އެމެރިކާ

ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފި

ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގެ އުމުރުން 22 އަހަރުގެ އެލެކުސްޑެންރާ އޭނާގެ 3 މަހުގެ ދަރިފުޅު މަރާލީ އެދަރިފުޅު ރޯވަރުން އޭނާ ފޭސްބުކްއިން ފާމްވިލާ ގޭމް ކުޅުމަށް ހުރަސް އެޅުމުންނެވެ. އަދި އޭނާގެ މިރަހުމް ކުޑަ އަމަލުގެ ސަބަބުން އޭނާގެ އުމުރުދުވަހަށް ޖަލަށް ލާން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެލެކުސްޑެންރާ ވަނީ އޭނާ މިކުށައް އިއުތިރާފް ވެފައެވެ. އޭނާ ފުލުހުންނަށް ކިޔާދިން ގޮތުގައި އޭނާ "ގޭމް ކުޅެމުން ދިޔައިރުގައި ދަރިފުޅު ހުއްޓާނުލާ ރުއިމުގެ ސަބަބުން ރުއިއައިސްގެން ދަރިޅުފު ދެފަހަރަކަށް ވަރަށް ބާރަށް ތަޅުވައިގަތުމުގެ ސަބަބުން ބޯ ތަނެއްގައި ޖެހި އަނިޔާވެގެން މަރުވީ"ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙްގީޤް ކުރަމުން އަދި އެލެކްސްޑެންރާއަށް އުމުރަށް ޖަލަށް ލުމުގެ ޙުކުމް އަންނާނެކަމުގައި ވަރަށް ޔަޤީން ކުރެވޭކަމުގައި ތަޙްޤީޤު ކުރާ ފަރާތްތަކުން ބުނެއެވެ. ފޭސްބުކްއިން ކުޅޭ ފާމް ވިލާއަކީ ދުނިޔޭގެ 75 މިލިޔަން މީހުން ކުޅޭ ގޭމްއެކެވެ. އަދި އެލެކްސްޑެންރާއަކީ މިކަމަށް ދެވިހިފައިވާ މީހެކެވެ.

ގުޅުންހުރި

9 ޚިޔާލު

  1. ތީ ކްރިސްޓިއަނުން ބޭރުފުއްރީތިކޮށް ގޭގައި ގޮސް އުޅޭގޮތް .. އެމެރިކާ މީހުނަކީ ރަހުމުކުޑަ ނުބައި ނުލަފާބައެއް

  2. މިހާރު ރަގަޅެއްނު؟ މިހާރު ދަރިފުޅެއްވެސް ނެތް، ދެން އުމުރުދުވަހު ޖަލުގައިދެގެން ފާމްވިލާ ކުޅޭނީ!! ގައިިމު އިތުރުކަމެއް ކުރާކަށް ނޯންނާނެއްނު؟

  3. ޖަލަށް ގޮސް ފާމްވިލޭ ދެން ކުޅޭނީ ދޯ !!! ހެހެހެ

  4. ޖަލަށް ދާން ޖެހުނަސް އަންނި ގޮވައިގެން ދާތި. އޭރުން އަހަރުމެންނަށް އޭނާގެ ދުއްޕާނުން ސަލާމަތްވާނެ އެއްނު

  5. ބަލަގަ އަޅުގަނޑުމެންގެ ހާލަކީވެސް! މިބުނީ ގިނަމީހުންގެ ކަންތައްތައް ހުންނަނީ؟..

  6. އަނެއްކާ އޭނާ ހުރީ ތުނބުޅި އެއް ލާފައިތަ؟ އެންމެ މޫނުމަތި އަނދިރި ރުޅި ގަދަ ބަޔަކީ ތުނބުޅި ލީ މީހުންނޯ މިރާއްޖޭގެ ޑރ އަކު ބުނާތީ އެހިން ވިއްޔަ!

  7. މީ އަޅުގަނޑުވެސް ކުރިން ވ ފޯރިހުރި ގޭމެއް.. އެކަމު މިހަާރު މިކަމާ ދުރުގަ މިހުންނަނީ..

  8. ދޯ…

  9. ގޭމްވެސް ކުޅެންވާނެ.. އެކަމް މީ ބޮޑުވަރު.. އެ ތުއްތު ކުއްޖާފުޅުގެ ނަސީބު ކަންނޭގެ އަވަހަށް މިދުނިޔެއާއި އަލްވަދާއު ކިއުންއެއީ.. އެހެން ނޫންނަމަ އެކުއްޖާ ފުޅަށް ޖެހޭނެ ހާލެއްވެސް ނޭނގެ އެހާ ނުބައި ރަހުމެއްނެތް މަންމަ އެއްގެ އަތްދަށުވެގެން… ހިތާމައިގެ ކޮޅެއްވެސް ނެތް..

Your email address will not be published. Required fields are marked *