އެމެރިކާދުނިޔެ

17 އަހަރަށްފަހު އެމެރިކާގެ ފެޑެރަލް ސަރުކާރުން މަރުގެ ޙުކުމެއް ތަންފީޒު ކޮށްފި

17 Aharah Fahu Americage Federal Sarukaarun Maruge Hukum Thanfeezu Koffi

17 އަހަރަށްފަހު އެމެރިކާގެ ފެޑެރަލް ސަރުކާރުން މަރުގެ ޙުކުމެއް ތަންފީޒު ކޮށްފިއެވެ.

މިދިޔަ ޖުލައި މަހު ތަންފީޒު ކުރެވުނު މަރުގެ ޙުކުމަކީ 2003 އަހަރަށް ފަހު އެމެރިކާގައި ތަންފީޒު ކުރެވުނު ފުރަތަމަ މަރުގެ އަދަބެވެ. މިއަދަބު ދެވިފައިވަނީ މީގެ 24 އަހަރު ކުރިން އެއް އާއިލާއެއްގެ ތިން މެމްބަރަކު މަރާލި މައްސަލާގައި ހައްޔަރު ކުރި ޑެނިއެލް ލުއިސް ލީ އަށެވެ.

ޑެނިއެލް ޑޭ ލުއިސް ހައްޔަރު ކޮށްފައިވަނީ، 1996 ވަނަ އަހަރު، ވިލިއަމް މުލާ އާއި، އޭނާގެ އަންހެނުންނާއި، އޭނާގެ އަށް އަހަރުގެ ދަރިފުޅު މަރާލި މައްސަލައިގައެވެ. މިކުށުގައި ލީ އާއި އެކު ބައިވެރިވި އިތުރު ހަތަރު މީހުންނަކީ ދޮން ނަސްލަށް ނިސްބަތްވާ ބައެކެވެ. އަދި އެމީހުންނަކީ، އެބައިމީހުންނީ އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާތް ބަޔެއް ކަމަށް ދެކޭ ޖަމްއިއްޔާއެއްގެ މެމްބަރުންނެވެ. މިގޮތުން އެމެރިކާގެ ނޫސް އޭޖެންސީތަކުން މަޢުލޫމާތު ދޭ ގޮތުގައި މަރާލެވިފައިވާ އާއިލާގެ ވިލިއަމް މުލަރ އަކީ ހަތިޔާރު ވިއްކާ މީހެއް ކަމުން، އެމީހުން މިޖަރީމާއަށް އަރައިގެންފައިވަނީ އެޖަމްޢިއްޔާގެ ބޭނުމަށް ހަތިޔާރުންނާއި ފައިސާއިން ވައްކަން ކުރަން އުޅުމުގެ ތެރޭގައެވެ.

އެހެނަސް ލީ ދަޢުވާ ކުރާ ގޮތުގައި އޭނާ ވިލިއަމް މުލަރ އާއި އޭނާގެ ޢާއިލާ މަރާލުމުގައި ބައިވެރިވެފައެއް ނުވާނެއެވެ. "އަހަރެން އެކަމެއް ނުކުރަން. އަހަރެންގެ ދިރިއުޅުމުގައި ވަރަށް ގިނަ ގޯސް ހެދިފައިވޭ، ނަމަވެސް އަހަރެންނަކީ މީހުން މަރާ މީހެއް ނޫން. ތިޔަ މަަރަނީ މައުސޫމު މީހެއް،" ލީ ބުނެފައިވެއެވެ.

މިއަދަބު ތަންފީޒު ކުރެވިފައިވަނީ ލީއަށް މަރުގެ އަދަބު ނުދިނުމަށް އެމެރިކާގެ ބައެއް ރައްޔިތުން ބުނަމުން ދަނިކޮށެވެ.

ލީއަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލި މީހުންގެ ތެރޭގައި މުލާގެ އާއިލާގެ މެމްބަރުން ހިމެނެ އެވެ. އެގޮތުން މުލާގެ އަންހެނުން ނޭންސީގެ މަންމަ، އާލީން ޕީޓާސަން ވަނީ ލީއަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އޭނާ އުމުރަށް ޖަލަށް ލުމަށް ގޮވާލާފަ އެވެ.

މިއީ އެމެރިކާގެ ފެޑަރަލް ސަރުކާރުން މިދިޔަ ފަހު އަހަރުތަކުގައި މަރުގެ ތަންފީޒު ކުރި ފުރަތަމަ ފަހަރު ކަމުގައިވިޔަސް، އެމެރިކާގެ ވަކިވަކި ސްޓޭޓުތަކުންދަނީ މަރުގެ އަދަބު ތަންފީޒު ކުރަމުންނެވެ. މިގޮތުން ފެޑެރަލް ސަރުކާރުން މިއަދަބު ތަންފީޒު ކުރެވިފައިވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގައި، އެސްޓޭޓުގެ ފެޑެރަލް ކަރެކްޝަނަލް އިންސްޓިޓިއުޓުގައި، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެންނެވެ. ލީތަލް އިންޖެކްޝަނަކީ އެމެރިކާ އާއި، ޗައިނާއާއި، ތައިލެންޑާއި، ގުއަޓެމާލާ އާއި، ޓައިވާނާއި، ނައިޖީރިޔާއާއި، ވިއެޓްނާމު އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ޤާނޫނީ ގޮތުން ހުއްދަ ކުރެވިފައިވާ އުސޫލެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *