އައި.ސީ.ސީ އަށް އެމެރިކާގެ އިންޒާރެއް!

އައި.ސީ.ސީ އަށް އެމެރިކާގެ އިންޒާރެއް!
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން އިޒްރޭލުގެ ބައެއް އިސްވެރިން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް އުވާލާ، އިޒްރޭލާ އެމެރިކާއަށް ތުހުމަތުކޮށް ހިންގަމުންދާ ތަޙުޤީޤުތައް ހުއްޓާނުލައިފިނަމަ "ކުރެވޭނެ ކިތަންމެ ކަމެއް އެބައޮތް" ކަމަށްބުނެ އެމެރިކާއިން އައި.ސީ.ސީ އަށް ބިރުދައްކާ އިންޒާރުދީފިއެވެ.

ނިއުޔޯކްގައި ބޭއްވުނު އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް (އޭ.އެސް.ޕީ) ގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ލީގަލް އެޑްވައިޒަރެއް ކަމުގައިވާ ރީޑް ރުބިންސްޓީން ބުނީ އައި.ސީ.ސީގެ މަސައްކަތްތައް ހުއްޓުވުމަށް ޑިޕްލޮމެޓިކް ސިފައެއްގައި ސިޔާސީ އަދި ޤާނޫނީ އުކުޅުތައް ބޭނުންކޮށްގެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެގޮތުން އައި.ސީ.ސީގެ 4 ފަނޑިޔާރުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ.

އޭނާ ތުހުމަތުކޮށްފައިވާ ގޮތުން އައި.ސީ.ސީ އިން އެމެރިކާ އަދި އިޒްރޭލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް އަސާސެއް ނެތް ޣައިރު ޤާނޫނީ ފިޔަވަޅުތަކެކެވެ. އަދި އެފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ މިނިވަންކަމާއި ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތަށް ނުރައްކާވަކަމަށް ބުނެފައިވެއެވެ.

އޭ.އެސް.ޕީގެ ބައްދަލުވުން އަމާޒުކުރެވިފައިވަނީ މެމްބަރު ޤައުމުތަކުގެ ސަރަޙައްދުގައި ހިންގާ އުދުވާނީ ކުށްތަކާމެދު ދަޢުވާކުރުމުގައި އައި.ސީ.ސީއަށް އޮންނަ ބާރު އިތުރުކުރުމުގެ ބޭނުމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކަށެވެ. އެމެރިކާ އާއި އިސްރޭލަކީ މި މުޢާހަދާގެ ބައިވެރިން ނޫންކަމަށްވާއިރު ރުބިންސްޓީން ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އޮބްޒާވަރެއްގެ ގޮތުގައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.