޔިތުންނަށް “ޖާސޫސް” ކުރުމުގެ “ޑީލް” އައުމަކީ ވަރަށް އާންމު ކަމެކެވެ. އާންމުގޮތެއްގައި އެ”ޑީލް” ލިބެނީ ފަލަސްތީންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ ސަރަހައްދަށް ގޮސް ބޭސްފަރުވާގެ ޚިދުމަތް ހޯދާ ފަރާތް ތަކަށެވެ. އެފަރާތް ތަކަށް ބޮޑެތި އަގު ހުށައަޅާ އެމަސައްކަތް ހަވާލު ކުރުމަކީ އާންމު ކަމެކެވެ.
1987 ވަނަ އަހަރުގެ އިންތިފާޟާގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ޚާއިނުން ފަޅާއެރުން އާންމުވާން ފެށިއެވެ. “ބަސްޓު” ވުމާއި އެކު ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އެޖާސޫސުންނަށް ވަރަށް ބޮޑެތި ޢަދަބުތައް ދެވެއެވެ. ގިނަ ފަހަރަށް ޚާއިނުން މަރާލެވެއެވެ. އެޖާސޫސުންނަށް ފަލަސްތީނުގެ އެންމެ އާންމު މީހާގެ ކިބައިންވެސް އިންސާނިއްޔަތުކަމެއް ނުދައްކައެވެ. ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ދިފާޢުގައި ޖިހާދު ނުކުރެވޭއިރު ކާފަރުންނަށް ޖާސޫސު ކުރުމުގެ ބޮޑު ކުށް ކުރުމުން އެޖާސޫސުންގެ މަތިން ފަލަސްތީނުގެ ރައްޔިތުން ހަނދާނެއް ނުނެތެއެވެ. އެމީހަކަށް މަޢާފު ކުރުމެއް ނެތެވެ.
2007 ގެ އަހަރުގެ ތެރޭގައިވެސް މިޖާސޫސީ ކުޅިގަނޑު ބޮޑުވެގެންދިޔައެވެ. ޖާސޫސްކުރިކަން ފަޅާއެރުމުގެ ސަބަބުން އެތައް ބަޔަކު ހައްޔަރުކޮށް އެކަމަށް އިއުތިރާފްވިއެވެ. މިދަވަސްވަރު ބައެއް ޖާސޫސުން ވަނީ ފަލަސްތީނުގެ ބިމުން ފިލައިގެން އިޒްރޭލަށް ހިޖުރަކޮށްފައެވެ. ޤައުމަށާއި ދީނަށް ޤައްދާރުވުމަށްފަހު ކާފަރުންގެ ހިމާޔަތަށް ދިއުމުން އަބަދުވެސް އިޒްރޭލުން އެމީހުންނަށް މަރުހަބާ ކިޔައެވެ. އެމީހެއްގެ އާއިލާ އާއި އެކު އެމީހުންގެ މީހުން ކަމުގައި ބަލައިގަނެ ހިމާޔަތްދެއެވެ. އަނެއް ބަޔަކު އިޒްރޭލުގެ ހިމާޔަތަށް ގެނައުމަށްފަހު “ގެއްލުވާލާ”ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
2012 ގެ ނޮވެމްބަރު މަހުވެސް އިޒްރޭލްގެ ޢުދުވާނީ ހަމަލާތައް ދެމުން ދިޔަ ދުވަސްވަރު 6 ޖާސޫސެއް އިއުތިރާފްވުމާއި އެކު ވަނީ އާންމުންގެ ކުރިމަތީ މަރާލާފައެވެ.
ފަލަސްތީނުގެ ޖާސޫސުން ގެ މަތިން ފަލަސްތީނުގެ ރައްޔިތުން ހަނދާން ނުނެތެނީ ފަލަސްތީނަށް ޤައްދާރުވާ ޚާއިނުންކަމުގައި އެމީހުންވީތީއެވެ. އެޖާސޫސުންގެ ޢާއިލާތަކަށްވެސް ފަލަސްތީނުގައި ދިރިއުޅުމުގައި ވަރަށް ބޮޑު ގޮންޖެހުން ތަކެއްވަނީ ކުރިމަތިލާން ޖެހިފައެވެ. އޭގެނެތެރޭގައި އެޖާސޫސުންގެ ސަބަބުން ޢާއިލާ މުޖުތަމައުން ބާކީކޮށް އިތުބާރު މުޅިން ގެއްލިގެން ދެއެވެ. އެޖާސޫސުންގެ މަސައްކަތުން ހޯދާ ހަރާން ފައިސާ ޢައިލާއަށް ނޭނގި ނަމަވެސް ނުވަތަ އެނގިގެން ނަމަވެސް ބޭނުންކޮށްފައިވާތީ އެއާއިލާތަކާއި މެދު ކިތައްމެ ދުވަހެއްވިޔަސް ތަފާތު ކުރުން ގެންގުޅެއެވެ.
ފަލަސްތީނުގެ ރައްޔިތުން ޖާސޫސުންނަށް ދޭ މެސެޖަކީ “އެންމެ ދުވަހަކަށްވެސް، އެންމެ ހަފްތާއަށްވެސް، އެންމެ މަހަކަށް ވިޔަސް އަދި ކީއްހޭ އެންމެ އަހަރަކަށްވިޔަސް އިޒްރޭލަށް ޖާސޫސު ކޮށްދޭ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ މީހުންނެއް ނޫނޭ. އެއީ ޒަޔަނިސްޓުންގެ ވާގިވެރިން. އެއީ ދީނާއި ޤައުމަށް ޤައްދާރުން.”ކަމަށެވެ.

















advertisment
ޚިޔާލު