ފެބްރުއަރީ 7، 2012 ގައި މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު، މިހާރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދާއި ސަރުކާރުގެ މިނިސްޓަރުންނާއި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ފަރާތުން މީޑިއާތަކުގައި އެންމެގިނައިން އެދުވަސްވަރު އަޑުއިވެމުންދިޔަ އެއްވާހަކައަކީ "އެއްވެސް ޣައިރު ޤާނޫނީ އަމުރެއް ނުކުރާނަން" ކަމަށް ވިދާޅުވާ ވާހަކައެވެ.
އެހެން ވިދާޅުވަމުން ގެންދިޔައީ ޣައިރު ޤާނޫނީ އަމުރުކުރުމުން ނުކުންނާނެ ހިތި ނަތީޖާ އެބޭފުޅުންނަށް ރަނގަޅަށް އެނގިލައްވާތީ ކަމަށްވުން އެކަށީގެންވެއެވެ.
ވެރިކަން ބަދަލުވުމަށްފަހު މިއަދާ ހަމައަށް އައިއިރުވެސް ސިފައިންނާއި ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރުކުރުން ނުހުއްޓޭ ކަމަށް ބައެއް ސިފައިންނާއި ފުލުހުންދަނީ ބުނަމުންނެވެ.
"ދިއިސްލާމް"އާ ވާހަކަދެއްކި ފުލުހުންގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ފުލުސް އޮފީހުން އޭނާއަށް ކިޔަވައިދިނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެވޭ ކޮންމެ އަމުރަކީ ޣައިރު ޤާނޫނީ އަމުރެއް ކަމަށާއި، އިސްލާމްދީނާއި ފުށުއަރާގޮތަށް ރާއްޖޭގައި ޤާނޫނެއް އަދި ޤަވާއިދެއްވެސް ނެހެދޭނެ ކަމަށެވެ. އަދި އިސްލާމްދީނާއި ފުށުއަރާ ކޮންމެ ޤާނޫނަކާއި ޤަވާއިދަކީ ބާޠިލު އެއްޗެއް ކަމަށާއި އެފަދަ އެއްޗަކަށް އަމަލުކުރުމަށް ކުރެވޭ އަމުރަކީވެސް ޣައިރު ޤާނޫނީ އަމުރެއް ކަމަށެވެ.
"ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްޤު ކޮންމެ ދިވެއްސަކަށްމެ ލިބިގެންވޭ. އަދި އެފަދަ ޤާނޫނަކަށް ކިޔަމަންވުމަކީ ކުށެއްވެސްމެ. މާތްވެގެންވާ އިސްލާމްދީނާއި ޤާނޫނު އަސާސީގެ ފޮނި މީރު ކަމަކީ ކޮންމެ ދިވެއްސަކަށްމެ ލިބެންޖެހޭ އެއްޗެއް. ފުލުހަކަށްވިޔަސް ސިފައިންގެ މީހަކަށްވިޔަސް." ފުލުސް ބޭފުޅާ ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންނަށް ތުނބުޅިބޭލުމަށް އަމުރުކުރަމުންދާ ކަމަކީ އެދެމުއައްސަސާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރަމުންދާ މައްސަލައެކެވެ. މިމައްސަލައަކީ އިހަކަށްދުވަހަކު އުފެދުނު މައްސަލައެއް ނޫނެވެ. މިކަމަށް ޙައްލެއްހޯދުމަށް ސިފައިންނާއި ފުލުހުންގެ ބަޔަކު މަސައްކަތްކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުން ބުނަމުންދަނީ މިއަމުރަކީ އެމީހުންނަށް ކުރެވެމުންދާ ވަރަށް ބޮޑު ޣައިރު ޤާނޫނީ އަމުރެއް ކަމަށެވެ.
"ފުލުހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ، ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކަމަކަށް އަމރުކުރައްވާފައިވާ ތުނބުޅި ދިގުކުރުމުގެ ހައްޤުން އެއްވެސް މުސްލިމު ދިވެހި ފުލުހަކު މަހުރޫމްވުމަކީ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ ޒިންމާ އުފުލުމަށް ﷲ ގަންދީ ކުރި ހުވާޔާވެސް ޚިލާފު ކަމެކޭ. އެއީ ދީނީ، ޤާނޫނީ އަދި އިންސާނީ ޙައްޤެއް. ﷲ ގެ ޙުކުމަށް އިންކާރު ކުރުމުގެ ހައްޤު އެއްވެސް މަހްލޫޤަކަށް ލިބިގެނެއް ނުވޭ. އަދި ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަހްލޫޤަކަށް ކިޔަމަންވުމެއްވެސް ނުވޭ. އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގައި ތިބި ވެރިންނާއި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެންމެހާ ދިވެހިންނަށް ﷲ ޙިދާޔަތުގެ މަގު ދައްކަވައި، އެމަގުން ހިނގުމުގެ ހެޔޮ ތައުފީޤު ދެއްވުން. އޭރުން އަޅުގަނޑުމެންގެ މިޝަން އާއި ވިޝަން މެކުހަށް ޖަހާނީ، އިންޝާﷲ. ހިތާމައަކީ ކަންމިހެން އޮތް އިރުވެސް، ކަމުގެ ޙަޤީޤަތް އެނގޭ އިރުވެސް ދުނިޔޭގެ އެދުމާއިގެން އަދިވެސް ޣައިރު ޤާނޫނީ އަމުރު ކުރެވޭކަން" ފުލުހުންގެ ބޭފުޅަކު ވިދާޅުވިއެވެ.
ފުލުހުންގެ ޔުނީފޯމް ޤަވާއިދުގެ 20 ވަނަ ޕޮއިންޓްގެ (ވ) ގައި ބުނަނީ ފުލުހުންގެ ތެރެއިން މަތިމަސް ބެހެއްޓުމަށް ހުއްދަ ދޫކުރެވިފައިވާ ފުލުހުން ފިޔަވައި އެހެން ފުލުހުން ރަސްމީ ޑިއުޓީތަކަށް ނުކުންނަންވާނީ ތުނބުޅި މަތިމަސް ބާލައިގެން ކަމަށެވެ. އަދި މީހުން އާއްމުކޮށް ގޮސް އުޅޭ ތަންތަނަށް ފުލުހުން ދާނަމަ މަތިމަސް ބެހެއްޓުމަށް ހުއްދަ ދޫކުރެވިފައިވާ ފުލުހުން ފިޔަވައި އެހެން ފުލުހުން ތުނބުޅި މަތިމަސް ބާލަންވާނެ ކަމަށެވެ.
ސިފައިންގެ ޤަވާޢިދުގެ 2.1.3 މި މާއްދާގައި ބުނެފައިވަނީ : "ސިފައިންގެމީހާގެ ތުނބުޅި ހުންނަންވާނީ މަދުވެގެން 24 ގަޑިއިރަކުން އެއްފަހަރު ރީތިކޮށް ބާލާފައެވެ. ބާލަން އެންމެ ރަގަޅު ގަޑިއަކީ، ހެނދުނު މަސައްކަތު ދިއުމުގެ ކުރިންނެވެ. ސިފައިންނަށް މަތިމަސް ބެހެއްޓިދާނެއެވެ. ނަމަވެސް މަތިމަސް ހުންނަންވާނީ، ރީތިކޮށް ކޮށާ އަނގައަށް ނުވަންނަވަރަށް ރީތިކޮށްނެވެ. އަދި، މަތީ ތުންފަތުގެ މަތީ ލައިނުން ތިރިއަށް ނާންނަ ވަރަށެވެ." މިހެންނެވެ.
ތުނބުޅި ބެހެއްޓުމުގެ ޙުކުމާމެދު ސިފައިންނާއި ފުލުހުންނަށް ބައެއް މީހުން ދީނުގެ ނަމުގައި އޮޅުވާލަމުންދާތީ ތުނބުޅި ބެހެއްޓުމުގެ ޙުކުމް ބަޔާންކޮށް، މިމަހުގެ 15 ވަނަ ދުވަހު ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާ ދެކޮޅަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުމަކީ އެއްވެސް ހާލެއްގައި ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.
އެބަޔާނުގައި އެޖަމްޢިއްޔާއިން ވަނީ، ތުނބުޅި ބެހެއްޓުމަކީ ވާޖިބެއްކަމުގެ މައްޗަށް ދަންނަބޭކަލުންގެ އިޖްމާޢު ނަޤުލުކުރައްވާފައިވާ ބަސްފުޅުތަކާއި، އަދި ސުނަންތުގެ ފިޤުހީ ހަތުރު މަޛުހަބުގައިވެސް ތުނބުޅި ބެހެއްޓުމަކީ ވާޖިބުކަމެއްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވާކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. އަދި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީގެ ދަށުންވެސް ޤުރްއާނާއި ސުންނަތާ ޚިލާފު އެންމެހައި ޤާނޫނަކާއި ޤަވާޢިދެއް ބާޠިލުކަމުގައި ބަޔާންކުރާ މާއްދާތަކުގެ މައްޗަށް ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
"ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއްކަމަށް އުންމަތުގެ ޢިލްމުވެރިން ބަޔާންކުރައްވާފައިވާއިރު އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން މާތް ﷲ ޥަޙީއާއިގެން މިއުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައި މެނުވީ ނުވާ ހުއްޓެވެ. އެހެންކަމުން ތުނބުޅިބެހެއްޓުން މަނާކުރާ ޤަވާޢިދަކީ އިސްލާމްދީނާ ފުށުއަރާ އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާވެސް ފުށުއަރާ އެއްޗެކެވެ." ސަލަފްގެ ބަޔާނުގައި ބުނެފައިވެއެވެ.
ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިމަހު 14 ވަނަ ދުވަހު ސިޓީއެއް ފޮނުއްވާފައެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ، ވަކި އުސޫލެއްގެ ދަށުން ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެސިޓީގައި އެދިފައިވާނެ ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިފައިންނާއ ފުލުހުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ކަނޑައަޅާފައިވާ ލިޔުމެއްވެސް ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާނެ ކަމަށެވެ.
އެގޮތުން އެކަމުގައި، އޭޝިއާއާއި ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ސިޓީއާއެކު ރައީސަށް ފޮނުއްވާފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ޝަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ ތުނބުޅި ބެހެއްޓޭނެ ގޮތަށް ޤާވާއިދު ބަދަލުކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން މިނިސްޓްރީގައި އެދެމުންދާ ކަމަށާއި އެހެންވުމާއެކު އެކަމަށް ޕޮލިސީ ލެވެލްގައި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މުއައްސަސާތަކުގައި ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ޤަވާއިދުތައް ބަދަލުކުރުމަށް މިނިސްޓަރ ޝަހީމް ވަނީ މިމަހު 10 ވަނަ ދުވަހު އިލްތިމާސްކުރައްވާފައެވެ.
ޝަހީމް އެދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އެއްވެސް މުއައްސަސާއެއްގައި ތުނބުޅި ބާލަން މަޖުބޫރުކޮށްފައި ޤަވާއިދު ހެދުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ 21 ވަނަ ގަރުނުގެ ތަހުޒީބާއި ސަގާފަތާވެސް ފުށޫއަރާ ކަމެއް ކަމަށެވެ. އަދި ބަޔަކު ޤަބޫލުނުކުރިޔަސް، ތުނބުޅި ބެހެއްޓުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް މަތިވެރި ސުންނަތެއް ކަމަށެވެ.
“އެއީ ވާޖިބު މާނައިގައި ދެކުނަސް ނުވަތަ މުސްތަހައްބު ކަމެއް ކަމުގައި ދެކުނަސް، މިއިން އެއްވެސް ކަމަކަށް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ހުރަސްއެޅުމަކީ ބާޠިލްކަމެއް ކަމުގައި ދެކެން. ދިވެހިރާއްޖެ ފަދަ ގައުމެއްގައި ސުންނަތަކަށް ހުރަސްއެޅުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މިހެންކަމުން ރާއްޖޭގައި މިކަމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤަވާއިދުތައް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަދި ވަކި އުސޫލެއްގެ ދަށުން މިކަމަށް ފުރުޞަތު ފަހިކުރަން އިލްތިމާސްކުރަން” މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިންގެ ވާހަކަތަކުން އެނގެނީ އެމީހުން ކުރާ އެންމެ ބޮޑު އެއް އުންމީދަކީ ތުނބުޅި ބޭލުމަށް އެމުއައްސަސާތަކުން ކުރަމުންދާ ޣައިރު ޤާނޫނީ އަމުރު ހުއްޓުމަކަށް އައުން ކަމެވެ.

















އޭ ! އެހެން ވީމާ ސިފައިންނާއި ފުލުހުން ތުނބުޅި ނުބާލައިގެން އަދަބެއް ނުދެވޭނެ އެއްނު. އެހެންވީމާ ސިފައިންނާއި ފުލުހުން އެކުރަނީ ކުށެއްނު. ޢައިރު ޤާނޫނީ އަމުރަކަށް ތަބާވުން. މީ ސިފައިންނާއި ފުލުހުންގެ ހާލަކީ. ދެން ކޮބާ އެހެން މީހުންގެ ހާލު.
ލަދުން ބޯހަލާކު ! ޤާނޫނު އަސާސީ ނަގަހައްޓައޭ ކިޔައިގެން ޤާނޫނު ގައި “ގިނި އަންދަނީ” އެއްނުދޯ !
ސާބަހޭ ދިވެހި ދަރިންނޭވެ.. އިންޝާﷲ މިކަމުގައި އަޅުގަޑުމެންނަށް ކާމިޔާބު ލިބޭނެ..
ހާދަ ކުޅަދާނަ ލިޔުމެކޭ. ފުލުހުންގެ ތެރޭގައި އިސްލާމްދީނާއި ޤާނޫނާޢި ޤަވާއިދާއި އިންސާނީ ހައްގު އެނގޭވަރުގެ ވެރިން ނެތީތަ؟ ނޫނީ މީ އެމީހުން އިސްލާމްދީނާއި ޤާނޫނާއި އިންސާނީ ހައްގަށް އިހުތިރާމްކުރާ މިންވަރުތަ؟
އިސްލާމްދީނާއި ޚިލާފަށް އަމުރުނުކުރާނެ ކަމަށްބުނެ މީޑިޔާގައި ރައިސާ އަބްދުﷲ ރިޔާޒު ދެއްކި ވާހަކައިން އެވެރީން ބޮލާފޮށާއަޅުވާލި، މި ލިޔުން ލިޔުނު ލިޔުންތެރިޔާ އަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ފަށުން ޝުކުރުގެ ކުންފުނި އަރިސްކުރަން. ދެން ކިހިނެއް ރައީސަށާ ޤާނުނު ނަގަހައްޓާ ފަރާތަށް އިތުބާރު ކުރާނީ.
ބުދު ބެހެެއްޓިމީހުނާއި ހުރިތަފާތު އެނގޭނީ އިސްލާމިކް އެފެއަޒް މިނިސްޓަރގެ ސިޓީފުޅުގެ ޖަވާބު ލިބޭގޮތަކުން. ތުނބުޅި ބޭލުމަށް މަޖުބޫރުކުރުމަކީ ކީރިތި ރަސޫލާ(ޞޢވ) އަށާ އިސްލާމްދީނަށް ގޮންޖެހުން. ތުނބުޅި ބަހައްޓަން ހުއްދަ ނުދީފިނަމަ ބުދުބެހެއްޓި މީހުނެކޭ ކޮބާތޯ ތަފާތެއް. ހަމަ ހިމެނޭނީ އެއްކަލަ ލާދީނީ ގުރޫޕުގަ…… އޭރުން ދެން އިރާދަކުރެއްވިއްޔާ ބަލަން ތިބޭ ވާގޮތް. ތުނބުޅި ބާލަން ތިހާ ލޯބިކުރާނަމަ ތިބާ އަމިއްލައަށް ރޭޒަރުކޭހެއް ހިފައިގެން ބާލަމުން ދުވާށެވެ. ހޯހޯ އެހެން މީހުނަށް މަޖުބޫރު ކުރުވައިގެން އަޅުވެތި ކުރަން ހީވެސް ނުކުރައްޗެވެ…………..
ﷲ ގެ ހުކުމަށް ޤަދަރު ނުކޮށް ﷲގ ގެ ހުކުމުގެ މައްޗަށް ބަސްކިޔާ ތި މުއައްސަސާގެ ހިދުމަތާއި މެދު ސުވާލު އުފެދޭ.
ފުލުހުންގެ އިސް ބޭކަލުންނަށް އެނގި ނުލައްވާތޯ ؟ ފުލުހުންގެ ވަޒީފާ އަދާ ކުރާމީހުންވެސް ﷲ ގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމެއް. ކިތަށް މީހުންގެ ހައްޤަށްތޯ ތި އަރައި ގަނެވެނީ؟ ތިމާމެންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތަކަށް ރައްކާތެރިތިވަނީ ﷲ ގެ އަމުރަށް ގޮންޖެހުމުގައިތޯ؟ ތިޔަ އިސްބޭކަލުން ﷲ ގެ ޙަޟުރަތަށް ދާން ނުޖެހޭނީތޯ؟ ނޫނީ އެދުވަހު ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ހައްގުތަކާއި ބެހޭ ގޮތުން ސުވާލު ނުކުރެވޭނީތޯ ؟
Mikamaa hama ihuthijaakuves kuran v, ekamaku dho, mioh zamaaneh, alhugandumen thubulhi nubehettigen miulhey, muslimugge anhen dharina abinney, magumathy ga, hedhevigothah oriyamun miulheny, fuluhugge gavaidhuga noveybaa magumathyga oriyamun ulheymeehun, hayyarukuraakah, boahalaaku.
ﷲ ގެ ހަޟްރަތުގައި މާދަމާ ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކޮށް މުއައްސަސާތަކުގައި ހެދިފައިވާ ޤަވާޢިދު ތަކަކީ އިސްލާމީ އުސޫލުތަކަށްފެތޭ ޤަވާޢިދުތަކެއްތޯ ޢިލްމުގެ އަހުލުވެރިން މެދުވެރިކޮށް ބެލުމަށް ހުރިހާ މުއައްސަސާތަކުގެ ވެރިންނަށާއި އިސްލާމިކް މިނިސްޓްރީ އަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ގޮވާލަން..ސިފައިންނާއި ފުލުހުންގެ ޤަވާޢިދުގައި މިނޫނަސް އިސްލާމްދިނާއި ފުސޫއަރާ މާއްދާތަށް އެބަހުރި..އެމާއްދާތަކަށް އަލިއަޅުވާލިނަމަ މިލިޔުމުގެ ސުރުޙީ އާ ބޮޑަށް ގުޅުނީސް ލިޔުމުގެ މައިގަނޑު..
މާ އަވަހަށް ގޮތް ނިންމަނީ. ރައީސް ވަހީދު ދެއްވާ ޖަވާބަކުން ގޮތް ނިމިގެން ދާނީ. މި ގައުމުގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން