ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (5 ވަނަ ބައި)

މިކަމާއި ބެހޭގޮތުން މުފައްސިރުން ވިދާޅުވެފައިވަނީ، ފުރަތަމަ ފޭބުމަކީ ސުވަރުގެ އިން ދުނިޔޭގެ އުޑަށް ފޭބިފޭބުމެވެ. ދެވަނަ ފޭބުމަކީ ދުނިޔޭގެ އުޑުން ބިމަށް ފޭބިފޭބުމެވެ." ނަމަވެސް ރަނގަޅު ގޮތަކީ އެ ލަފުޛެއްގައި ތަކުރާރުވެގެން އައި ކަމުގައި ވިޔަސް ކޮންމެ ފަހަރަކު ވެސް ބަޔާން ކުރައްވައިފައިވަނީ ވަކި ޙުކުމެކެވެ. ފުރަތަމަ ބަޔާން ކުރައްވައިފައިވަނީ ދެ ފަރާތުގެ މެދުގައިވާ ޢަދާވަތްތެރިކަމެވެ. އަދި ދެވަނަ އަށް ޝަރުޠު ކުރައްވައިފައިވަނީ އެކަލާނގެ ތެދުމަގާ تبع ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތްކަމެވެ. އަދި އުއުރެންނީ އުފަވެރިކަން ލިބިގެންވާ ބައެއްކަމުގައެވެ. ދެކޮޅުހަދައިފި މީހަކީ އަބާއްޖަވެރިއެއް ކަމެވެ.

އަލް ޙާފިޟު އިބުނު ޢަސާކިރު، މުޖާހިދުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. "މާތް اللهُ މަލައިކަތުންނަށް އަމުރު ކުރައްވައި އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގެ އިން ބޭރު ކުރެއްވިއެވެ. އަދި ޖިބުރީލުގެފާނު އަދާމުގެފާނުގެ އިސްތަށިފުޅުގައިވާ ތާޖު ނެންގެވިއެވެ. އަދި މީކާއީލުގެފާނު އާދަމުގެފާނުގެ ނިއްކުރިފުޅުގައިވާ އިލްލީލު (މަލްހާރު) ނަންގަވައި ފަތްކޯންޏެއް ބޭއްވެވިއެވެ. އާދަމުގެފާނު ހީފުޅު ކުރެއްވީ އެކަލޭގެފާނުގެ މައްޗަށް ޢަޛާބު އަވަސްވެގެން ދަނީ ކަމަށެވެ. އަދި އެކަލޭގެފާނު އިސްތަށިފުޅު ހޫރާ ލެއްވުމަށްފަހު ވިދާޅުވިއެވެ. ފާފަފުއްސެވުމެވެ. ފާފަފުއްސެވުމެވެ. މާތް اللهُ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިއެވެ. ތިމަން اللهُ އަށް ފިއްލަވަންތޯއެވެ؟ އާދަމުގެފާނު ދެންނެވިއެވެ. އެހެނަކުން ނޫނެކެވެ. އިބަރަސްކަލާނގެއަށް ލަދުންނެވެ."

ޙައްސާނުގެ އަރިހުން އަލްއިމާމު އަލްއައުޒަޢީ ބަޔާން ކުރައްވައިފައިވެއެވެ. ސުވަރުގޭގައި އާދަމުގެފާނު ސަތޭކަ އަހަރު ހޭދަ ކުރެއްވިއެވެ. އަދި އެހެން ރިވާޔަތެއްގައި ފަސްދޮޅަސް އަހަރުކަމަށް ބަޔާން ކޮށްފައިވެއެވެ. ސުވަރުގޭގައި ކީރިތި ކުރެއްވުމުގައި ހަތްދިހަ އަހަރު، އަދި ކުށުގައި ހަތްދިހަ އަހަރު އެކަލޭގެފާނުގެ ދަރިކަލުން ޤަތުލު ކުރެވުމުން ސާޅީސް އަހަރުއެވެ."

އިބުނު އަބީ ޙާތިމް ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް އަބޫ ޒުރުޢާ ވިދާޅުވިއެވެ. ޢުޘްމާނު ބުނު އަބީ ޝައިބާ ތިމަންކަލޭގެފާނަށް ކިޔައި ދެއްވިއެވެ. ސަޢީދާއި އިބުނު ޢައްބާސުގެ އަރިހުން ޖަޒީރު ރިވާ ކުރައްވައިފައިވެއެވެ." އާދަމުގެފާނު ބޭލުއްވެވީ "ދިޙްނާ" ކިޔޭ ބިމަކަށެވެ. އެއީ މައްކާއާއި ޠާއިފާ ދެމެދުގައިވާ ތަނެކެވެ.

އަލް ޙަސަން ބަޔާން ކުރައްވައިފައިވެއެވެ. އާދަމުގެފާނު ބޭލުއްވީ ހިންދަށެވެ. ޙައްވާގެފާނު ބޭލުއްވީ ޖައްދާ އަށެވެ. އިބިލީސް ބޭލުއްވީ ބަޞަރާ އާއި މޭލެއްގެ ދުރުގައިވާ ބަދިސްތަމިޔާން ކިޔޭ ތަނަކަށެވެ. ހަރުފާ ބޭލުއްވީ އަޞްބަހާނަށެވެ.

އައް ސުއްދީ ބަޔާން ކުރައްވައިފައިވެއެވެ. އަދާމުގެފާނު ބޭލުއްވުނީ ހިންދަށެވެ. އެކަލޭގެފާނުގެ އެކަލޭގެފާނާއެކު ޙަޖަރުލް އަސްވަދު ފޮނުއްވުމެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ސުވަރުގޭގެ ގަހުގެ ފަތްވެއެވެ. އެ ފަތް ހިންދުގައި ފެތުރިގެން ދިޔައެވެ. އެތަނުން މީރުވަސް ދުވާ ގަސްތައް ފެޅިއެވެ."
އިބުނު ޢުމަރު ވިދާޅުވެފައިވަނީ އާދަމުގެފާނު ބޭލެއްވުނީ ޞަފާ (ފަރުބަދަ) މައްޗަށެވެ. ޙައްވާގެފާނު މަރުވާ (ފަރުބަދަ) މައްޗަށެވެ."

ޢަބުދުއްރައްޒާޤު ވިދާޅުވިއެވެ. މަޢުމަރު ވިދާޅުވިއެވެ. ތިމަންނާ އަށް ޢައުފު ޚަބަރު ކުރެއްވިއެވެ. އެއީ ޤަސާމާ ބުނު ޒުހައިރާއި އަބީ މޫސަލް އަޝްޢަރީގެ އަރިހުން ރިވާ ކުރައްވައިފައިވާ ރިވާޔަތެކެވެ. މާތް اللهُ އާދަމުގެފާނު ސުވަރުގެ އިން ބިމަށް ބޭލުއްވި އިރު އެކަލޭގެފާނަށް ހުރިހާ ކަމެއް ދަސްކޮށްދެއްވިއެވެ. އަދި މީގެ އިތުރުން ސުވަރުގޭގެ މޭވާ ވެސް އިތުރަށް ދެއްވިއެވެ. ތިޔަބައިމީހުން ތި ބޭނުންކުރާ މޭވާއަކީ ސުވަރުގޭގެ މޭވައެވެ. ތި ތަކެއްޗަކީ ބަދަލުވާ ތަކެއްޗެވެ. ނަމަވެސް ސުވަރުގޭގެ މޭވާއެއް ބަދަލެއް ނުވާނެއެވެ."

ސަޢީދު ބުނު ޖުބައިރު އިބުނު ޢައްބާސުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. "އާދަމުގެފާނު ސުވަރުގޭގައި ހޭދަ ކުރެއްވީ ޢަޞްރު ނަމާދު ވަގުތުން ފެށިން އިރުއޮއްސުމާ ދެމެދުގައި ކަމުގައި ނޫނީ ނުވެއެވެ."

ޞަޙީޙު މުސްލިމުގައި އަބީހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا» މާނައީ:"އިރު އެދުވަހަކަށް އެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ހެއްދެވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނު ސުވަރުގެ އަށް ވެއްދެވުނީ ހުކުރު ދުވަހުއެވެ. އަދި އާދަމުގެފާނު ސުވަރުގެއިން ބޭރުކުރެވުނީ ވެސް ހުކުރު ދުވަހެއްގައެވެ." އިމާމު މުސްލިމުގެ އެހެން ރިވާޔަތެއްގައި «وَلَا تَقُومُ السَّاعَةُ إِلَّا فِي يَوْمِ الْجُمُعَةِ» މާނައީ:"ޤިޔާމަތް ދުވަސް ވެސް ޤާއިމުވާނީ ހުކުރު ދުވަހެއްގައެވެ."

އަންނަނިވި އާޔަތުގައި ބަޔާން ކުރައްވައިފައިވާ ﴿فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ﴾ މާނައީ:" ފަހެ، آدم ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި (އެ كلمة ފުޅުތައް ވިދާޅުވެ، توبة ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ." ކަލިމަފުޅުތަކަކީ:- (لاَ إِلَهَ إِلاَّ أَنْتَ سُبُحَانَكَ وَبِحَمْدِكَ، رَبِّي إِنِّي ظَلَمْتُّ نَفْسِيْ فَأغْفِرُلِي إِنَّكَ خَيْرٌ الرَّاحِمِيْن. اَللَّهُمَّ لاَ إِلهَ إِلاَّ أَنْتَ سُبُحَانَكَ وَبِحَمْدِكَ، رَبِّي إِنِّي ظَلَمْتُّ نَفْسِي فَتُبُ عَلَيَّ إِنَّكَ أَنْتَ التَّوَابُ الرَّحِيْم) މި ދުޢާ ކަމަށެވެ.

އާދަމުގެފާނުގެ ބޭފުޅުން:

އަލްއިމާމު އަބޫ ޖަޢްފަރު އެކަލޭގެފާނުގެ ތާރީޚުގައި ބައެއް ބޭފުޅުންގެ އަރިހުން ރިވާ ކުރެއްވިކަމަށް ބަޔާން ކުރައްވައިފައިވެއެވެ. ވިހިފަހަރު އާލަސްވެ އިންނަވައި ޙައްވާގެފާނު ރައްކާވެވަޑައިގަތީ ސާޅީސް ބޭފުޅުންނެވެ. އިބުނު އިސްޙާޤު ވިދާޅުވެފައިވަނީ އެ ބޭފުޅުންނަށް ނަން ދެއްވައިފައިވަނީ މާތް اللهُ ކަމަށެވެ. (هذا والله أعلم) ކޮންމެ ފަހަރަކު ވެސް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. ފުރަތަމަ ހާބީލާއި އޭނާގެ އުޚުތު ޤަލީމާއެވެ. އެންމެ ފަހުން ލިބިވަޑައިގަތީ عبد المغيث އާއި އޭނާގެ އުޚުތު أم المغيث އެވެ."

އެއަށްފަހުގައި މީސްތަކުން ގިނަވެ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔައީއެވެ. އެއީ އަންނިވި އާޔަތުގައި ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ. ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً﴾ މާނައީ:" އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ."

ތާރީޚު ޢިލްމުވެރިން ބަޔާން ކުރައްވައިފައިވަނީ އާދަމުގެފާނު މިދުނިޔެ ދޫކުރެއްވީ އެކަލޭގެފާނުގެ ބޭފުޅުންނާއި، އަދި ކާފަ މާފާ ވިދާޅުވާ ބޭފުޅުން ދެކެވަޑައިގެން އެ ބޭފުޅުންނާ އެކު ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހުކަމަށެވެ.

އިބުނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި އަބީ ޛައްރުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. ތިމަން ކީރިތި ރަސޫލާއަށް ދެންނެވީމެވެ. މާތް اللهُ ގެ ރަސޫލާ އެވެ. (މާތް اللهُ ފޮނުއްވި) ނަބީބޭކަލުންގެ ޢަދަދަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއްލައްކަ ސައުވީސް ހާހެވެ. ތިމަން ދެންނެވީމެވެ. މާތް اللهُ ގެ ރަސޫލާ އެވެ. އެބޭކަލުންގެ ތެރެއިން ރަސޫލު ބޭކަލުންގެ ޢަދަދަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިންސަތޭކަ ތޭރަ ބޭކަލުންނެވެ. ވަރަށް ބައިވަރު ބޭކަލުންނެވެ. ތިމަން ކީރިތި ރަސޫލާއަށް ދެންނެވީމެވެ. މާތް اللهُ ގެ ރަސޫލާ އެވެ. އެންމެ ފުރަތަމަ ފޮނުއްވި ރަސޫލު ބޭކަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އާދަމުގެފާނެވެ. ތިމަން ކީރިތި ރަސޫލާއަށް ދެންނެވީމެވެ. މާތް اللهُ ގެ ރަސޫލާ އެވެ. އާދަމުގެފާނަކީ ވެސް މާތް اللهُ ފޮނުއްވި ރަސޫލު ބޭކަލެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އާނއެކެވެ. މާތް اللهُ އެކަލާނގެ ކުޅަދުންވަންތަކަމުން އެކަލޭގެފާނު ހެއްދެވިއެވެ. އަދި އެކަލާނގެ ރޫޙުފުޅުން އެކަލޭގެފާނަށް ފުރާނަ އެޅުއްވިއެވެ. އެއަށްފަހު ފުރާ ފުރިހަމަ ކުރެއްވިއެވެ."

އާދަމުގެފާނު އަވަހަރަވުން:

އުބައްޔު ވިދާޅުވިކަމަށް ބަޔާން ބަޔާންވެގެން ވެއެވެ. «الْمَلائِكَةُ صَلَّتْ عَلَى آدَمَ عَلَيْهِ السَّلام وَكَبَّرَتْ عَلَيْهِ أَرْبَعًا، وَقَالُوا: هَذِهِ سُنَّتُكُمْ يَا بَنِي آدَمَ» މާނައީ:" (އާދަމުގެފާނު އަވަހާރަވުމުން) އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވީ މަލާއިކަތުންނެނެވެ. އެބޭކަލުން އެކަލޭގެފާނުގެ މައްޗަށް ހަތަރު ތަކުބީރު ވިދާޅުވިއެވެ. އަދި އެބޭކަލުން ވިދާޅުވިއެވެ. އޭ އާދަމުގެފާނުގެ ބޭފުޅުންނޭވެ. މިއީ ތިޔަބައި މީހުންގެ ސުންނަތެވެ."
عطاء الخرساني ވިދާޅުވެފައިވެއެވެ."އާދަމުގެފާނު އަވަހާރަވުމުން ޚަލްޤުތަކުން ހަތްދުވަސް ވާންދެން ރޮއެހިތާމަ ކުރިއެވެ."

އާދާމުގެފާނު އަވަހާރަވުމުގެ ވަގުތު ކައިރިވެގެން އައުމުން އެކަލޭގެފާނަށް ފަހު ދަރިކަލުން أنوش އަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިކަލުން قينن އަށެވެ. އެއަށްފަހު އެކަލާގެފާނުގެ ދަރިކަލުން مهلاييل އެވެ. އެންމެ ފުރަތަމަ ގަސްތައް ކަނޑައި ރަށްތައް ބިނާކޮށް ކިއްލާ ތައް ހެއްދެވީ مهلاييل އެވެ. މީގެ އިތުރުން ބާބިލާއި، ސޫސް ބިނާ ކުރެއްވިވެސް مهلاييل ކަމަށް ބުނެވެއެވެ."  - ނިމުނީ-

މިސިލްސިލާގެ އިތުރުލިޔުތައް ވިދާޅުވޭ:

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *