ރިޕޯޓް

ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގެ ސަބަބުތަކަކީ ކޮބައި؟ މިމައްސަލައަށް އޮތް ޙައްލަކީ ކޮބައި؟ ( ދެވަނަ ބައި)

ލިޔުނީ: އަހުމަދު ޢާސިމް

ކުލާސް ތެރެއިންނާއި ޓީޗަރުންގެ  ސަބަބުން ކަމަށް ބުނާ ސަބަބުތައް
*
މި ރިޕޯޓް އެކުލަވައިލުމަށްޓަކައި އަޅުގަނޑުމެން، ބަސްދީގަތުން ހޯދި، 10 ދަރިވަރުންނާއި 5 ބެލެނިވެރިންނާއި އަދި 5 މުދައްރިސުންގެ ތެރެއިން ބައެއް  ދަރިވަރުންނާއި ބެލެނެވެރިން އަދި ބައެއް މުދައްރިސުންވަނީ ދަރިވަރުންގެ އަޚްލާޤް ގޯސްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުލާސްތެރެއިންނާއި މުދަށްރިސުންގެ ޢަމަލުތައް ހުންނަގޮތުން އަޚްލާޤު ގޯސްވާކަމަށް އެއްބަސްވެފައެވެ. މިގޮތުން ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ ބަސް ވަކިވަކިން ޖުމުލަކޮށް ހިމަނާލާނަމެވެ.

×     ދަރިވަރުން
" ބައެއްފަހަރަށް އަޅުގަނޑުމެން ކުލާހަށް އަންނަ ބައެއް ސާރމެން ތާފާތު ކުރުންތަށް ގެންގުޅޭ ކަމުގެ އިޙްސާސް ކުރެވޭ. ކިތައްމެ ވަރަށް ގޮވިޔަސް އިވޭކަމަށްވެސް ނުހަދާ! އަޅުގަނޑު ކާރިއަށް އަޔަސް އަޅުގަނޑަށް އެހާ ރަނގަޅަކަށް ކިޔައެއް ނުދޭ! އެހެންވެ މިހާރު ކިޔަވާ ހިތެއް ނުވޭ، އަބަދުވެސް ކޮންމެވެސް މަޖާކަމެއް ކޮށްލާ ހިތްވަނީ! އެހެންވެ މިހާރު ކުރާކަމަކީ ކުލާސްތެރޭގައި ކުޅުން"[1] މިއީ ވެސް ދަރިވަރެއްގެ ޝުޢޫރެވެ. ދެން އެހެން ކުއްޖެއްގެ ވާހަކަތައް ބަލާލަމާ ހިނގާށެވެ. " ރައްޓެހި ކުދިން މަޖާކުރާ ތަންފެންނަނިކޮށް އެކުދިންނާއެކު މަޖާކޮށްލާ ހިތްވަނީ! އެކުދިންނާއެކު ބައެއްފަހަރަށް މަޖާވެސް ކޮށްލަން! އެކަމު ޓީޗަރު ހުންނަނީ ރުޅިއައިސް ރަތްވެފަ، އެހެންވެ ބައެއްފަހަރަށް ބަލަން ޓީޗަރު ރުޅިއަރުވާލެވޭތޯވެސް! ބައެއް ޓީޗަރުން ވަރަށް މަދުން ނޫނީ ހިތް ހެޔޮކަމާއެކު  އަޅުގަނޑުމެންނަކާ ވާހަކަ ނުދައްކާ! ހީވަނީ ކޮންމެވެސް ކަހަލަ ކަމެއް ވެގެން އުޅޭހެން."[2]
ދަރިވަރުންގެ ވާހަކަތަކުން ޖުމުލަކޮށް ކުދިން ފާހަގަކޮށްފައިވާކަމަށް ބެލެވެނީ ދަރިވަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ވާހަކައާއި ކުލާސް ކޮންޓުރޯލް ކުރަން ނޭނގޭވާހަކައެވެ. އަދި ޝަޢުގުވެރިވާ ގޮތަށް ފިލާވަޅު ނުނަންގަވާ ދެއްވާ ވާހަކައެވެ.
×     ބެލެނިވެރިން
އަޅުގަނޑުމެން ވާހަކަދެއްކި 5 ބެލެނިވެރިންވެސް[3] ފާހަގަކޮށްފައިވާ އެއްކަމަކީ މުދައްރިސުންގެ ފަރާތުން އެކަށީގެންވާ ނަމޫނާ ނުދެއްކޭ ވާހަކައެވެ. އެގޮތުން، ނަމާދުވަގުތު ތަކުގައި ނަމާދަށް ނުގޮސް ފުޓުބޯޅަފަދަ ކުޅިވަރުތައް ކުޅެން ނުވަތަ ކޮންމެވެސް އެހެންކަމެއް ކުރަން އުޅޭކަން ފާހަގަ ކުރިއެވެ. ރާއްޖެތެރޭގެ ސުކޫލެއްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިއަކު ފާހަގަކުރި ގޮތުގައި " ދަރިވަރުންނަށް ސުކޫލުން ހަވީރު ކުޅުން ނިންމާލަން އަންގާފަ އޮންނަނީ ނަމާދު ވަގުތުގެ 15 މިނެޓް ކުރިން، އެކަމު އަޅުގަނޑުގެ ދަރިފުޅު ލަހުން ކުޅިގެން އައުމުން އެވާހަކަ ބުނަނިކޮށް ބުނަނީ މިވެނިޓީޗަރަކު ނުވަތަ ސުޕަވައިޒަރަކުވެސް ނަމާދު ވަގުތު ޖެހޭ އިރުވެސް ކުޅެން އުޅޭކަމަށް. އޭގެ ބަދަލުގައި ވަގުތަށް ހުއްޓާލާފަ ގެއަށް ގޮސް ވަގުތު ޖެހުމުން ނަމާދަށް ދާނަމަ އެހެން ބުނާނެ ޖާގައެއް ކުދިންނަކަށް ނުލިބޭނެ. އަދި ދަރިވަރުންވެސް ނަމާދަށް ދާނެކަން ޔަޤީން."[4]
އެފަދަ އެހެން މިސާލެއް ދައްކަމުން މާލޭގެ މަޖީދިއްޔާ ސުކޫލުގެ ބެލެނިވެރިއަކު ފާހަގަކޮށްފައިވަނީ " ހަޑިހުތުރުބަހުން ވާހަކަ ނުދައްކަށޭ މުދައްރިސުން ދަރިވަރުންގެ ގާތު ބުނާކަމަށް. އެކަމަކު ބައެއްފަހަރަށް ދަރިވަރުންނާވެސް މުދައްރިސުންނަށް ހުތުރު ބަހުން މުޚާޠަބު ކުރެވޭކަމަށް. އެހެންވެ ބައެއް ފަހަރަށް ދަރިވަރުންނަށްވެސް ބޭނުން ނުކުރަންވާ ބަސްތަކެއް ނޭނގޭކަމަށް."
ދެން ފާހަގަކޮށްފައިވަނީ ސުކޫލުތަކުގައި ހަދައިފަ ހުރި ޤަވާޢިދުތައް ތަންފީޒް ނުކުރެވޭތީ ދަރިވަރުންގެ އަޚްލާޤު ގޯސްވާ ކަމަށެވެ. ހުރިހާ ބެލެނިވެރިންވެސް ވަނީ މިކަމަށް އެއްބަސްވެ ލައްވަވާފައެވެ.
×     މުދައްރިސުން
އަޅުގަނޑުމެން ބަސްތީގަތުން ހޯދި 5 މުދައްރިސުންގެ ތެރެއިން 4 މުދައްރިސުންވެސް ފާހަގަކޮށްފައިވަނީ ނަމޫނާ ނުދެއްކުމުގެ ސަބަބުން އަޚްލާޤު ގޯސްވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އެމީހުންވެސް ނަގާފައިވަނީ ބެލެނިވެރިން ފާހަގަކޮށްފައި އެވާ ފުރަތަމަ މިސާލެވެ. އަދި ބައެއް މުދައްރިސުން ސިނގިރޭޓު ބޮއެ ހަދާ މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރިއެވެ. އަދި މުދައްރިސުން ސިނގިރޭޓް ބޯނަމަ ދަރިވަރުންނަށް އެއީ ގޯސްކަމެއްކަން ޤަބޫލު ކުރުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށާއި، އަދި ބައެއް ދަރިވަރުން ސިނގިރޭޓު ބޯކަންވެސް ފަހަގަ ކުރިއެވެ.
ދެވަނަ ކަމަކަށް  ބަސްދީގަތުން ނެގި 5 މުދައްރިސުންވެސް ފާހަގަކޮށްފައިވަނީ ރަނގަޅަށް ތައްޔާރުނުވެ ކުލާހަށް ދިޔުމާއި، ފިލާވަޅު ހުށައަޅާދޭން ނޭގުމާއި، ސުކޫލުތަކުގައި ހެދިފައި ހުންނަ ޤަވާޢިދުތައް ތަންފިޒް ނުކުރާ މައްސަލަ ފާހަގަކުރިއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިނާ އަދި މުދައްރިސުންނާއި އޮންނަންޖެހޭ ގުޅުން ނުބާއްވާ މައްސަލަ ފާހަގަކުރެއްވިއެވެ.

ނޯޓް: އަދި ނުނިމޭ.

[1]  އިހަވަންދޫ ސުކޫލުގެ ދަރިވަރެއްގެ ބަސްދީ ގަތުމުގެ ތެރެއިން.
[2]  ހިރިޔާ ސުކޫލުގެ ދަރިވަރެއްގެ ބަސްދީގަތުމުގެ ތެރެއިން މިނުކުތާ ވަނީ މި އިބާރާތުން ނޫން ކަމުގައި ވިޔަސް އިހަވަންދޫ ސުކޫލުގެ ދަރިވަރަކާއި އަމީނިއްޔާ ސުކޫލުގެ ދަރިވަރަކު ފާހަގަކޮށްފައެވެ.
[3]  އަޅުގަނޑުމެން ބަސްދީގަތުން ނަގާފައިވާނީ މާލޭގެ ސުކޫލުތަކުގައި ކިޔަވާކުދިންގެ ބެލެނިވެރިންގެ ފަރާތުންނެވެ.
[4]  މަޖީދިއްޔާ ސުކޫލުގެ ދަރިވަރުންގެ  ބެލެނިވެރިއެއްގެ ބަސްދީ ގަތުމުގެ ތެރެއިން.
ނޯޓު:- އެހެން ބެލެނިވެރިންވެސް މިނުކުތާ މި އިބާރާތުން ފާހަގަކޮށްފައި ނުވިއަސް އެނުކުތާ ފާހަގަކޮށްފައިވާ ވެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ސަޅި ލިޔުމެއް. މިއީ ރަނގަޅު މަޢުޟޫއެއް އަލި އަޅުވާލަން

  2. ހދ.ނޮޅިވަރަމު ސްކޫލުގެ ޓީޗަރުންނާއި، ދަރިވަރުންނާއި ބެލެނިވެރިންގެ އިންޓަވިޔުވެސް ނެގުން މުހިއްމުކަމުގައި ފެނޭ!

Your email address will not be published. Required fields are marked *

More in ރިޕޯޓް