އުމަރު ބިން އަބްދުލްއަޒީޒް ދެއްވި އެންމެ ފަހު ޚުޠުބާ

އުމަރު ބިން އަބްދުލްއަޒީޒް ދެއްވި އެންމެ ފަހު ޚުޠުބާ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޢުމަރު ބުނު ޢަބްދުލްޢަޒީޒު رَحِمَهُ ٱللَّٰهُ ދެއްވި އެންމެ ފަހު ޚުޠުބާގައި ޙަމްދުޘަނާ އަށް ފަހު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ގޮތުގައެއް ނޫނެވެ. އަދި ތިޔަބައިމީހުން ވަނީ އަޅައިނުލައި ދޫކޮށްލެވިފައެއް ނޫނެވެ. ތިޔަބައިމީހުން އަލުން ދިރުއްވޭނެއެވެ. އެ ދުވަހުން ތިޔަބައިމީހުންގެ ޙިސާބު ބައްލަވައި ޙުކުމް ކުރެއްވުމަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވާނެއެވެ. ފަހެ ގެއްލެނިވެ ހަލާކުވެގެންވާ މީހަކީ ﷲގެ ރަޙުމަތުން ބޭރުވި މީހެކެވެ. އަދި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެތަކުން މަޙްރޫމުވީމީހެވެ.

މިއަދު ރައްކާތެރިވެ ބިރުވެތިވި މީހަކަށް މާދަމާ އަމާންކަން ލިބޭނެކަން ތިޔަބައިމީހުންނަށް ނޭނގެނީ ހެއްޔެވެ! އަދި ފަނާވެދަނިވި އެއްޗެއް ވިއްކައި، ދެމިހުންނަނިވި އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި މަދު އެއްޗަކުން ގިނަ އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި ބިރުވެތިވެ، އަމާންކަން ހޯދި މީހަކު މެނުވީއެވެ.

ފަހެ ތިޔަބައިމީހުން އެ ތަނަކުން އައި ބުރަކަށިތައް ހަލާކުވެއްޖެއެވެ. އަދި ބަޔަކަށް ފަހު، ބަޔަކު އަންނާނެއެވެ. އެއީ ވާރުތަވެރިޔާގެ އެންމެ ހެޔޮ ވާރުތަވެރިޔާގެ ހަޟުރަތަށް ތިޔަ އެންމެން ރުޖޫއަކުރުމަށް ދާންދެނެވެ.

ދެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު، ﷲعز وجلގެ ޙަޟްރަތަށް ދާ ބަޔަކާ ތިޔަބައިމީހުން އަލްވަދާއު ކިޔާނެއެވެ. އެއީ އެބައެއްގެ އަޖަލު ހަމަވެ، މުއްދަތު ހަމަވެފައިވާ ބައެކެވެ. ފަހެ ތިޔަބައިމީހުން، އެ މީހުން ގެންގޮސް، ބިމުގައި ވަޅުލާނެނެއެވެ. އެ ވަޅަކީ ތަންމައްޗެއް އެޅިފައި ބާލީހެއް ނުވާ ތަނެކެވެ. ލޯބިވި މީހުން ވެއްޔާ އެކުވެފައެވެ. އަދި ހިސާބު ބެއްލެވުމާ އެ ވަނީ ކުރިމަތިލާފައެވެ. އޭނާގެ އަމަލުން އެވަނީ ރަހީނުކުރެވިފައެވެ. އޭނާ ދިޔަ އެއްޗަކަށް ބޭނުމެއް ނުވާ، އިސްކޮށްފައިވާ އެއްޗަކަށް ފަޤީރުވެފައިވާ މީހެކެވެ.

ފަހެ ﷲގެ އަޅުތަކުންނޭވެ އަހްދު ކަށަވަރުތައް ހަމަވުމުގެ ކުރިން އެއިލާހަށް ބިރުވެތިވާށެވެ! އެއީ ތިޔަބައިމީހުންގެ ގާތަށް މަރު އައުމުގެ ކުރިންނެވެ."

އެއަށްފަހު އެކަލޭގެފާނުގެ ރިދާކޮޅު، އެކަލޭގެފާނުގެ މޫނުފުޅުގައި އަޅުއްވައި ކީރިތި ކުރެއްވިއެވެ. އަދި ވަށައިގެން ގެން ތިއްބެވި ބޭކަލުން ވެސް ކީރިތި ކުރެއްވިއެވެ.

މައުލޫމާތު: ދީނުގެމަގު

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.