ޝަޚުސިއްޔަތު

އަޙްމަދް ބުޚާޠިރް

ލިޔުނީ: ސަދާއަދާ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއަށް އުފަން އަޙްމަދް ބުޚާތިރަކީ، ރީތިމަދަޙަތަކެއް ކިޔާދީފައިވާ ރީތިއަޑެއްގެވެރިއެކެވެ. 1975ވަނަ އަހަރު އުފަންވި ބުޚާޠިރަކީ، ޔޫއޭއީގެ މަޝްހޫރު ޢާއިލާއެއްކަމުގައިވާ ބުޚާތިރު ޢާއިލާގެ މެމްބަރެކެވެ. 1999އަހަރު ވިޔަފާރީގެ ރޮނގުން ފުރަތަމަޑިގްރީ ޙާޞިލްކޮއްފައިވާ ބުޚާތިރަކީ މިހާރު އަމިއްލަވިޔަފާރިވަރަށްފުޅާދާއިރާއެއްގައިހިންގަމުންގެންދާފަރާތެކެވެ. މިގޮތުން ބުޚާތިރު ގްރޫޕުންވަނީ ތަފާތު އެތަކެއް އިންވެސްޓްތަކެއް ޔޫއޭއީގެ އިތުރުން މެދުއިރުމަތީގެ ބައެއްގަޢުމުތަކުގައިވަނީ ފަށާފައެވެ. އަޙްމަދް ބުޚާތިރަކީ މިދެންނެވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯރޑްގެ މެމްބަރެއްވެސްމެއެވެ.

ދީނަށްލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ ދަޢުވަތުފެތުރުމަށް ލޯބިކުރާ އަޙްމަދު ބުޚާތިރު ފުރަތަމަ މަދަޙައެއްކިޔާފައިވަނީ އުމުރުން 14އަހަރުގައެވެ. އަދި އުމުރުން 27 އަހަރުގައި، ކުރިންފަރިތަކުރުމަކާނުލައި، ޔޫއޭއީގެ ޝާހީޢާއިލާގެފަރާތުން އިންތިޒާމުކުރި ކޮންސެޓެއްގައި ބުޚާތިރުވަނީ ވަރަށްފުރިހަމަ އައިޓަމެއް ހުށައަޅައިދީފައެވެ. އަދި ޔޫއޭއީގެ ވަރަށްގިނަބައެއްގެ ތާއީދުހޯދާފައެވެ. ވޭތުވެދިޔައަހަރުތަކުގެ ތެރޭގައި ބުޚާތިރުވަނީ ޔޫއެއީގެ އިތުރުން މެދުއިރުމައްޗާއި، މެދުތެރޭ އޭޝިޔާގެ ގަޢުމުތަކުގެ އިތުރުން ޔޫރަޕުގެ ބައެއްގަޢުމުތަކާއި އެމެރިކާއަދި އެފްރިކާގައިވެސް ޝޯވްތައް ހުށައަޅާދީފައެވެ. މިގޮތުން ލަންޑަނުގެ އެކްސެލްހޯލްގައި 20،000 މީހުންހާޒިރުވި ޝޯވްއެއްގައި ބުޚާތިރުވަނީ މަދަޙަހުށައަޅާދީފައެވެ.

ބުޚާތިރުގެ މަދަހަތަކަކީ، މުސްލިމުންގެ އިތުރުން ޣައިރުމުސްލިމުންގެ ހިތްތަކަށްވެސް އަސަރުކުރުވަނިވިގޮތަކަށް ހުންނަމަދަޙަތަކެކެވެ. މިގޮތުން ބުޚާތިރުގެ މަޝްހޫރު އިގެރޭސިމަދަޙަ ލާސްޓްބްރީތް އަޑުއެހުމަށްފަހުކުރިއަސަރުން ފްރާންސްގެ އަންހެންކުއްޖެއްވަނީ އިސްލާމްވެފައެވެ. މިދެންނެވިމަދަޙާގައި މަރުވަމުންދާމީހެއްގެ އިޙްސާސްތައް ވަރަށްއަސަރާއިއެކު ބުޚާތީރުވަނީކިޔާލާފައެވެ. ޔޫޓިއުބުން މިމަދަޙަ ބައްލަވާލެއްވުމަށް..."ބުޚާތިރު ލާސްޓްބްރީތް" ޖަހާފައި ސާރޗްކޮއްލައްވާ!

ތަފާތުގޮތަކަށް މަދަޙަކިޔާ ބުޚާތިރަކީ، ބައިނަލް އަޤްވާމީ ޤްރުޢާން މުބާރާތްތަކުގައިވެސްބައިވެރިވެފައިވާ ފަރާތެކެވެ. އަޙްމަދް ބުޚާތިރުގެ އަލްބަމްތަކުގެތެރޭގައި:
@ 2000ވަނަ އަހަރު އަންތަސަފް އައްލައިލް
@ 2001 ވަނައަހަރު އަލްގުދުސްތުނާދީނާ
@ 2003 ވަނައަހަރު ފަރްތާޤީ
@ 2004 ވަނައަހަރު ސަމްތާން
@ 2005 ވަނައަހަރު ދަޢާނީ
@ 2007 ވަނައަހަރު ޙަސާނަތް
މިގޮތުން ޙަސާނަތް އަލްބަމްވަނީ ފުރަތަމައަހަރުގެތެރޭގައި 250،000ކޮޕީ ވިކިހުސްވެފައެވެ. އަޙްމަދު ބުޚާތިރުގެ މަޝްހޫރު އިގެރޭސި މަދަޙަތަކުގެތެރޭގައި ފޮގިވްމީ، ލާސްޓްބްރީތް، ޑޯންޓްލެޓްމީގޯ، މައި ޙިޖާބް، އަދި މައި ވައިފް ހިމެނެއެވެ. އަދި މަޝްހޫރު އަރަބިމަދަޙަތަކުގެ ތެރޭގައި ޔާމިންޔަރާ އަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެވަރަށްގިނަބަޔަކަށް ވަރައްރީތި ނަޝީދެކެވެ.

މާތް ﷲ އަޙްމަދު ބުޚާތިރުގެ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *