މިފަހަކަށް އައިސް ދީނަށް ފުރައްސާރަކުރުމާއި ދީނަށް މަލާމަތްކުރުން ދިވެހިންގެ ތެރޭގައި އަންނަނީ ގިނަވަމުންނެވެ. މިގޮތުން އަޅުގަނޑެމެންނަށް ޢާއްމުކޮށް މިފެންނަނީ ބުލޮގުތަކުންނެވެ. އެހެނެއްކަމަކު މިފަހަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ބަޔެއް ނޫސްތަކުން މިކުލަވަރު ފެންނަންމިވަނީ ފަށާފައެވެ. ބަޔެއްފަހަރު ފައިލަސޫފުގެ ނަމުންނެވެ. އަނެއްބައި ފަހަރު "ސަރިބައިދޭސް"" ގެ ނަމުންނެވެ. އެކި ފާޑު ފާޑުގެ ނަންނަމުގައެވެ. ބުނެވޭ ގޮތުގައި ނޫސްވެރިކަމުގެ ތެރެއިން އެންމެ އަވަހަށް މަސްހޫރުކަން ލިބުމަށް އޮތީ މޮޅު ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ބަރަހަނާ މަންޒަރު ހިމެނޭ ފިލުމެއް ނުވަތަ ވީޑިއޯ ކުލިޕެއް ނުވަތަ މަންޒަރެއް ލީކު ކޮށްލުމެވެ. ދެވަނަ ގޮތަކީ އިސްލާމްދީނަށް މަލާމާތްކޮށް އެދީނުގައި ހިފަހައްޓާ މީހުންގެ ރުޅިއަންނަ ފަދަ ވާހަކަތައް ލިޔެގެން މަސްހޫރުކަން ހޯދުމެވެ. މިދަންނަވާ ދެގޮތަކީ ވެސް ދިވެހިރާއްޖޭގެ ގައުމީ ޓީވީގެ ޕުރެޒެންޓަރުން މިހާރުވެސް އަޖުމަ ބަލާ ޔަގީންކޮށްފައިވާ ދެކަމެވެ.
މިއީ މަޝްހޫރު ޝައިތާނު ސަލްމާނު ރުސްދީ ބޭނުންކުރި ޝައިތާނީ ގޮތެކެވެ. އަދި މިކަމުގެ އިނާމެއްގެ ގޮތުން ސަލްމާނު ރުޝްދީއަށްވަނީ ރާނީގެ އަތުން "ނައިޓު ހުޑް" ގެ ލަގަބު ލިބިފައެވެ. ދިވެހިރާއްޖެއިން ސަލްމާން ރުސްދީ ނަމޫނާއަކަށް ބަލާ މީހުން ބޭނުންކުރަނީ މި އުސޫލެވެ. ނައިޓްހުޓް ލިބުމަށް އެދޭ ދިވެހިންވެސް އުޅެނީތާ ދޯއެވެ...
މިގޮތުން މަސްހޫރުކަން ހޯދުމަށް މިފަހަކަށް އައިސް ދީނަށް ފުރައްސާރަކުރުމުގެ އެންމެ ދިގު މާޒީއެއް އޮތީ މާޅޮހު ނަސީރުގެ އަތުގައޭ އަޅުގަނޑު މިދަންނަވަނީ އަކީ ހެއްކެއް ގަރީނާއެއް ނެތިއެއް ނޫނެވެ. މާޅޮހު ނަސީރަކީ ވޭތުވެގެން ދިޔަ ވެރިކަމުގެ ފަހު ދުވަސްވަރު އެވެރިކަން ވައްޓާލުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށް ނޫސްތަކުގައި އެވެރިކަމާއި އަޅުވައި އެވެރިކަމުގެ މިސާލެއްގެ ގޮތުން ކަމަށްބުނެ، ރަސޫލުﷲގެފާނުގެ ދެދަރިކަނބަލުންނާއި ކައިވެނި ބައްލަވައިގެންފައިވާ ދެ ނޫރުގެ ލަޤަބު ލިބިވަޑައިގެންފައިވާ އަދި ސަހީދުވެ ވަޑައިގެންފައިވާ އުޘްމާން ރަޟިޔަﷲ އަންހުއަކީ " ހުދުމުހުތާރު" ވެރިއެއް ކަމަށް ސިފަކޮށް ލިޔެފައިވާ ހިތުން "މޮޅު މިނިވަން ނޫސްވެރިއެކޯލައެވެ" އެޔަށްފަހު ނަސީރު އާރޯކަމެއް ނެތް ޅޮސް ލިޔުންތަކުގައި ސުންނަތަށް މަލާމަތް ކުރަމުން ކުރަމުން ގޮސް ދިވެހިރާއްޖޭގައި މީހުން ދަތުރުކުރަންވީ ޖަމަލުގައި ކަމަށްވެސް ނަސީރުވަނީ އަންގާފައެވެ.
އެޔަށްފަހު އެންމެ ފަހުން ނަސީރަށް މި ސިލްސިލާގެ އެންމެފަހު ބޮޅަށް އިތުރުވި ބޮޅަކީ ނަސީރު ނިދާ ކޮޓަރިއާއި މައްކާ މަދީނާގައިވާ މާތް ދެހަރަމްފުޅާ އެއްވަރުކޮށް އެދެތަނަށް އިހާނަތި ބަސްބުނެ، އިއުތިކާފަށް އިނުމަކީ "މާޅޮސް ހިލުން" ކަހަލަކަމެއް ކަމަށް ސިފަކޮށް ލިޔެފައިވާ ލިޔުމެވެ. ތިމާގެ އަތަށް ގަލަމެއް ލިބުނަކަސް މިލިޔެވެނީ ކީކޭ ކަމެއް ކޯއްޗެއްކަމެއް ކޮންއެއްޗެއްކަމެއް އެނގޭބާއޭ މިޅޮހީ އުނި ސޮރުގެ ހިތަށް އަރައެވެ.*****
ނުނިމޭ

















gaumy tv ge kon kon baeh kan nan haama kohlinama varah rangalhuvys :)
Maalhohu naseerakee anga hadhujahaa, aibanan vefa hurimeeheh. dheraee sarukaarun adhives mikahala meehun mujthamau fasaadha kuran ulhuna dheythee… ebeykalunnah heyovisneynee kon irakun baa
ތެދުފުލހެއް ތިޔައީ….ޤައުމީ ތީވީންދަނީ ވަރައްބޮޑައް އިސްލާމްދީނާ ހިލާފު ވީޑިއޯތައް ފޮނުވަމުން….އެއްބައިފަހަރު ބަލާލަންނުކެރޭފަދަ އޮރިޔާން ހާލުގައި ތިބޭ އަންހެންކުދިން ދައްކާ….އެހެންޓީވީ ތަކުގެ ހާލަކީވެސްމީ… އެކަމު އަޅުގަނޑުމެން ރައްޔިތުންގެ މުދަލުން ހިންގަމުންދާ ޓީވީއަކުން މިފަދަ ލާދީނީ މަންޒަރުތައް ދެއްކުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން….
ވާނީވެސް އެހެންނޫންތޯއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރގެ ވާހަކަވެސް ހުންނަނީ މިފަދަގޮތަކަށެވެ. އަދާލަތުޕާރޓީގައިތިއްބެވި ޢިލްމުވެރިންނަށް ގޮންޖައްސަވާ ޑރ. މަޖީދު ވާހަކަ ދައްކަނީއެވެ. މިހެންވުމުންވެސް ދީނީކަންކަމުގައި އޮޅުން ބޮޅުން އިތުރުވަނީއެވެ.