އެމެރިކާއިން އިރާޤުގައި ޤާއިމްކޮށްދީފައިވާ ގޮނޑިކޮއްކޮ ސާރުކާރުގެ ސަލާމަތީ ބާރުތަކުގެ ސިފައިން ތަމްރީން ކުރުމަށް އެމެރިކާއިން އެޤައުމުގެ 1300 ސިފައިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.
އެމެރިކާގެ ޑިފެންސް ޑިޕާރޓްމަންޓުން ހުކުރުދުވަހު އާއްމުކޮށްފައިވަނި އިރާޤަށް ފޮނުވާ 1300 ސިފައިން ފޮނުވުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ޑިފެންސް ޑިޕާރޓްމަންޓްގެ ޕްރެސް ސެކްރެޓަރީ ހާމަކުރި ގޮތުގައި މި 1300 ސިފައިންނަކީ ނޮވެމްބަރ މަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިރާޤަށް ފޮނުވުމަށް ހުއްދަދެއްވި 1500 ސިފައިންގެ އިތުރުން ފޮނުވާ ބައެއް ކަމަށެވެ. އަދި މިސިފައިން އިރާޤުގެ ސަރުކަރުގެ ސަލާމަތީ ބާރުތަކުން އިސްލާމިކް ސްޓޭޓްއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަރުކަރުގެ ބާރުތަކަށް އެހީތެރިވާނެކަމަށް ޕްރެސް ސެކްރެޓަރީ ހާމަކުރިއެވެ.

















advertisment
ޚިޔާލު